
(ފޮޓޯ ކްރެޑިޓްސް: ޓީއާރްޓީ)
ގާނާގައި އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި އެ ޤައުމުގެ ދިފާޢީ ވަޒީރު، އެޑްވާޑް އޮމާނޭ ބުއާމާއާއި ތިމާވެއްޓާއި ސައިންސާއި ޓެކްނޮލޮޖީ ވަޒީރު، އިބްރާޙިމް މުރުތަލާ މުޙައްމަދު ހިމެނޭގޮތަށް ސަރުކާރުގެ 5 އޮފިޝަލެއް އަވަހާރަވެ، ވައިގެ އަސްކަރިއްޔާގެ ތިން މެންބަރުން މަރުވެއްޖެއެވެ. ގާނާގެ ރައީސް، ޖޯން މަހާމާގެ ތަރުޖަމާނު، ޖޫލިޔަސް ޑެބްރާހް ވިދާޅުވީ ފަހު ވަގުތާ ޖެހެންދެން ޤައުމީ ޚިދުމަތުގައި އުޅުއްވި، އެ އެންމެ ބޭފުޅުންގެ ޢާއިލާތަކަށް ރައީސާއި ސަރުކާރުގެ ފަރާތުން ތައުޒިޔާ ފޮނުއްވާ ކަމަށެވެ. ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބާ ގުޅޭގޮތުން ގާނާގެ އިދާރާތަކުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ގާނާގެ ހަތިޔާރުއެޅި ފައުޖުން އޭގެ ކުރިން ވަނީ ވައިގެ އަސްކަރިއްޔާގެ ޒީ9 ހެލިކޮޕްޓަރެއް ރާޑަރަށް ގެއްލިފައިވާ ކަމަށް ބުނެފައެވެ.
ދިފާޢީ ވަޒީރު ބުއާމާއަކީ މީގެ ކުރިން ގާނާގެ ކޮމިއުނިކޭޝަންސް ވަޒީރުގެ މަޤާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ. ދިފާއީ ވަޒީރުގެ މަޤާމާ އޭނާ ޙަވާލުވެވަޑައިގަތީ ރައީސް މަހާމާ އަލުން ވެރިކަމަށް ވަޑައިގަތުމުން މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ހުޅަނގު އެފްރިކާގެ އައްސޭރިފަށުގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ގާނާއަށް ވެސް ސާހެލްގައި ޙަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ހަތިޔާރުއެޅި ޖަމާޢަތްތަކުގެ ޙަމަލާތައް ކުރިމަތިވެއެވެ. އެ ޖަމާޢަތްތައް އާއްމުކޮށް ޙަރަކާތްތެރި ވަނީ އެ ސަރަޙައްދުގައި އޮންނަ ބުރްކިނާ ފާސޯއާއި މާލީވފަދަ ކަނޑުގެ އައްސޭރިއެއް ނޯންނަ ޤައުމުތަކުގައެވެ. އެ ޖަމާޢަތްތަކުން ދަނީ އެ ޤައުމުތަކުގެ ދެކުނުގެ ސަރަޙައްދުތަކަށް ފެތުރުމަށް މަސައްކަތް ކުރަމުންނެވެ.
މިދިޔަ މަހުގެ ތެރޭގައި ރައީސް މަހާމާގެ ތަރުޖަމާނަކު ވަނީ ގާނާގެ އިރުއުތުރުގެ ސަރަޙައްދުތަކަށް އިތުރު ސިފައިން ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ސަރަޙައްދުގައި އެތައް ޒަމާނެއް ވަންދެން ހިނގަމުންދާ ޙަމަނުޖެހުންތަކުގައި ގިނަ ޙަމަލާތައް ދެެއެވެ. އޭގެތެރޭގައި މަދަރުސާތަކަށް ދޭ ޙަމަލާތައް ވެސް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
