
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި ކުރި މުޒާހަރާތަކުގައި ބައިވެރިވި މީހުންގެ ތެރެއިން 240 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ. ޕާކިސްތާނުގައި މުޒާހަރާކޮށްފައި ވަނީ އިމްރާން ޚާން ޖަލަށް ލިތާ ދެ އަހަރު ދުވަސް ފުރުމާ ގުޅިގެންނެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން 122 މީހުން ހައްޔަރުކޮށްފައި ވަނީ އިރުމަތީ ލާހޯރުންނެވެ. އެއީ މަގު ބަންދުކުރުމަށް މަސައްކަތްކޮށް، ޤާނޫނާއި ޤަވާއިދަށް ހުރަސްއަޅާތީ ކަމަށް ފުލުހުންގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް، ފައިސަލް ކަމްރަން ވަނީ ވިދާޅުވެފައެވެ. ދެން ހައްުޔަރުކޮށްފައިވާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ވެރިކަންކުރާ ފަންޖާބު ޕްރޮވިންސުގެ އެކި ސަރަޙައްދުތަކުގައި ޖެހި ރޭޑުތަކުގައެވެ.
އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި އެތައް ހާސް ބަޔަކު ވަނީ ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސުގައި ވެސް މުޒާހަރާކޮށްފައެވެ. އެ ޕްރޮވިންސުގައި ވެރިކަންކުރަނީ އިމްރާން ޚާންގެ ސިޔާސީ ޕާޓީ ކަމަށްވާ ޕާކިސްތާނު ތަހްރީކީ އިންސާފް، ޕީޓީއައިއިންވެވެ. ކަރާޗީއާއި މުޒައްފަރުއާބާދުގައި ކުރި މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ކަރުނަ ގޭސް ބޭނުންކޮށްފައިވެއެވެ. ޕީޓީއައިގެ ތަރުޖަމާނު ޒުލްފިގާރު ބުޚާރީ ވިދާޅުވީ ލާހޯރުން އެކަނި ވެސް 200އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ޕަންޖާބުގެ ސަރަޙައްދީ ސަރުކާރުގެ ތަރުޖަމާނެއް ކަމަށްވާ އުޒްމާ ބުޚާރީ ވިދާޅުވީ މުޒާހަރާތައް ބާއްވައި ޤައުމުގައި ހަލަބޮލިކަން އުފެއްދުމަށް ޕީޓީއައިއަށް ފުރުޞަތު ނުދެވޭނެ ކަމަށެވެ. ނަމަވެސް ޕީޓީއައިއިން ބުނަމުން ދަނީ އެ ޕާޓީން އެ ގޮތަށް އަމަލު ނުކުރާ ކަމަށެވެ.
އިމްރާން ޚާންގެ ސިޔާސީ ޕާޓީގެ އެކްސް އެކައުންޓުގައި އޮގަސްޓު މަހުގެ 4ވަނަ ދުވަހު ޝާއިރުކޮށްފައިވާ ޕޯސްޓެއްގައި ޚާން ވަނީ ޤައުމުގައި ހަޤީޤީ ޑިމޮކްރަސީއެއް ޤާއިމުކުރެވެންދެން ޤައުމުގެ ރައްޔިތުން މަގުތަކަށް ނިކުމެ ސުލްޙަވެރި މުޒާހަރާތައް ކުރުމަށް ގޮވާލައްވައިފައެވެ. މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ އިމްރާން ޚާން ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަޤާމަށް ހޮވިވަޑައިގަތީ 2018ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ޤައުމުގެ ނުފޫޒުގަދަ އަސްކަރިއްޔާއާ އޭނާ ދެބަސްވެވަޑައިގަތުމުން 2022ވަނަ އަހަރުގެ ތެރޭގައި ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުން ވަނީ އޭނާ ވެރިކަމުން ދުރުކުރައްވައިފައެވެ. 2022ވަނަ އަހަރު ޚާންގެ ވެރިކަން ގެއްލުނު ހިސާބުން ފެށިގެން އޭނާ ގެންދަވަނީ އެކި ކަހަލަ ދަޢުވާތަކާ ކުރިމަތި ލައްވަމުންނެވެ. އަދި 2023ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އެއާއެކު ޕާކިސްތާނުގެ އަސްކަރިއްޔާއާ ދެކޮޅަށް ޕާކިސްތާނުގެ އެކި ސަރަޙައްދުތަކުގައި ވަނީ މުޒާހަރާކުރަން ފަށައިފައެވެ.
