
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ފެންނަމުން ދަނީ މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ވެސް ނުހައްގު މުއްސަނދިކަން ހޯދައި، އެ މުއްސަނދިކަން ފޮރުވާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ. އޭނާ އެހެން ވިދާޅުވީ، ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޮޑެތި ބާރުތައް ދޭން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި ބިލްގެ ބަހުސްގައި ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ނުހައްގު މުއްސަނދިކަން އެކި ފަށަލަތަކަށް ބަހައި، އާއިލާގެ މެމްބަރުންނަށް ވެސް އެ މުއްސަނދިކަން ފަތުރަމުންދާ ކަމަށެވެ. މީރާގެ ގާނޫނަށް މިހާރު ގެންނަ އިސްލާހާ އެކު، މީރާގެ މެމްބަރުންގެ މާލީ ހިސާބުތައް ހުށަހަޅަންޖެހޭ ގޮތަށް ފަހިވެފައި އޮތް ކަމީ ރަނގަޅެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި، މުސްތަގިއްލު މަގާމުތަކުގައިި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާންތައް ހުށަހެޅުމަކީ މިހާރު ކުރަން ވެއްޖެ ކަމެކެވެ.
ނާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް އަންނަ ބައެއް މައްސަލަތަކުން ވެސް ފާހަގަވަނީ ނުހައްގު މުއްސަނދިކަން ހޯދައި، އެޕާޓުމަންޓުތައް ގަނެ އެކި މީސްމީހުންގެ ނަންމަތީގައި ރަޖިސްޓަރީކޮށް، ފޮރުވާފައިވާ ތަން ކަމަށެވެ. އެކަމަކު، މީރާގެ ގާނޫނަށް ގެންނަ އިސްލާހަކީ އެ ފަދަ ކަންކަން ހަމަޔަކަށް އެޅުވުމަށްޓަކައި ރަނގަޅު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
“ބަދަލު ދިނުމަށް ހެދި ކޮމިޓީއަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތިބޭ މަދު ބޭފުޅުންކޮޅެއް އެ ބޭފުޅުންގެ އަމިއްލަ މަސްލަހަތު ވެސް ހިމެނޭ ގޮތަށް މި ކަހަލަ ކަންތައްތަކުގައި މާފުކޮށްދިނުމާއި ލަސްކޮށްދިނުން ފަދަ ކަންކަން ކޮށްދީފައިވޭ.— ނާޒިމް
ސަރުކާރުގެ ފަރާތުން، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލްގެ މަގްސަދުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާ އަށް ލިބޭ ބާރުތައް މުރާޖައާކޮށް، ޓެކްސްާ ގުޅޭ ކުށާއި ކުށުގެ އަދަބު ބޮޑުކުރުމެވެ. އޭގެ ތަފުސީލްތައް ބިލްގައި ވެ އެވެ. ނާޒިމް ވިދާޅުވީ، މިދިޔަ ވެރިކަމުގެ ދުވަސްވަރު ފެނުނީ ދައުލަތަށް ދައްކަންޖެހޭ ނުވަ ބިލިއަނެއްހާ ރުފިޔާ ދެއްކުން ފަސްކޮށްދީ އަދި ޓެކްސް މާފުކޮށްދިނުމާއި ލުއިކޮށްދިން މަންޒަރު ކަމަށެވެ. އެއީ އިގުތިސާދު ރަނގަޅު ކުރަން އެޅި ފިޔަވަޅުތަކެއް ކަމަށް ވިޔަސް އެކަން ކޮށްފައި ވަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
“ބަދަލު ދިނުމަށް ހެދި ކޮމިޓީއަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތިބޭ މަދު ބޭފުޅުންކޮޅެއް އެ ބޭފުޅުންގެ އަމިއްލަ މަސްލަހަތު ވެސް ހިމެނޭ ގޮތަށް މި ކަހަލަ ކަންތައްތަކުގައި މާފުކޮށްދިނުމާއި ލަސްކޮށްދިނުން ފަދަ ކަންކަން ކޮށްދީފައިވޭ. މިހާރު ވެސް ދައުލަތަށް ލިބެން އޮތް ވަރަށް ގިނަ އަދަދެެއްގެ ފައިސާ ވަނީ ލަސްކޮށްދީފައި، ފަސްކޮށްދީފައި، ލުއިގޮތަކަށް ދެއްކޭނެ ގޮތް ހަމަޖައްސައިދީފައި،” ނާޒިމް ވިދާޅުވި އެވެ. ނަމަވެސް މީރާގެ ގާނޫނަށް ގެންނަ އިސްލާހާ އެކު، އެފަދަ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރަން މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
