
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ކޮންމެ ދުވަހަކު އެވުރެޖުކޮށް 28 ކުޑަކުދިން ޝަހީދު ކުރަމުންދާ ކަން އެކުވެރި ދައިލަތްތައް (އދ)ން ހާމަކޮށްފިއެވެ. ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ދުވަހަށް ފަހު ޣައްޒާއިން ޝަހީދު ކޮށްލާފައިވާ ކުޑަކުދިންގެ އަދަދު 18,000އަށްވުރެ މައްޗަށް އުފުލިފައިވާ ކަން އދގެ އިދާރާތަކުން ހާމަކުރިއެވެ. “ބޮންއަޅައިގެން ޝަހީދު ކުރުން. މެލްނިއުޓްރިޝަނާއި [ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ ހާލަތު] ހައިހޫނުގައި ޖައްސައިގެން ޝަހީދު ކުރުން. އެހީއާއި ޒަރޫރީ ޚިދުމަތްތަކުން މަޙްރޫމު ކޮށްގެން ޝަހީދު ކުރުން. ޣައްޒާގައި ކޮންމެ ދުވަހަކު އެވުރެޖުކޮށް 28 ކުޑަކުދިން ދަނީ ޝަހީދު ކުރަމުން—އެއީ ކިލާސްރޫމެއްގެ ސައިޒު،” އދގެ ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފު)ން ހާމަކުރިއެވެ.
އެ އިދާރާއިން ބުނީ، ޣައްޒާގެ ކުޑަކުދިންނަށް ފައިދާހުރި ކާނާ ލިބޭނެ ގޮތެއް ނެތް ކަމުގައެވެ. އެ ކުދިން ހައިހޫނުގައި ޖެހެމުންދާ ކަމުގައެވެ. އަދި، ސާފު ބޯފެނާއި، ބޭހާއި، ރައްކާތެރިކަމުން ޣައްޒާގެ ކުޑަކުދިން މަޙްރޫމު ކުރުވާފައިވާ ކަމުގައެވެ. “އިތުރު ކަމަކަށް ވުރެ ބޮޑަށް މި ވަގުތު އެ ކުދިންނަށް ބޭނުން ވަނީ [ޔަހޫދީންގެ ލާއިންސާނީ] ޢުދުވާން ހުއްޓައިލުން،” ޔުނިސެފުން ބުންޏެވެ. އެ އިދާރާއިން ބުނީ، ޣައްޒާ ޢުދުވާން ފެށި ފަހުން ޝަހީދު ކޮށްލާފައިވާ ކުޑަކުދިންގެ އަދަދު 18,000އަށް އުފުލިފައިވާ ކަމުގައެވެ. އެއީ، ކޮންމެ އެއް ގަޑިއިރެއްގެ ތެރޭގައި މައުސޫމު އެއް ކުއްޖެެއްގެ ފުރާނައެވެ. ޣައްޒާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޖުމުލަ އަދަދު 60,933އަށް އަރާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.
ޣައްޒާގެ މަޞްދަރުތަކުން ބުނީ ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި އަަށް މީހުން ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި ވެސް ކުޑަކުއްޖަކު ހިމެނޭ ކަމުގައެވެ. މީގެ އިތުރުން ކާބޯތަކެތި ނުލިބިގެން ބަނޑަށްޖެހިގެން 188 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ވެސް 94 ކުޑަކުދިން ހިމެނެއެވެ. ޣައްޒާގެ ރައްޔިތުން ކާބޯތަކެއްޗާއި ސާފު ބޯފެނުން މަޙްރޫމު ކުރުވުމުގެ ގޮތުން ޔަހޫދީން ވަނީ އެ ސަހަރުގެ ފުރަބަންދު ހަރުކަށިކޮށް، ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ.
ޔަހޫދީން ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. ގިނަ ދުވަސްތަކަކަށް ޣައްޒާގެ ސަރަޙައްދީ ރޮނގުތައް ބަންދު ކޮށްފައި އޮތުމަށް ފަހު، މި ވަގުތު ޔަހޫދީން ދަނީ ދުވާލަކު 86 ލޮރީގެ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދެމުންނެވެ. ނަމަވެސް، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، ދުވާލަކު 600 ލޮރީގެ ސާމާނު ޣައްޒާއަށް އެތެރެ ނުކުރެވޭ ނަމަ، އެ ސަހަރުގެ ރައްޔިތުން ހައިހޫނުގައި ޖެހޭނެ ކަމުގައެވެ. ޣައްޒާ ޢުދުވާން ހުއްޓައިލުމަށް އދގެ އިތުރުން ބައިނަލްއަޤްވާމީ 150 ޖަމުޢިއްޔާއަކުން ވަނީ ޔަހޫދީންނަށް ގޮވައިލާފައެވެ. ނަމަވެސް، ޔަހޫދީންގެ އެންމެ ބޮޑު މަދަރުގާރު ކަމުގައިވާ އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީން ދަނީ ޢުދުވާން އިތުރަށް ފުޅާ ކުރަމުންނެވެ. ޣައްޒާއަށް ވެރިވެގަނެ، އެ ސަހަރުގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ މީހުން އަޅުވެތި ކުރުމަށް ވެސް ޔަހޫދީން މިހާރު ދަނީ ތައްޔާރުވަމުންނެވެ
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