އޭނާގެ ޕާޓީން ބުނީ އެ ދަޢުވާތަކަކީ 2022ވަނަ އަހަރު ޚާންގެ ވެރިކަމުން ވައްޓާލުމުގެ ކުރިން، އަސްކަރިއްޔާގެ ވެރިންނާ އޭނާ ދެބަސްވެވަޑައިގަނެފައިވާތީ ސިޔާސީ މައިދާނުން އޭނާ އެއްކިބާކުރުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ. އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ނިރުބަވެރިކަމާއި ޚިޔާނާތާއި ޤައުމުގެ ސިއްރުތައް އަމާނާތްތެރިނުވުމުގެ ތުހުމަތުތައް ވެސް ހިމެނެއެވެ. ޙާނާ ދެކޮޅަށް ޙުކުމް އިއްވާފައިވާ ގިނަ މައްސަލަތަކުގައި ޚާންގެ ކުށެއް ނެތް ކަމަށް ފަހުން ވަނީ ސާބިތުވެފައެވެ. އަދި ގިނަ ޢަދަދެއްގެ މައްސަލަތަކުގައި އޭނާއާ ދެކޮޅަށް އިއްްވާފައިވާ ޙުކުމްތައް ވަނީ ސަސްޕެންޑު ކޮށްފައެވެ. މިދިޔަ މަހުގެ ތެރޭގައި ޚާންގެ ސިޔާސީ ޕާޓީއަށް ނިޞްބަތްވާ އެތައް ސަތޭކަ ބަޔަކާ ދެކޮޅަށް 2023ވަނަ އަހަރުގެ މުޒާހަރާތަކުގައި ބައިވެރިވުމުގެ ސަބަބުން އުފުލާފައިވާ އެކި ދައުވާތައް ވަނީ ސާބިތުވެފައެވެ. އޭގެ ތެރޭގައި ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ވެސް ހިމެނެއެވެ. އެއާއެކު ނުވަ މެންބަރުންގެ ގޮނޑި ވެސް ވަނީ ގެއްލިފައެވެ.
About Post Author
މާދަމާ ނިއުސް
ލޯނާއި އިންޓްރަސްޓަށް 1 ބިލިއަން ރުފިޔާ ދައްކައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތުން ވަނީ ލޯނުތަކަށް 636 މިލިއަން އަދި އިންޓްރެސްޓަށް...
“ބޮޑު ދެއިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓުލާ އަދަދު އިތުރުވާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، ދައުލަތުގެ ޚަރަދުތައް ކުޑަވާނެ...
ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަދަނީ
(ފޮޓޯ ކްރެޑިޓްސް: ޒަކާތު ހައުސް) ދިވެހިރާއްޖޭގެ ޒަކާތުގެ ޤާނޫނުގެ ދަށުން، ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީކުރަން މަޖުބޫރުވާ ގޮތަށް އާ ޤަވާއިދެއް އެކުލަވާލުމަށް ޒަކާތު...
މިފަހަރު އެންމެ ގިނަ ވޯޓުފޮށި ހެންވޭރު ދަނޑުގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ މަހު ބާއްވާ އިންތިޚާބުތަކުގައި ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މީގެ...
އަޅުގަނޑުގެ ތާއީދު އޮތީ ޕީއެންސީ ކެންޑިޑޭޓުންނަށް އެކަނި: ރައީސް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު...
“ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވިޔަސް ބާރު އޮންނާނީ ރައްޔިތުންގެ އަތުގައި”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރިޔާސީ އިންތީޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެ ބަދަލު...
