Read Time:3 Minute, 0 Second

 

 

މަސައްކަތްތެރިންގެ ހައްގުތަކާއި އިމްތިޔާޒުތައް ރައްކާތެރިކުރުމަކީ މި ސަރުކާރުގެ އިސް އަމާޒެއް ކަމަށް ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު “އެކްސް” ގައި ކުރެއްވި ޕޯސްޓަށް ރައްދު ދެއްވަމުންނެވެ. އެ ޕޯސްޓުގައި ޝާހިދު ވަނީ ޕީއެންސީގެ ލިސްޓަކަށް އެޗްޑީސީގައި ވަޒީފާ އަދާކުރަމުން ދިޔަ 5 ދާއިމީ މުއައްޒަފަކު ސަސްޕެންޑް ކުރި ކުރުމުން ހާމަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނިޔާވެރިކަން ކަމަށެވެ.
އަދި މީގެ ކުރިންވެސް މި ސަރުކާރުން ހައުސިން މިނިސްޓްރީގެ ދާއިމީ މުއައްޒަފުންތަކެއް ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށާއި ވަޒީފާގެ ބިރުވެރިކަން އުފައްދައި، އަނިޔާވެރިކަން ދައްކަވައިގެން ރައްޔިތުން ފަހަތަށް ޖެއްސޭނެކަމަށް ހީފުޅުކުރެއްވުމަކީ ގޯހެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. މި ޕޯސްޓަށް ރައްދު ދެއްވަމުން ނައިބުރައީސް ވިދާޅުވީ ޤައުމުގެ ތަރައްޤީއާ ކުރިއެރުމަށް މަސައްކަތްކުރާއިރު، ހަގީގަތާ އެއްގޮތަށް މައުލޫމާތު ހިއްސާ ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމަށެވެ.
ބައެއް ފަރާތްތަކުން ފަތުރަމުންދާ އެއްވެސް އަސާސެއް ނުހުންނަ ވާހަކަތަކަށް ސަމާލުވުން މުހިންމުކަން ފާހަގަކުރައްވާ ނައިބުރައީސް ވިދާޅުވީ ވަޒީފާގެ ބިރުވެރިކަން އުފެއްދުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. މީގެއިތުރުން ވަޒީފާގެ މާހައުލުގައި އިތުބާރާއި ޔަޤީންކަން އުފެއްދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށް ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %