
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އަލުން ލުބްނާނާ ދެކޮޅަށް ހަނގުރާމަ ފަށައިފި ނަމަ ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދޭނެ ކަމުގައި ބުނެ، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهގެ ވެރިޔާ ޤާސިމް ނަޢީމް ނުރައްކާތެރި އިންޒާރެއް ދެއްވައިފިއެވެ. އޭނާ މި މޭރުމުން އިންޒާރު ދެއްވާފައި މި ވަނީ، ޙިޒްބުاللهގެ ހަތިޔާރުތައް އަތުލުމާ ގުޅޭ ގޮތުން އެ ޤައުމުގެ ކެބިނެޓުގައި މަޝްވަރާތަކެއް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ. ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ހުސްވި އަހަރު ބޮޑު ހަނގުރާމައެއް ކުރިއެވެ. އެ ހަނގުރާމައިގެ ތެރެއިން ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތުގެ އިތުރުން ޢާންމުން ދިރިއުޅޭ ރަށްތަކަށް ނިރުބަވެރި ޙަމަލާތަކެއްދީ، ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައެވެ. އަދި، ރައްދު ދިނުމުގެ ގޮތުން ޙިޒްބުاللهން ވެސް ވަނީ ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި މިސައިލްތަކާއި ރޮކެޓު ފަދަ ހަތިޔާރު ބޭނުން ކޮށްގެން ވަރުގަދަ ޙަމަލާތަކެއްދީ، ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި، ޔަހޫދީންގެ ބައިގަނޑެއް މަރައިލާފައެވެ.
އެ ހަނގުރާމަ ނިމުމަކަށް ގެނެސްފައި ވަނީ 2024ވަނަ އަހަރުގެ ނޮވެންބަރު މަހު، ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަަށުންނެވެ. ނަމަވެސް، އެމެރިކާއިން މެދުވެރިވެގެން އެކުލަވައިލާފައިވާ އެއްބަސްވުމާ ޔަހޫދީން ދަނީ ޚިލާފުވަމުންނެވެ. އަދި، ލުބްނާންގެ ރަށްތަކުން ފޭބުމަށް އިންކާރު ކުރުމުގެ އިތުރުން، އެ ޤައުމުގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ އެއްބަސްވުމުގެ ދަށުން ޙިޒްބުاللهން ވަނީ، ލުބްނާނާއި އިސްރާއީލް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ހަރަކާތްތެރިވުން ހުއްޓައިލާފައެވެ. ޙިޒްބުاللهގެ ހަތިޔާރު ބެހެއްޓުމަށް ވެސް އެ އެއްބަސްވުމުގައި ހިމަނާފައިވެއެވެ. އަދި، އެ ކަން ތަންފީޒު ކުރުމަށް އެމެރިކާއިން ދަނީ ލުބްނާންގެ ސަރުކާރަށް ބާރުއަޅައި، ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. އެ ކަން ތަންފީޒު ކުރުން ލަސްކުރާ ނަމަ، ޔަހޫދީން އަލުން ލުބްނާނަށް ޙަމަލާ ދޭން ފަށާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ، އެމެރިކާގެ އޮފިޝަލުން ދަނީ ލުބްނާންގެ ސަރުކާރަށް ބިރު ދައްކަމުންނެވެ.
ނަމަވެސް، ޓީވީ މެދުވެރިކޮށް ދެއްވި ޚިޠާބެއްގައި ޤާސިމް ވިދާޅުވީ، ލުބްނާންގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި ތެދުވުމަށް ޙިޒްބުاللهގެ އިތުރުން ލުބްނާންގެ އަސްކަރިއްޔާއާއި ޢާންމު ރައްޔިތުން ތެދުވުމަށް ތައްޔާރަށް ތިބި ކަމުގައެވެ. “އެ ދިފާޢުގެ ތެރެއިން އިސްރާއީލަށް މިސައިލްތައް ވެއްޓެން ފަށާނެ، އަދި ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ޤާއިމު ކޮށްފައިވާ ހުރިހާ ދިފާޢުތަކެއް އެންމެ އެއް ގަޑިއިރުގެ ތެރޭގައި ނިމުމަކަށް އަންނާނެ،” ޤާސިމް ވިދާޅުވިއެވެ. ހުސްވި އަހަރު ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ކުރި ހަނގުރާމައިގައި އެ ޖަމާޢަތުގެ 5,000 މުޖާހިދުން ޝަހީދުކޮށްލައި، އިތުރު 13,000އެއްހާ މެންބަރުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޤާސިމް ވިދާޅުވިއެވެ. މިއީ، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ ޙިޒްބުاللهގެ މެންބަރުން އަދަދު އެ ޖަމާޢަތުން ހާމަ ކޮށްފައިވާ ފުރަތަމަ ފަހަރެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އެ ޖަމާޢަތުގެ ކުރީގެ ވެރިޔާ، އަލް-ސައްޔިދް ޙަސަން ނަޞްރުالله ވެސް ހިމެނެއެވެ.
އެ ޖަމާޢަތުގެ އަސްކަރީ ޤާބިލުކަމަށް ބަދަލެއް އައިސްފައި ނުވާ ކަމުގައި ވެސް ޤާސިމް ވިދާޅުވިއެވެ. އޭނާ މި މޭރުމުން ވިދާޅުވުމާ އެކު، އެ ޖަމާޢަތުގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް ވަނީ ބައިރޫތުގެ މަގުތަކަށް ސައިކަލުތަކުގައި ނިކުމެ، ބުރު ޖަހައި، އެ ޖަމާޢަަތުގެ އަޒުމަށް ބަދަލެއް އައިސްފައި ނުވާ ކަން ސާބިތު ކޮށްދީފައެވެ. ޤާސިމް ވިދާޅުވީ، ޙިޒްބުاللهން ހަތިޔާރު ތިރި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެއްބަސްވާނީ ލުބްނާންގެ ސަރަޙައްދުތަކުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމުން ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
