
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވެރިކަމުން އިސްތިޢުފާ ދިނުމަށް އެއް އަހަރު ފުރުން ފާހަގަކޮށް، އެ ޤައުމުގެ އެތައް ހާސް ބަޔަކު އުފާ ފާޅުކޮށްފިއެވެ. ބަންގްލަދޭޝްގެ ވެރިރަށް، ދާކާގައި އެއްވުންތަކާއި ހިނގާލުންތަކާއި ކޮންސެޓުތަކާއި މި ފަދަ ގިނަ ޙަރަކާތްތައް މި މުނާސަަބަތުގައި ބާއްވާފައިވެއެވެ. ބަންގްލަދޭޝްއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކާއި ސަރުކާރުގެ ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް 2024ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބަންގްލަދޭޝްގެ ގިނަ ޢަދަދެއްގެ ދަރިވަރުން ވަނީ މުޒާހަރާ ކޮށްފައެވެ. މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުންކޮށްފައެވެ. އެ ހަމަނުޖެހުންތަކުގައި މުޒާހަރާތަކުގައި ބައިވެރިވި 1،400އަށްވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. ގިނަ ޢަދަދެއްގެ ދަރިވަރުން މަރައިލުމުން މުޒާހަރާތައް ހޫނުވެ އެންމެ ފަހުން ޙަސީނާ ބޮޑުވަޒީރު ކަމުން އިސްތިޢުފާ ދިނުމަށް މަޖުބޫރު ވިއެވެ. އެ އަހަރުގެ އޮގަސްޓު މަހުގެ 5ވަނަ ދުވަހު އިސްތިޢުފާ ދެއްވުމަށް ފަހު ޤައުމު ދޫކޮށް ވަޑައިގަންނަވައި ޙަސީނާ މި ވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އަވަށްޓެރި އިންޑިޔާގައެވެ.
ޙަސީނާ އިސްތިޢުފާ ދެއްވުމަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި ބަންގްލަދޭޝްގެ އިންތިޤާލީ ސަރުކާރުގެ އިސްވެރިޔާ، މުޙައްމަދު ޔޫނުސް ވަނީ މުޒާހަރާތަކުގައި މަރުވި މީހުންގެ ހަނދާން އައުކޮށް އެ މީހުންގެ ޤުރުބާނީ ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވީ ހުދުމުހުތާރުކަމުގެ ބާރު ނުހިންގާ ބަންގްލަދޭޝްއެއް ޤައުމުގެ ރައްޔިތުން އެކުގައި މަސައްކަތްކޮޮށްގެން ބިނާކުރާނެ ކަމަށެވެ. ޔޫނުސް އިތުރަށް ވިދާޅުވީ ޞުލްޙަވެރި، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބެއް އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުން އެކަށީގެންވާ ކަމަށެވެ. އޭނާ ވަނީ ބަންގްލަދޭޝްގައި އަލުން ފުރިހަމަ ޑިމޮކްރަސީ ޤާއިމްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ޤައުމުގައި ހުދުމުހުތާރު ވެރިކަން ކުރެއްވި ބޭފުޅުންނާއި އެ ބޭފުޅުންނާ ގުޅުންހުރި ފަރާތްތައް ވެރިކަމުން ދުރުކޮށްފައިވި ނަމަވެސް ސިޔާސީ މަސްރަހުގައި އާއި ޤައުމުގެ މަސްލަހަތާ ގުޅުންހުރި ކަންކަމަށް ބާރު ފޯރުވުމަށް އަދިވެސް އެ ބޭފުޅުން މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް ކުރި ޖިހާދުން ލިބުނު ފޮނިމީރުކަން ދެމެހެއްޓުމަށް އާންމުންނާއި ސިޔާސީ ފަރާތްތަކާއި މަދަނީ ޖަމުޢިއްޔާތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ފާހަގަކުރައްވައިފައެވެ.
