
އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ޓޮޓްނަމް ހޮޓްސްޕަރ އަށް 10 އަހަރު ދުވަހު ކުޅުމަށްފަހު ސައުތު ކޮރެއާގެ ކެޕްޓަން ސޮން ހިއުން މިން އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް ލޮސް އެންޖަލެސް އެފްސީ އަށް ރެކޯޑް ފީއަކަށް ސޮއި ކޮށްފި އެވެ. އުމުރުން 33 އަހަރުގެ ސޮން ލޮސް އެންޖަލެސް އެފްސީ އަށް ސޮއި ކޮށްފައިވަނީ 20 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީ އަކަށެވެ. މިއީ މޭޖަރ ލީގުގެ ކްލަބަކުން ކުޅުންތެރިއަކު ހޯދުމަށް މިހާތަނަށް ހޭދަކުރި އެންމެ ބޮޑު ފީ އެވެ. މީގެ ކުރިން އެމްއެލްއެސްގެ ކްލަބަކުން ކުޅުންތެރިއަކު ހޯދުމަށް ހޭދަކޮށްފައިވާ އެންމެ ބޮޑު ފީ އަކީ މިޑްލްސްބަރަރ އިން އެމަނުއެލް ލާޓޭ ހޯދުމަށް އެޓްލާންޓާ ޔުނައިޓެޑް އިން ހޭދަކުރި 16.5 މިލިއަން ޕައުންޑްގެ ފީ އެވެ.
ލޮސް އެންޖަލެސް އެފްސީ އިން ހާމަކޮށްފައިވާ ގޮތުގައި ސޮން އާއިއެކު އެ ކްލަބުން ސޮއި ކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އަދި އިތުރު ދެ އަހަރު އެ ކޮންޓްރެކްޓަށް އިތުރު ކުރެވޭނެ މާއްދާއެއް ހިމަނާފައިވާކަމަށްވެސް އެ ކްލަބުން ވަނީ ބުނެފަ އެވެ. ޓޮޓްނަމް ހޮޓްސްޕަރއިން ސޮން އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2026 ވަނަ އަހަރުގެ ނިޔަލަށް އޮތް ނަމަވެސް އެކުވެރިކަމުގެ މެޗެއްގައި ނިއުކާސަލް އާއި ދެކޮޅަށް މިދިޔަ ހަފްތާގައި ކުޅުނު މެޗުގެ ކުރިން ސޮން ބުނެފައިވަނީ ޓޮޓްނަމް އާއިއެކު އޭނާ ހޭދަކުރަމުން އައި ދުވަސްތަކަށް މިހާރު ނިމުން އައިސްފައިވާ ކަމަށާއި އަންނަ ސީޒަނުގައި އޭނާ އެ ކްލަބުން ނުފެންނާނެ ކަމަށެވެ.
ލޮސް އެންޖަލެސް އަށް ސޮއި ކުރުމަށްފަހު ސޮން ބުނެފައިވަނީ މިއީ ހުވަފެނެއް ހަގީގަތަކަށް ވުން ފަދަ ކަމެއް ކަމަށެވެ. “މިއީ ހުވަފެނެއް ހަގީގަތަކަށް ވުން ފަދަ ކަމެއް. ތެދަށް ބުނަންޏާ މިއީ އަހަރެންގެ ފުރަތަމަ ޗޮއިސް އެއް ނޫން. އެކަމަކު މި ކްލަބުގެ ވެރިޔާ ޖޯން އަހަރެންނާއި ވާހަކަ ދެއްކި ހިސާބުން އަހަރެންގެ ހިތް އެއްކޮށް ބަދަލުވެއްޖެ.” ސޮން ބުންޏެވެ. ޖަރުމަނުގެ ބަޔާ ލެވަކޫސަން އިން 2015 ވަނަ އަހަރު ޓޮޓްނަމް އާއި ގުޅުނު ސޮން ވަނީ ނިމިގެންދިޔަ ސީޒަނުގައި ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ޓޮޓްނަމް ހޮޓްސްޕަރ އަށް ހޯދަދީ 17 އަހަރަށްފަހު ފުރަތަމަ ފަހަރަށް އެ ޓީމަށް މުބާރާތެއް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ޓޮޓްނަމް ހޮޓްސްޕަރ ގައި ހޭދަކުރި ދިހަ އަހަރުގެ ތެރޭގައި ސޮން ވަނީ އެ ކްލަބަށް 454 މެޗު ކުޅެދީ 173 ލަނޑު އެ ކްލަބަށް ޖަހައިދީފަ އެވެ. އަދި 22-2021 ވަނަ އަހަރުގެ ސީޒަނުގައި ސޮން ވަނީ ޕްރިމިއާ ލީގުގެ ރަން ބޫޓް ވެސް ހޯދާފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
