
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކާބޯތަކެތި ނުލިބުމުގެ ސަބަބުން ބަނޑަށްޖެހި ބަލިކަށިވެފައިވާ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ބޯނެ ފެންފޮދެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތަކީ ދަތި އުނދަގޫ މަސައްކަތެކެވެ. ކަރުހިއްކުން ފިލުވާލައި ގައިންތާހިރުވުމަށް ފެންފޮދެއް ހޯދުމަށް ޣައްޒާގެ ރައްޔިތުން، ސުންނާފަތިވެފައިވާ ސަހަރެއްގެ ދުރު ސަރަޙައްދުތަކަށް ކޮންމެ ދުވަހަކު ވެސް ހިނގަން ޖެހެއެވެ. އެ ބުުރަ މަސައްކަތަށް ފަހު ވެސް ލިބޭ ފެންފޮދަކީ އާންމުންގެ ޞިއްޙަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރުގެ އަދި ފެންވަރުގެ ފެނެއް ވެސް ނޫނެވެ. ޣައްޒާގެ ބަނޑުހަހޫނުކަމުގެ ކާރިޘާއަށް ދުނިޔޭގެ ސަމާލުކަން ދަނީ ލިބެމުންނެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމުގެ މަޤްސަދުގައި ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން، އަދި ކާބޯތަކެއްޗާއި އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމަށް ހުރަސްއެޅުމުގެ ސަބަބުން އެ ސަހަރުގައި ދަނީ އާއްމުވެގެންވާ ބަނޑުހައިހޫނުކަމެއް ފެތުރެމުންނެވެ. އެހީ ދޭ ޖަމްޢިއްޔާތަކުން ބުނީ ޣައްޒާގެ ފެނުގެ ކާތިޘާގެ ޙާލަތު ވެސް ހަމަ އެހާ ގޯސް ކަމަށެވެ.
ޣައްޒާގެ ރައްޔިތުންނަށް ފެން ލިބޭ އެއް މަގަކީ އެހީ ބަހާ މަރުކަޒުތަކުން ހިންގާ ކުދިކުދި ޑީސެލިނޭޝަން ޕްލާންޓުތަކުން ލިބޭ މަދު ފެންފޮދެވެ. އެ ސަހަރުގެ ރައްޔިތުން ދެން ފެން ހޯދަނީ ބިމުއަޑީގައިވާ ފެން ފަށަލައިންނެވެ. ވަޅުތައް ބޭނުންކޮށްގެން ނަގައި މި ފެނަކީ ލޮނުފެނާ އެއްވެފައިވުމުގެ ސަބަބުން ލޮނުރަހަ ގަދަ ފެނެކެވެ. އެ ފެން ވަނީ ވަރަށް ބޮޑަށް ތަޣައްޔަރު ވެސް ވެފައެވެ. އެ ފެނާ ނަޖިހާއި ކެމިކަލް ވަނީ އެކުވެފައެވެ. އެއާއެކު، ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރުމުގެ ސަބަބުން ޣައްޒާގައި ބޭރަށް ހިންގުމާއި ހެޕަޓައިޓިސް ފަދަ ބަލިތައް ދަނީ ފެތުރެމުންނެވެ. ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ސަރަޙައްދުތަކަށް އެހީ ފޯރުކޮށްދިނުމާބެހޭ ޔަހޫދީ އިދާރާ، ކޯގަޓުން ބުނަނީ އެ އިދާރާއިން ދެ ފެންހޮޅި މެދުވެރިކޮށް ޣައްޒާއަށް ގިނަ ޢަދަދެއްގެ ފެން ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް ފަލަސްޠީނުން ބުނަނީ މި ފެން ހޮޅިތައް މެދިވެރިކޮށް ފެން ނުލިބޭ ކަމަށެވެ. ޔަހޫދީން ޣައްޒާއަށް ފޯރުކޮށްދެމުންދިޔަ ފެނާއި ކަރަންޓުގެ ޚިދުމަތް ހަނގުރާމަ ފެށިތާ މާ ގިނަ ދުވަހެއް ނުވެ ވަނީ ހުއްޓާލައިފައެވެ. ނަމަވެސް ފަހުން ވަނީ ހަނގުރާމައިގައި ބޮޑެތި ގެއްލުންތައް ލިބިފައިވާ ހޮޅިތައް މެދުވެރިކޮށް މަދު މިންވަރަކަށް ފެން ފޯރުކޮށްދޭން ފަށައިފައެވެ.