ޔޫނުސްގެ މެސެޖުގައި ވިދާޅުވީ ބަންގްލަދޭޝްގެ އިންތިޤާލީ ސަރުކާރުން ގިނަ އިސްލާހުތައް ގެނެސްފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ މުޒާހަރާތަކުގައި ގިނަ ޢަދަދެއްގެ މީހުން މަރުވުމުގެ ޒިންމާ ނަގަންޖެހޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޝަރީޢަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދިދަތަކާއި ޕޯސްޓަރުތައް ހިފައިގެން ތިބި ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ބަންގްލަދޭޝްގެ ޤާނޫނުހަދާ މަޖިލީސް ދޮށަށް ވެސް އެއްވެފައެވެ. އޭގެ ތެރޭގައި މުޒާހަރާތަކުގައި ޒަޚަމްވި މީހުން ވެސް ހިމެނެއެވެ. އެ ސަރަޙައްދުން ވާހަކަ ދެއްކި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަޙްމަދުލް ޙަސަން ބުނީ މިދިޔަ އަހަރުގެ އެ ދުވަހު ޙަސީނާ ޤައުމު ދޫކޮށް ފިއްލަވައިވަޑައިގެންފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ މި ދުވަހު އޭނާ ވެސް ޤާނޫނުހަދާ މަޖިލީސް ދޮށަށް އެއްވި މީހުންގެ ތެރޭގައި ހިމެނޭނެ ކަމަށާއި، އޭގެ އަހަރެއް ފަހުން އަނެއްކާ ވެސް ހަމަ އެ ތަނަށް އޭނާ އަލުން އައީ އެ ދުވަހުގެ ހަނދާންތައް އައު ކުރުމަށް ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް މިދިޔަ އަހަރުގެ މުޒާހަރާތަކުގައި ބައިވެރިވި ކޮލެޖު ދަރިވަރެއް ކަމަށްވާ ސޯބިރް އަޙްމަދުގެ ހިޔާލު ތަފާތެވެ. އޭނާ ބުނީ ލޭއޮހޮރުތުންތަކާއި ޤުރުބާނީތަކަށް ފަހު ވެސް ބަންގްލަދޭޝްގައި ޑިމޮކްރެސީ ޤާއިމްކުރުމާ ގާތަށް ފިޔަވަޅެއް އެޅިފައިވާ ކަމުގެ އިޙްަސާސް ނުކުރެވޭ ކަމަށެވެ. ޙަސީނާގެ ވެއްޓުން ފާހަގަކުރުމަށް ބަންގްލަދޭޝްގައި ޙަރަކާތްތައް ކުރިއަށް ދިޔަ އިރު އެ ޤައުމުގެ ފުލުހުން ތިބީ ސަމާލުގައެވެ. އެއީ ޙަސީނާގެ އަވާމީ ލީގުން އެ ދުވަހުގެ ޙަރަކާތްތަކަށް ހުރަސް އެޅުމަށް މަސައްކަތްކޮށްފާނެތީއެވެ.
ޙަސީނާ އިސްތިޢުފާ ދެއްވުމަށް އެއް އަހަރު ފުރުނު ދުވަހު ބަންގްލަދޭޝްގެ ރައްޔިތުންނަށް މުހާތަބުކުރައްވައި ޙަސީނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެ ދުވަހަކީ މާޒީގައި ހިނގާ ގޮސްފައިވާ ކަންކަމާމެދު ވިސްނަންވީ ދުވަހެއް ނޫންކަމަށާއި އެއީ ކުރިމަގާމެދު އުއްމީދާއި އަމާޒާއެކު ވިސްނަންވީ ވަގުތެއް ކަމަށެވެ. އޭނާ ވަނީ ބޮޑުވަޒީރުގެ މަޤާމުން އޭނާ ރަސްމީކޮށް އިސްތިޢުފާ ދެއްވާފައި ނުވާ ކަމަށް ވެސް ފާހަގަކުރައްވައިފައެވެ. އޭނާ އިތުރަށް ވިދާޅުވީ ދަތި އުނދަގޫ ޙާލަތްތަކުން މީގެ ކުރިން ވެސް ބަންގްލަދޭޝް އަރައިގަނެފައިވާ ކަމަށެވެ. ހަމަ އެގޮތަށް އަދިވެސް ބަންގްލަދޭޝް އަލުން ކޮޅަށް ތެދުވާނެ ކަމަށާއި އެ ޤައުމަކީ ކުރިއަށްވުރެ ވަރުގަދަ އަދި އެއްބައިވަންތަ ޤައުމަކަށް ވެގެންދާނެ ކަމަށާއި ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތްކުރާ ޑިމޮކްރަސީއެއް ޤާއިމުކުރުމަށް ޤައުމުން މަސައްކަތްކުރާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
