
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކައި މަކަރު ހަދާ ނަމަ އޭނާ ވެސް ޖަލަށްލައި އަދަބު ދޭންވީ ކަމަށާއި ބަރާބަރަށް ޓެކްސް ދައްކާ މީހުންނަށް އެއީ މައްސަލަކަށް ވެގެން ނުވާނެ ކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ. އޭނާ އެހެން ވިދާޅުވީ، ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޮޑެތި ބާރުތައް ދޭން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި ބިލްގެ ބަހުސްގައި ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މާލޭގައި ގިނަ ފިހާރަތަކެއް ހިންގަވަމުން ގެންދަވާ ސަލީމް ވިދާޅުވީ، ޓެކްސް ނުދެއްކުމުން ދޭ އަދަބު ބޮޑުކުރުމަކީ ކަސްޓަމްސްގެ އިންވޮއިސްތައް އޮޅުވާލައި، މަކަރު ހަދާ މީހުންނަށް ވަރަށް ބޮޑު މައްސަލައަކަށް ވާނެ ކަމަށެވެ.
“އެހެން ނަމަވެސް ރަނގަޅަށް މަސައްކަތް ކުރާ މީހުންނަށް މިއީ އެއްވެސް މައްސަލައަކަށް ނުވާނެ،” ސަލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ޓެކްސް ނަގަން ފެށީ ވަރަށް މާތް މަގުސަދެއްގައި ކަމަށް ވިޔަސް އެ މަގުސަދު ހާސިލް ނުވަނީ ޓެކްސް އަށް މަކަރު ހަދާ މީހުން އިތުރުވުމާއި ޓެކްސް ބަރާބަރަށް ނުދެއްކުމުން ކަމަށެވެ. “އެއްޗެއް އާންމުކޮށްފިއްޔާ އަޅުގަނޑުމެން އެ ކަމަކަށް އަމަލު ކުރަންޖެހޭނެ. [ޓެކްސް] ދައްކާ މީހުން ބަރާބަރަށް ދައްކާ. އެ މީހުން ބަރާބަރަށް ހުރިހާ ކަމެއް ކުރޭ. އެކަމަކު، ނުދައްކާ މީހުންގެ ނަތީޖާއަކީ އެ މީހުން ހަމަ ނުދައްކާ ތިބުން،” ސަލީމް ވިދާޅުވި އެވެ.
“އެހެންވީމާ މި ކަހަލަ ބިލެއް އައީމާ އެއްގޮތަކަށް ވެސް މި ކަހަލަ ބިލްތަކަށް ދެކޮޅު ހަދައިގެން ނުވާނެ. މިއީ ދައުލަތުގެ އާމްދަނީއަށް އަންނަ ބަދަލެއް ޓެކްސް ނުދެއްކުމަކީ. ބޭނުމަކަށް ވާން ވާނީ ބަރާބަރަށް ޓެކްސް ދެއްކުން.” ސަލީމް ލަފާކުރެއްވި ގޮތުގައި މިހާރު ވެސް 15 ވަރަކަށް ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ދައުލަތަށް ނުލިބި އެބަހުއްޓެވެ. އޭގެ ނަތީޖާއަކީ ދައުލަތް ހިންގަން ލިބެންޖެހޭ ފައިސާ ކޮންމެ އަހަރަކު ވެސް އުނިވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެހެން ތަންތަނުގައި ޓެކްސް އަށް 50 ޕަސެންޓު ވެސް ނަގާ. ސާާޅީސް ޕަސެންޓު ވެސް ނަގާ. ތިރީސް ޕަސެންޓު ވެސް ނަގާ. އެހެން ނަމަވެސް ރާއްޖޭގައި ޓެކްސްތަކަށް ބަލާއިރު ބޮޑެއް ނޫން. ޓެކްސް މި ހުރީ ހަމަ ރާއްޖެ އަށް ފެތޭ ވަރަށް،”— ސަލީމް
ސަލީމް ވިދާޅުވީ، ދައުލަތުގެ ދަރަންޏަށް އަންނަ އަހަރު އެއް ބިލިއަން ޑޮލަރު ދައްކަންޖެހޭއިރު ޓެކްސް ފައިސާ ނުލިބޭ ނަމަ ދަތިތައް ކުރިމަތިވާނެ ކަމަށެވެ. “[ދަރަނި] ދެއްކޭނެ އެއްވެސް ގޮތެއް ނޯންނާނެ. މި ފައިސާއަކީ މަތިން ފައިބާ އެއްޗެއް ނޫން. އާންމުންގެ އަތުން ނަގާ ޓެކްސް އިން ހުރިހާ ދަރަންޏަކާއި މި ހުރިހާ އެއްޗެއް ދައްކަން ޖެހެނީ،” އޭނާ ވިދާޅުވި އެވެ. ސަލީމް ވިދާޅުވީ، ޓެކްސް ނުދައްކާ މީހުންނަށް ދޭން ގާނޫނަށް ގެންނަ އިސްލާހުގައި ކަނޑައަޅާފައިވާ އަދަބުތައް ދޭން ވާނެ ކަމަށެވެ. އަދި އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ނަގާ ޓެކްސްގެ އަދަދު ބޮޑެެއް ވެސް ނޫނެވެ. ގެންގުޅެނީ އެއް މިންގަނޑެކެވެ.
