
ރާއްޖޭގެ ފުޓްބޯޅައަށް ކުރިން އޮތް ފޯރި އާއި ޖޯޝު ނެތީ ކުރިއާ ޚިލާފަށް މިހާރު ސަޕޯޓަރުންގެ ކިބައިގައި ބައެއް ކުލަބުތަކުގެ އައިޑެންޓިޓީއެއް ނެތުމުން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ. އެފްއޭއެމްގެ އައު ރައީސްކަމާ ހަވާލުވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޠާރިޤް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުން ދަނޑަށް ވަނުން މަދުވި އެއް ސަބަބު ކަމަށެވެ. މީގެ ކުރީގެ ފުޓްބޯޅައާއި މިހާރު ފުޓްބޯޅަ މިންކުރާއިރު އެބޭފުޅުންވެސް ފުޓްބޯޅަ ކުޅުއްވި ދުވަސްވަރު ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު މަދުވަމުން ދިޔަކަން ފާހަގަކުރެވުނު ކަމަށެވެ.
ޠާރިޤް ވިދާޅުވީ ކުރިއާ ހިލާފަށް މިހާރު ސަފޯޓަރުންގެ ކިބައިގައި ކުލަބަކަށް ނިސްބަސްވާކަމުގެ އިހްސާސް ނުހުންނަކަމަށް ފާހަގަ ކުރެވޭ ކަމަށެވެ. “ރާއްޖޭގެ ފުޓްބޯޅައިގެ ސަޕޯޓަރުން މަދުވަމުން ދިޔަ އެއް ސަބަބަކަށް ފާހަގަކުރެވެނީ އައިޓެންޓިޓީއެއް ނެތްކަން ބައެއް ކުލަބުތަކުގެ. އެ ކުލަބަށް ބިލޯންގްވާ ކަމުގެ ފީލިންގސް ސަޕޯޓަރުންގެ ކިބައިގައި ނެތުމާއެކު މަޑުމަޑުން ދަނޑަށް ވަންނަ މީހުންގެ އަދަދު މަދުވަމުންދިޔައީ” ޠާރިޤް ވިދާޅުވިއެވެ. އެއީ ފުޓްބޯޅައަށް އިހުއޮތް ފޯރި ނެތުމުގެ އެއް ސަބަބު ކަމަށާއި، އެހެންނަމަވެސް ދަނޑަށް ވަންނަ ސަޕޯޓަރުން ވަންނަ މިންވަރު މަދުވި ސަބަބުތައް ޖެހޭނީ ދިރާސާކުރަން ކަމަށް ޠާރިޤް ވިދާޅުވިއެވެ.
އެފްއޭއެމްގެ ރައީސް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައަށް ޒުވާނުންގެ ޝައުގުވެރިކަން އެބަހުރިކަމަށާއި، ކުރިއަރުވަން މަސައްކަތްވެސް ކުރާ ކަމަށެވެ. އަދި މިހާތަނަށް ފުޓްބޯޅަ ހިފަހައްޓަމުން އައީ ވަރަށް ގިނަ އެކަޑަމީތަކުންނާއި ރަށްރަށުން ކުރި މަސައްކަތުން ކަމަށެވެ. އަދި ފުޓްބޯޅަ އިދާރާ ހިންގަން ތިބި މީހުންގެ ހިންގުމުގައި ކަންކަން ގޯސްކޮށް ކުރުމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ އިދާރާގެ ބޭނުން ނެތިގެން ދިޔައީ ކަމަށްވެސް ޠާރިޤް ވިދާޅުވިއެވެ. “ޕެޝަން ޒުވާނުންގެ އެބަހުރި. ވަރަށް ގިނަ އެކަޑަމީތަކަކުން ވަރަށް ގިނަ މަސައްކަތްކޮށްގެން މިހާތަނަށް ފުޓްބޯޅަ މިދިޔަ ހަތަރު ފަސްއަރު ތެރޭ ސަވަވައިވްވީ. އަދި ރަށްރަށުގައިވެސް ވަރަށް ގިނަ ފަރާތްތައް އެބަތިބި ފުޓްބޯޅައަށް ލޯބިކުރާ. ހަމައެކަނި ދިމާވެގެން މިއުޅޭ މައްސަލައަކީ ހިންގަން ތިބި މީހުންގެ ވިޔާނުދާކަމުން ނުވަތަ ގޯސްކޮށް ކަންތައްތައް ކުރީމަ ފުޓްބޯޅައި އިދާރާގެ އެއްވެސް ބޭނުމެއް ނެތިގެން ދިޔައީ” ޠާރިޤް ވިދާޅުވިއެވެ.
އެފްއޭއެމްގެ އައު ބޯޑުން މަސައްކަތް ކުރާނީ ވަޅުޖެހިފައި އޮތް ފުޓްބޯޅަ އަލުން ކޮޅަށްޖަހާ ފުޓްބޯޅައަށް ކުރިން އޮތް ފޯރިއާއި ޖޯޝު ގެނައުމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
