
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ސެޕްޓެމްބަރުގައި ފަށާގޮތަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ ކަލަންޑަރަށް ބަދަލުގެނެސް އެކަން އިއުލާނުކޮށްފިއެވެ. ސީޒަން ފަށާ ތާރީހު ހަމަޖައްސާ ކަލަންޑަރު ފާސްކުރީ އެފްއޭއެމްގެ އައު ހިނގާ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ ސެޕްޓެމްބަރ 15 ގައި ކުޅޭ ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފެށުމަށެވެ. އަދި 10 ޓީމާއެކު ދިވެހި ޕްރިމިއާލީގު ސެޕްޓެމްބަރު 18 ގައި ފެށުމަށެވެ. މީގެ އިތުރުން އޮކްޓޫބަރު 01 ގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ ރީޖަނަލް ލީގު ފެށުމަށް އެފްއޭއެމުގެ ކަލަންޑަރުގައި ވަނީ ހިމަނާފައެވެ.
އެފްއޭއެމުން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ދެބުރަކަށް ބަލާހައިގެން މި ފަހަރު ސީޒަންގައި ކުޅޭނީ 90 މެޗެވެ. ލީގުގެ ގަދަ 6 ޓީމަށް އަންނަ އަހަރުގެ ލީގުން ޖާގަ ކަށަވަރުވާއިރު އެންމެ މަދުން ޕޮއިންޓް ހޯދާ ދެ ޓީމަށް ކުރީގެ ސެކަންޑް ޑިވިޝަންގެ ގޮތުން މިއަހަރުންފެށިގެން ބާއްވާ ރީޖަނަލް ލީގުގެ މާލޭ ލީގުގަށް ރެލިގޭޓް ވާނެއެވެ. ލީގުގެ 7 ވަނަ އާއި 8 ވަނައަށްދާ ދެޓީމު ކުޅެން ޖެހޭނީ މާލޭ ލީގުގެ ކޮލިފިކޭޝަން ރައުންޑުގައެވެ.
ޕްރިމިއާ ލީގުގެ އުސޫލުގައިވާގޮތުން ލީގުގެ 7 ވަނަ ޓީމާއި 8 ވަނަ ޓީމާއި، ނޯތު ލީގާއި ސެންޓްރަލް ލީގު އަދި ސައުތު ލީގާއި މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމުތައް ހިމެނޭ ގޮތަށް 6 ޓީމުގެ މެދުގައި ޕްރިމިއާ ލީގުގެ ކޮލިފައިންގައި ވާދަކުރަން ޖެހޭނެއެވެ. މި ކޮލިފިކޭޝަނުގެ ގަދަ 4 ޓީމު 2026/2027ގެ ލީގަށް ކޮލިފައިވާނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
