
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 80 ޕަސެންޓުން ކާމިޔާބު ކުރާނީ މި ސަރުކާރު ހިންގާ ޕީއެންސީން ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ. އޭނާ އެހެން ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ އިސްލާހުތަކުގެ ބޭނުމަކީ ކައުންސިލްތަކުގެ ބާރު ކަނޑުވައިލުން ކަމަށް އިދިކޮޅުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، ކައުންސިލްތަކަށް ލިބިފައިވާ ހައްގުތައް ނިގުޅައިގަންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫޅުއްވާ ކަމަށެވެ. އެމްޑީޕީން އެންމެ ކަންބޮޑުވާ އެއްކަމަކީ ކައުންސިލްތަކުގެ މުއްދަތުގެ އެންމެ ފަހު އަހަރު އެ ތަންތަނަށް މުވައްޒަފުން ނެގުމުގައި ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގެ ދައުރެއް އޮންނާތީ އެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ނޫނީ ބައެއް ކަންކަން ކައުންސިލުން ކޮށްގެން ނުވާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް އިދާރާ އަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުމެވެ.
އެ ބޭފުޅުންނަށް އެނގޭނެ ﷲ ގެ ރަހުމަތްފުޅުން މި އަންނަ އަހަރު މި އޮންނަ ލޯކަލް ކައުންސިލް އިންތިހާބު، ޝައްކެތް ނެތް 80 ޕަސެންޓު ކާމިޔާބު ކުރާނީ ޕީއެންސީން. އަޅުގަނޑުމެންގެ ކައުންސިލަރުން ތިބޭނީ،”— ފަލާހު
ފަލާހު ވިދާޅުވީ، ވެރިކަން ވިޔަސް އަދި ކައުންސިލްތައް ވިޔަސް ފަހު އަހަރު ކުރާ ކަމަކީ ކުރިއަށް އޮތް އިންތިހާބަށް ތައްޔާރުވެ، ކެމްޕެއިން ކުރުން ކަމަށެވެ. އެހެންވެ، އިންތިހާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި ރަށްރަށުގައި ހުންނަ މުހިންމު ބިންތައް ދޫކުރުމާއި މުވައްޒަފުން ނެގުން ކަހަލަ ކަންކަން ބައެއް ކައުންސިލްތަކުން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެ ކައުންސިލްތަކަށް ލިބޭ އިހުތިޔާރުގެ ތެރެއިން ނާޖާއިޒު ގޮތަކަށް ކުރާ ކަންކަން ކަމަށް ވެސް ވިދާޅުވި އެވެ. “ހަގީގަތުގައި އެ ކަންކަން [ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލުގެ ބިލުން] މި ހުއްޓުވަނީ. މިއީ އިދިކޮޅު އެމްޑީޕީން ވެސް ތާއީދު ކުރަންޖެހޭނެ ކަމެއް. އެ ބޭފުޅުންނަށް އެނގޭނެ ﷲ ގެ ރަހުމަތްފުޅުން މި އަންނަ އަހަރު މި އޮންނަ ލޯކަލް ކައުންސިލް އިންތިހާބު، ޝައްކެތް ނެތް 80 ޕަސެންޓު ކާމިޔާބު ކުރާނީ ޕީއެންސީން. އަޅުގަނޑުމެންގެ ކައުންސިލަރުން ތިބޭނީ،” އިނގުރައިދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
އެކަމަކު، އޭނާ ވިދާޅުވިގޮތުގައި ޕީއެންސީގެ ކައުންސިލަރުން ވެސް އިންތިހާބު ކާމިޔާބު ކުރަން ނާޖާއިޒު ގޮތުގައި ކަންކަން ކޮށްގެން ނުވާނެ އެވެ. ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ވެގެން ނުވާނެ ކަމަށް ބިލްގައި ބަޔާން ކޮށްފައިވުމަކީ ވެސް އެމްޑީޕީގެ ކަންބޮޑުވުމެކެވެ. އެ އަށް ޖަވާބު ދެއްވަމުން ފަލާހު ވިދާޅުވީ، އޭނާ ނިސްބަތްވާ ރ. އަތޮޅުގެ އެއްވެސް ރަށެއްގައި ލޯކަލް އޮތޯރިޓީ ކުންފުނިތައް ހަދައިގެން ވިޔަފާރި ނުކުރާ ކަމަށެވެ. އޭނާ އުފެއްދެވި ސުވާލަކީ، ލޯކަލް އޮތޯރިޓީ ކުންފުންޏަކުން ދެ މިލިއަން ރުފިޔާގެ ވިޔަފާރި ރަށެއްގައި ފެށުމަށް ފަހު އެ ރަށުގައި ހުރި 10 ވަރަކަށް ކުދި ފިހާރަ ބަނގުރޫޓުވުންތޯ މުހިންމީ ވިސްނާލަންޖެހޭ ކަމަށެވެ.
“އެހެންވީމާ މި ހުރިހާ ނަޒަރަކުން ވިސްނަން އެބަޖެހޭ،” ފަލާހު ވިދާޅުވި އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