ޣައްޒާާގެ ފެނާއި ނަރުދަމާގެ ނިޒާމުތައް ހަނގުރާމައިގައި ސުންނާފަތިވިއިރު، ބިމު އަޑިން ފެން ނެގުމަށް ބޭނުންކުރާ ޕަންޕުތައް ހިންގުމަށް ވެސް ކަރަންޓު ބޭނުންވާތީ، މިއީ ވެސް ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ޕަންޕުތައް ހިންގުމަށް ކުދި ޖަނަރޭޓަރު ބޭނުންކުރެއެވެ. ނަމަވެސް އެ ޖަނަރޭޓަރުތައް ހިންގަން ބޭނުންވާ ތެޔޮ މަދު ޙާލަތެއްގައި ނޫނީ ނުލިބެއެވެ. ހަނގުރާމައިގެ ކުރިން ޔުނިވަސިޓީގައި ތަޢުލީމު ހާސިލްކުރަމުން ދިޔަ ޣައްޒާގެ ރައްޔިތެއް ކަމަށްވާ އުމުރުން 23 އަހަރުގެ މުއާޒު މުހައިމިރު ބުނީ އޭނާ ފެން ހޯދުމަށް ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް އެއް ކިލޯމީޓަރަށް ހިނގާ ކަމަށެވެ. ފެން ހޯދުމަށް ސަފުގައި ދެ ގަޑިއިރެއްހާއިރު ހުންނަންޖެހޭ ކަމަށް އޭނާ ބުނެއެވެ. ފެން ހޯދުމަށް މި ގޮތަށް އޭނާ ދުވާލެއްގެ މައްޗަށް ތިން ފަހަރު ދެއެވެ. އޭނާގެ ޢާއިލާއަށް ފެން އަނބުރާ ގެންދިޔުމަށް އެއްކުރާ ފެންފޮދު ކުޑަ ދަގަނޑު ޓްރޮލީއެއްގައި ދަމާފައި އޭނާ ގެންދެއެވެ.
“އަހަރެމެން މި ޙާލުގައި ދިރިއުޅެން ޖެހޭނީ ކިހާ ދުވަހަކު؟” މުއާޒު ސުވާލުކުރިއެވެ. މުއާޒުގެ މަންމަ، އުމުރުން 53 އަހަރުގެ ޢުއްމު މުއާޒް ބުނީ އޭނާގެ ދަރިފުޅު އެއްކުރާ ފެނަކީ ދީރުލް ބަލާޙުގައި ހުންނަ ފޭލިގެތަކުގައި ދިރިއުޅޭ މުއާޒުގެ ޢާއިލާއަށް ނިޞްބަތްވާ ވިއްސަކަށް މީހުން ބޭނުންކުރާ ފެން ކަމަށެވެ. ހޫނު މޫސުމުގެ ހޫނު ދުވަސްތަކުގައި ކުޑަކުދިން ކަރުހިއްކައި އިރުއިރުކޮޅާ ފެންފޮދަކަށް އެދޭ ކަމަށް މުއާޒުގެ މަންނަ ބުނެއެވެ. ނަމަވެސް އެ ކުދިންނަށް ފެންފޮދެއް ދެވޭނެ ކަމުގެ ޔަޤީންކަން ނޯންނަ ކަމަށް އޭނާ ބުނެއެވެ. ޣައްޒާގެ ހުރިހާ ރައްޔިތުންގެ ޙާލަތަކީ ވެސް މިއީއެވެ. ބުއިމަށާއި ގައިންތާހިރުވުމަށާއި ފެންވެރުމާއި ދޮވުމާއި މި ފަދަ އެންމެހާ ބޭނުންތަކަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭއިރު، ލިބޭ މަދު ފެންފޮދު ތަޣައްޔަރުވެފައިވުމުގެ ސަބަބުން ޣައްޒާގައި ހަލުވިކަމާއެކު ބަލިތައް ދަނީ ފެތުރެމުންނެވެ.
އދން ބުނީ އެންމެ ގޯސް ޙާލަތުގައި ވެސް ކޮންމެ އިންސާނަކަށް ވެސް އެންމެ މަދުވެގެން ދުވާލަކަށް 15 ލީޓަރުގެ ފެން އެ މީހުންގެ ބޭނުންތައް ފުއްދުމަށް ކޮންމެހެން ބޭނުންވާ ކަމަށެވެ. ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ޔަހޫދީންގެ ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 247 ލީޓަރުގެ ފެން ބޭނުންކުރެއެވެ. އިންސާނީ މަސައްކަތުގައި ޝާމިލްވާ ޖަމްޢިއްޔާއެއް އޮކްސްފެމުން ބުނީ ޣައްޒާގެ ރައްޔިތަކަށް މިހާރު ދުވާލެއްގެ މައްޗަށް ލިބެނީ 3 ލީޓަރާއި 5 ލީޓަރުގެ ފެން ކަމަށެވެ. އެ ޖަމްޢިއްޔާއިން ބުނީ ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ހަލުވިކަމާއެކު ޣައްޒާގައި ފެތުރެމުންދާ ކަމަށެވެ. ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި މި ފަދަ ބަލިތައް ފެތުރޭ މިންވަރު ވަނީ 150 އިންސައްތައަށް އިތުރުވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާގެ ފެނާބެހޭ އިދާރާއެއްގެ އިސްވެރިއެއް ކަމަށްވާ މުންތިރު ސަލީމް ވިދާޅުވީ ޣައްޒާގައި ބޮޑެތި މީހުން ކާބޯތަކެއްޗާއި އެހެނިހެން މުހިންމު ސާމާނު ހޯދައި ވަގުތު ފެން ހޯދުމުގެ މަސައްކަތުގައި ގިނައިން އުޅެނީ ކުޑަކުދިން ކަމަށެވެ. އެ ކަމަށް ދުވާލުގެ ބޮޑުބައި ހޭދަވާއިރު، ސަފުތަކުން ޖާގައެއް ހޯދުމަށް ވެސް އެ ކުދިން ބުރަ މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މި މަސައްކަތުގައި ޣައްޒާގެ ކުޑަކުދިންގެ ޅަފަތުގެ ދުވަސްތައް ގެއްލެމުންދާ ކަމަށެވެ.
