
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް ވެރިވެގަނެ، ޣައްޒާގެ ރައްޔިތުން އަޅުވެތިކުރުމަކީ، ޔަހޫދީންގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށާއި އެ ނުބައި ޢަމަލު އެމެރިކާއިން ހުއްޓުވުމުގެ ވިސްނުމެއް ނެތް ކަމަށް، ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ފަލަސްޠީނުގެ ޣައްޒާއަށް ވެރިވެގަނެ، ޣައްޒާގެ ރައްޔިތުން އަޅުވެތިކުރުމަށް ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ނިންމާފައިވާ ކަމުގެ ރިޕޯޓާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން، ޓްރަމްޕް ވިދާޅުވީ އެމެރިކާގެ މިވަގުތު އެންމެ އިސްކަމެއް ދެނީ ޣައްޒާގައި އޮތް ހައިހޫނުކަމުގެ ޙާލަތު ނިމުމަކަށް ގެނައުމަށް ކަމަށެވެ. “ދެން އެހެން ކަންކަމާ ގުޅޭގޮތުން އަޅުގަނޑު ބުނާނެ ވަކި އެއްޗެއް ނެތް. އެއީ އިސްރާއީލުގެ އިޚްތިޔާރުގައި އޮތް ކަމެއް ޙަޤީޤަތުގައި،” ޔަހޫދީންގެ އެންމެ ވަރުގަދަ މަދަގުދާރު ޓްރަމްޕް ވިދާޅުވިއެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގެ ދަށުން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 60,000އަށްވުރެ މައްޗަށް އުފުލިފައެވެ. މި ޤަތުލުއާއްމު ހިންގުމަށް އެމެރިކާއިން ދަނީ އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރާއި އަސްކަރީ އެހީ ޔަހޫދީންނަށް ފޯރުކޮށްދެމުންނެވެ. އެ އަސްކަރީ ބާރުގައި، ޣައްޒާގެ ގާތްގަނޑަކަށް 85 ޕަސެންޓަށް އަތްގަދަކޮށް، ފަލަސްޠީނުގެ ރައްޔިތުން ގެދޮރުން ނެރެ، ވަކި ސަރަޙައްދަކަށް ޖަމާކޮށް، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ދަނީ ލާއިންސާނީ އެތައް އަނިޔާއެއް ދެމުންނެވެ.
ޔަހޫދީ މީޑިޔާތަކުން ބުނީ، ނަތަންޔާހޫގެ ނިންމުމާ އެކު މުޅި ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ޔަހޫދީ ފައުޖުން އަތްގަދަކޮށް، އަސްކަރީ އޮޕަރޭޝަންތައް ފުޅާ ކުރާނެ ކަމުގައެވެ. އޭގެ ތެރޭގައި، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން ބައިތިއްބާފައި ތިބި ސަރަޙައްދުތައް ވެސް ހިމެނެއެވެ. ޣައްޒާގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ މީހުން ހައިހޫނުގައި ޖެއްސުމަށް ޔަހޫދީން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޣައްޒާއިން ބަނޑަށްޖެހިގެން ޝަހީދުވި މީހުންގެ އަދަދު ވަނީ 175އަށްވުރެ މައްޗަށް އުފުލިފައެވެ. މި ފަދަ ޖަރީމާތައް ހިންގަމުން ދަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
