
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް އިންޑަސްޓްރިއަލް ވިލެޖްގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން އެންމެ ޒަމާނީ ފެންވަރުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެކެވެ. އަސާސީ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށްޓަކައި އެންމެ ފުރަތަމަ ކަމެއްގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައިވާކަމަށެވެ. މިއީ ސަރުކާރުގެ އެންމެ ބޮޑު 5 ކުންފުނީގެ ޝެއަރ އޮންނަ އެއް ކުންފުނިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުން ގެންދަވާ މަސައްކަތުގެ ދަށުން އިންޑަސްޓްރިއަލް ވިލެޖްގެ 2000 އަކަފޫޓުގެ ބިމެއްގައި އެސްޓީއޯއިން ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ތަރައްޤީކުރަމުންދާކަމަށެވެ. މިއާއިއެކު ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް އިތުރަށް އެހީތެރިކަން ލިބިގެންދާނެކަމަށެވެ.
“އެސްޓީއޯއިން މިހާރުވެސް އިންޑަސްޓްރިއަލް ވިލެޖްގައި ކޯލްޑް ސްޓޯރޭޖް ގާތްގަނޑަކަށް 2000 އަކަފޫޓުގެ ބިމެއްގައި އެންމެ ޒަމާނީ ފެންވަރުގެ ކޯލްޑް ސްޓޯރޭޖެއް އެދަނީ ޤާއިމްކުރަމުން އިނގޭތޯ. ޖުމްލަގޮތެއްގައި މުޅި މަންޒަރަށް އެއްޗެއް ދަންނަވާކަމަށްވަންޏާ ވަށާޖެހޭ ހައްލެއް ރައީސް ޑރ. މުއިއްޒު މިކަމަށް އެބަ ހޯއްދަވާ. މީގެއިތުރަށް އިންޓަނޭޝަނަލް ބައެއްކަހަލަ ކަންކަން އެބަހުރި ބައިނަލްއަޤްވާމީ މާކެޓްތަކާއި އެއްކޮށް އަޅުގަނޑުމެންނަށް ޤާއިމްކުރެވިފައި. މިސާލަކަށް ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރިމަންޓް އެއޮތީ އެކްޓިވްވެފައި ޖަނަވަރީ 2025 އިން ފެށިގެން.” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖެއަށް ގެންނަ މުދަލުގެ އަގު ހެޔޮކުރުމުގެ ގޮތުން ސަރުކާރުން ދަނީ އެ ޤައުމުތަކާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައްވެސް ޤާއިމްކުރަމުންނެވެ. އެގޮތުން ޗައިނާ- ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިހާރު އަމަލުކުރަން ފަށާފައިވާއިރު ވަޒީރު ސައީދު ވިދާޅުވީ އަސާސީ ކާބޯތަކެތީގެ ވަރަށް ގިނަ ބާވަތްތައް މިހާރު ޗައިނާއިން ރާއްޖެއަށް ގެންނަމުންދާކަމަށެވެ. ކުރިން ޑިއުޓީ ނަގަމުންދިޔަ ގިނަ ބާވަތްތަކެއްވެސް މިހާރު ޑިއުޓީ މައާފްވެފައިވާކަމަށެވެ. މީގެއިތުރުން އާންމުކޮށް ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ 162 އައިޓަމެއްގެ އަގުތައް ދެނެގަތުމަށް “އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް” އެއް ތައާރަފްކުރަންވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
