
(ފޮޓޯ ކްރެޑިޓްސް: ސިލޯން ޓުޑޭ)
ސްރީ ލަންކާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ފުލުހުން އެންމެ މަތީ ވެރިޔާ ވަކިކުރަން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ. ސްރީ ލަންކާގެ އިންސްޕްކެޓާ ޖެނެރަލް އޮފް ޕޮލިސް، ދޭޝަބަންދޫ ތެންނަކޫން އެ މަޤާމުން ވަކިކުރަން މަޖިލީހުން ފާސްކުރީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އައްސޭރިފަށުގެ ރިސޯޓެއް ކަމަށްވާ ވެލިގަމާގައި ފުލުހުންގެ ދެ ޔުނިޓެއްގެ މެދުގައި ހިނގި ކުރިމަތިލުންތަކެއްގައި ފުލުހަކު މަރުވި މައްސަލައެއްގައެވެ. ފުލުހުންގެ ރެއިޑަކަށް ހަތިޔާރު އެޅި ފުލުހުންގެ އެހެން ޔުނިޓެއް އެ ތަނަށް ފޮނުވީ، ތެންނަކޫންގެ އަމުރަށް ކަމަށް އެ މައްސަލަ ތަޙުޤީޤުކުރި މަޖިލީހުގެ ކޮމިޓީއަކުން ވަނީ ބުނެފައެވެ.
އެ ކޮމިޓީން ނެރުނު ރިޕޯޓުގައި، ފުލުހުންގެ ސުލޫކާ ޚިލާފުވުމާއި ފުލުހުންނަށް ލިބިދޭ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކުރިކަމުގެ ތަފާތު 19 ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައިފައެވެ. އެ ކޮމިޓީއަށް މަޢުލޫމާތު ދެއްވި ޕްރޮސެކިޔުޓަރަކު ވިދާޅުވި ގޮތުގައި، 85،000 ފުލުހުންގެ މައްޗަށް އެކުލެވޭ ސްރީ ލަންކާގެ ފުލުހުންގެ ޚިދުމަތް ތެންނަކޫން ބޭނުންކުރަމުންދިޔައީ، “ކްރިމިނަލް ނެޓްވަރކެއް” ގޮތަށެވެ. އޭނާ އެ މަޤާމަށް އައްޔަނުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައި، ކުރީގެ ރައީސް ރަނިލް ވިކަރަމަސިންގހަގެ ސަރުކާރުގައެވެ. ތެންނަކޫން އެ މަޤާމަށް ޢައްޔަނުކުރިއިރުވެސް، އޭރުގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ދިޔައީ، އޭނާ އެ މަޤާމަށް އެކަށީގެންނުވާކަމަށް ބުނެ، އެކަމާ އިޢުތިރާޒުކުރަމުންނެވެ.
ތެންނަކޫން އެ މަޤާމަށް ޢައްޔަނުކުރުމުގެ ކުރިން، ފުލުހުންގެ ބަންދުގައި ހުރި މީހަކަށް އަނިޔާކުރިކަމަށް ސުޕްރީމް ކޯޓުން ވެސް އޮތީ ކަނޑައަޅައިފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