“ދުނިޔޭގެ އެހެން ތަންތަނުގައި ޓެކްސް އަށް 50 ޕަސެންޓު ވެސް ނަގާ. ސާާޅީސް ޕަސެންޓު ވެސް ނަގާ. ތިރީސް ޕަސެންޓު ވެސް ނަގާ. އެހެން ނަމަވެސް ރާއްޖޭގައި ޓެކްސްތަކަށް ބަލާއިރު ބޮޑެއް ނޫން. ޓެކްސް މި ހުރީ ހަމަ ރާއްޖެ އަށް ފެތޭ ވަރަށް،” އޭނާ ވިދާޅުވު އެވެ.
ޓެކްސް ގާނޫނަށް ގެންނަ އިސްލާހު ކުރުކޮށް:
– އެއްވެސް ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއަކުން ގަސްދުގައި ރެކުމުގެ ނިޔަތުގައި ކުރާ އަމަލެއްގެ ކުށުގެ އަދަބު، ތިން މަހާއި އެއް އަހަރު ދުވަހަށް ގޭބަންދުކުރުމުގެ ބަދަލުގައި، ތިން މަހާއި ދެ އަހަރު ދުވަހާ ހަމައަށް ޖަލަށްލެވޭ ގޮތަށް އެ ބިލުގައި ވަނީ ހިމަނާފައި.
– ޓެކްސް ދައްކަންޖެހޭ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތައް ހަ މަސް ދުވަހާ ހަމައަށް ގޭބަންދު ކުރުމުގެ ޖިނާއީ އަދަބު، 250،000ރ. އާ ހަމައަށް ޖޫރިމަނާ ކުރުމާ އެކު، ހަ މަސް ދުވަހާ ހަމައަށް ޖަލަށް ލެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ވަނީ ހުށަހަޅާފައި.
– ޓެކްސް ދައްކަންޖެހޭ މުއްދަތުން ފެށިގެން ފާއިތުވާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް އަދަދަށް ނަގަމުން އަންނަ 0.05 ޕަސެންޓުގެ ޖޫރިމަނާ ދެ ގުނަ ބޮޑުކޮށް، ނުދައްކާ އޮތް އަދަދުގެ 0.1 ޕަސެންޓުގެ ޖޫރިމަނާ ކުރަން ބިލުގައި ވަނީ ހިމަނާފައި.
– މީރާ އަށް ދައްކަންޖެހޭ ޓެކްސް ފައިސާއާ ގުޅޭގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅުމުގެ ބާބު ވެސް ވަނީ ބަދަލުކޮށްފައި. މީރާ އަށް ދައްކަންޖެހޭ ފައިސާގެ އަދަދާ ގުޅޭގޮތުން، ޓްރައިބިއުނަލަށް އިސްތިއުނާފު ހުށަހެޅޭނީ، އިއުތިރާޒު ކުރާ އަދަދުގެ މަދުވެގެން 25 ޕަސެންޓަށްވާ ފައިސާ މީރާ އަށް ދައްކައި، ހަލާސް ކުރުމުން ކަމަށް ބިލްގައި ވޭ.
– ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް، މީރާ އަށް އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ވަނީ ދީފައި. ދައުލަތުގެ އިދާރާތަކުން ދޭ ހިދުމަތް ހިފެހެއްޓުމާއި ބިންބިމާއި މިލްކިއްޔާތު ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމާއި ތިން ވަނަ ފަރާތެއްގެ އަތުން އެ ފައިސާ ހޯދުމުގެ އިތުރަށް ބޭރު ގައުމެއް ނުވަތަ ސަރަހައްދެއް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ ބާރު މީރާ އަށް ދޭން ވަނީ ހުށަހަޅާފައި.
About Post Author
މާދަމާ ނިއުސް
ލޯނާއި އިންޓްރަސްޓަށް 1 ބިލިއަން ރުފިޔާ ދައްކައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތުން ވަނީ ލޯނުތަކަށް 636 މިލިއަން އަދި އިންޓްރެސްޓަށް...
“ބޮޑު ދެއިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓުލާ އަދަދު އިތުރުވާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، ދައުލަތުގެ ޚަރަދުތައް ކުޑަވާނެ...
ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަދަނީ
(ފޮޓޯ ކްރެޑިޓްސް: ޒަކާތު ހައުސް) ދިވެހިރާއްޖޭގެ ޒަކާތުގެ ޤާނޫނުގެ ދަށުން، ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީކުރަން މަޖުބޫރުވާ ގޮތަށް އާ ޤަވާއިދެއް އެކުލަވާލުމަށް ޒަކާތު...
މިފަހަރު އެންމެ ގިނަ ވޯޓުފޮށި ހެންވޭރު ދަނޑުގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ މަހު ބާއްވާ އިންތިޚާބުތަކުގައި ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މީގެ...
އަޅުގަނޑުގެ ތާއީދު އޮތީ ޕީއެންސީ ކެންޑިޑޭޓުންނަށް އެކަނި: ރައީސް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު...
“ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވިޔަސް ބާރު އޮންނާނީ ރައްޔިތުންގެ އަތުގައި”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރިޔާސީ އިންތީޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެ ބަދަލު...
