
(ފޮޓޯ ކްރެޑިޓްސް: މާޒިޔާ)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް އެލުކަވާލި ކޮމިޓީތަކުގެ ތެރެއިން އެމެޗަރ އެންޑް ގްރާސްރޫޓް ކޮމިޓީގެ ޗެއާމަނަކަށް އެ އިދާރާގެ ހިންގާ ކޮމިޓީގެ މެންބަރު އަދި ގައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުރުންތެރިޔާ މުޙައްމަދު އުމެއިރު ހަމަޖައްސައިފިއެވެ. އެފްއޭއެމްގެ އައު ހިންގާ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި މި ކޮމިޓީ އެކުލަވާލާ ކޮމިޓީއަށް މެންބަރުން އައްޔަން ކުރުމަށްފަހު ވަނީ ގްރާސްރޫޓް މަސައްކަތްތައް ހަރުދަނާކޮށް ކުރިޔަށް ގެންދިއުމުގެ މަސައްކަތް އެ ކޮމިޓީއާއި ހަވާލުކޮށްފައެވެ.
އެމެޗަރ އެންޑް ގްރާސްރޫޓް ކޮމިޓީގެ ވައިސް ޗެއާމަނަކަށް ހަމަޖައްސާފައިވަނީ އޮޑި ސްޕޯޓްސް ކުލަބުގެ ފަރީދު މުހައްމަދެވެ. މެންބަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ނިއުރޭިއަންޓްގެ ޒަހީނުއްދީނާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މުހައްމަދު އަރީފެވެ. މިއީ ގްރާސްރޫޓް ލެވެލްގެ ޕްރޮގްރާމްތައް ހިންގާ ހަގު އުމުރުފުރައިގެ ކުދިން ފުޓްބޯޅައަށް ތަމްރީނުކުރުމުގައި ހަރަކާތްތެރިވާ ކޯޗުން ހިމެނޭހެން އެކުލަވާލާފައިވާ ވަރަށް މުހިންމު ކޮމިޓީއެކެވެ.
ރާއްޖޭގައި ގްރާސް ރޫޓް ލެވެލްގެ ފުޓްބޯޅަ އިތުރަށް ވަރުގަދަކޮށް ގައުމީ ޓީމުތަކާއި ހަމައަށް އަންނަ ކުދިންނަށް ގައުމީ ލެވެލުގައި ޕާފޯމް ކުރުމުގެ ފުރުސަތުތައް އިތުރުކޮށްދީ އެ ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީކޮށްދިނުމަށް ތަފާތު ފުރުސަތުތައް ހޯދައިދިނުމަށް އެފްއޭއެމުން މަސައްކަތް ކުރާނެއެވެ.
About Post Author
މާދަމާ ނިއުސް
ރައްޔިތުން ވޯޓު ދެނީ ޕާޓީގެ ފިކުރަށްތަ ނުވަތަ މީހާއަށްތަ؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާއިރު، މިއީ އިންތިޚާބުތަކުގައި ރައްޔިތުން...
10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރަން ފަށައިފި
(ފޮޓޯ ކްރެޑީޓްސް: އަމީން މުޙައްމަދު) ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 10 ރަށެއްގައި...
އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނީ މަސައްކަތްތެރިންނަށް: ރައީސް
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަޙްނިޔާގައި، ޤައުމުގެ ކުރިއެރުމާއި މުސްތަޤުބަލުގެ އުންމީދުތައް ގުޅިފައިވަނީ މަސައްކަތްތެރިންނާ ކަމަށް ވިދާޅުވިއެވެ....
ޕީއެންސީގެ ތަރުޖަމާނަކަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އައްޔަނުކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ...
ދިވެހި މަސައްކަތްތެރިންގެ ހިތްވަރާއި ޤުރުބާނީ ބަލައިގަންނަންޖެހޭ: ފަސްޓް ލޭޑީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ދިވެހި މަސައްކަތްތެރިންނަށް ތަހުނިޔާ ފޮނުއްވައި، އެފަރާތްތަކުން...
“ސަރުކާރުގެ ސިޔާސަތުތަކުން މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