އެކުވެރި ޢަރަބި އިމާރާތުން ޚަރަދުކޮށްގެން ޣައްޒާގައި އައު ފެން ހޮޅިއެއް ޤާއިމުކުރުމަށް ރޭވި ނަމަވެސް މި މަސައްކަތް ނިންމައި ފެން ގުޅުމަށް އަދި އެތައް ހަފްތާއެއް ނަގާނެ ކަމަށް ބެލެވެއެވެ. މި ދަނޑިވަޅުގައި ޣައްޒާގެ ރައްޔިތުންނަށް އިތުރު ގޮތްގޮތުން އެހީ ފޯރުކޮށްދޭން ޖެހޭ ކަމަށް އެހީދޭ ޖަމްޢިއްޔާތަކުން ފާހަގަކުރެއެވެ. އދގެ ކުޑަކުދިންނާބެހޭ އިދާރާ، ޔުނިސެފްގެ ތަރުޖަމާނެއް ކަމަށްވާ ޖޭމްސް އެލްޑަރ ވިދާޅުވީ ފެން ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ޣައްޒާގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށެވެ. ބަނޑުހައިހޫނުކަމާއި ހަށިގަނޑުން ފެން މަދުވުމަކީ ހަނގުރާމައިގެ ސަބަބުން ޣައްޒާގައި އާއްމުވެފައިވާ ޙާލަތު ކަމަށް އޭނާ ވިދާޅުވިއެވެ.
އޮކްސްފެމުން ވެސް ބުނީ ޣައްޒާގެ ޙާލަތު ރަނގަޅުކުރެެވެން އޮތް މަގަކީ ޙަމަލާ ބަދަލުކުރުން ހުއްޓާލައި، ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގެ ފުރުޞަތު އެހީ ބަހާ ޖަމްޢިއްޔާތަކަށް މަގުފަހިކޮށްދިނުން ކަމަށެވެ. އެހެން ނޫންނަމަ ފަރުވާދެވޭ ފަދަ ބަލިތަކެއްގައި ޣައްޒާގެ ރައްޔިތުން މަރުވެ ގޮސްދާނެ ކަމުގެ އިންޒާރު އޮކްސްފެމުން ވަނީ ދީފައެވެ.
About Post Author
މާދަމާ ނިއުސް
ލޯނާއި އިންޓްރަސްޓަށް 1 ބިލިއަން ރުފިޔާ ދައްކައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތުން ވަނީ ލޯނުތަކަށް 636 މިލިއަން އަދި އިންޓްރެސްޓަށް...
“ބޮޑު ދެއިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓުލާ އަދަދު އިތުރުވާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، ދައުލަތުގެ ޚަރަދުތައް ކުޑަވާނެ...
ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަދަނީ
(ފޮޓޯ ކްރެޑިޓްސް: ޒަކާތު ހައުސް) ދިވެހިރާއްޖޭގެ ޒަކާތުގެ ޤާނޫނުގެ ދަށުން، ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީކުރަން މަޖުބޫރުވާ ގޮތަށް އާ ޤަވާއިދެއް އެކުލަވާލުމަށް ޒަކާތު...
މިފަހަރު އެންމެ ގިނަ ވޯޓުފޮށި ހެންވޭރު ދަނޑުގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ މަހު ބާއްވާ އިންތިޚާބުތަކުގައި ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މީގެ...
އަޅުގަނޑުގެ ތާއީދު އޮތީ ޕީއެންސީ ކެންޑިޑޭޓުންނަށް އެކަނި: ރައީސް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު...
“ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވިޔަސް ބާރު އޮންނާނީ ރައްޔިތުންގެ އަތުގައި”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރިޔާސީ އިންތީޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެ ބަދަލު...
