
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ޖަލުގައި ތިބޭއިރު މަސައްކަތް ކުރާ ގައިދީންގެ އެލަވަންސް 25 އަހަރަށްފަހު ބޮޑުކޮށްފިއެވެ. ގައިދީން މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 30ރ. ދޭ ގޮތަށް 2000 ވަނަ އަހަރު ހަމަޖެއްސި ފަހުން މިދިޔަ 25 އަހަރު ހުރިހާ ގައިދީންނަށް ވެސް އުޖޫރަ ދެމުން އައީ އެ މިންގަނޑުންނެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު މިރޭ “ވަގުތު” އަށް ވިދާޅުވީ ގައިދީންނާއި ބަންދުގައި ތިބޭ މީހުން ކުރާ މަސައްކަތަށް ދޭ އެލަވަންސް މިހާރު ބޮޑުކޮށްފައިވާ ކަަމަށެވެ.
އެގޮތުން އެލަވަންސް ދިނުމުގައި އެކި ބާވަތުގެ މަސައްކަތަށް ބަލައި އަށް ގްރޭޑެއް ކަނޑައަޅާފައިވާއިރު 50ރ. އަކީ ގްރޭޑް 1 ނުވަތަ އެންމެ ދަށް މިންގަނޑު ކަމަށް ވިދާޅުވިއެވެ. މި މިންގަނޑު ކޮންމެ ގްރޭޑަކަށް 10ރ. ބޮޑުވާނެ ކަމަށާއި އެހެންވެ ގްރޭޑް 8 ގެ ކެޓަގަރީއާ ހިސާބަށް ދުވާލަކަށް 120ރ. ލިބޭނެ ކަމަށް ވިދާޅުވިއެވެ. ޖަލުގައި ތިބޭއިރު މަސައްކަތް ކުރާ ގައިދީންގެ އެލަވަންސް 25 އަހަރަށްފަހު ބޮޑުކޮށްފައިވާއިރު ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން މަސައްކަތް ކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އުނިވާ ދުވަހެއް ކަމުގައި ހަދަން ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވަނީ މިދިޔަ އަަހަރު ވިދާޅުވެފައެވެ.
އިހްސާން ވިދާޅުވީ ޖަލުގައި ގައިދީން މަސައްކަތެއް ދަސްކުރަން ހޭދަ ކުރާ ކޮންމެ ދުވަހަކީ އެމީހެއްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުން އުނިވާނެ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި ކަމާ ގުޅޭ ގާނޫނުތައް އިސްލާހު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. ވަޒީރު ވިދާޅުވީ ގައިދީން ޖަލުގައި ގިނަ ދުވަސްތަކަކު ގެންގުޅުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. ރައީސް މުއިއްޒު ބޭނުންފުޅުވަނީ ޖަލުން ނިކުންނަ ކޮންމެ ގައިދީއަކީ ވެސް މުޖުތަމައަށް ބޭނުން ހިފޭ ކޮންމެވެސް މަސައްކަތެއް ކުރާ ބަޔަކަށް ހެދުމަށް ކަމަށްވެސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
