
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް ވެރިވެގަނެ، ޣައްޒާގެ ރައްޔިތުން އަޅުވެތިކުރުމަށް ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ނިންމާފައިވާ ކަމަށް ރިޕޯޓު ކޮށްފިއެވެ. އިސްރާއީލުގެ މީޑިޔާތައް ކަމުގައިވާ އައި24ނިއުސް، ދި ޖެެރޫސެލަމް ޕޯސްޓް، ޗެނަލް 12 އަދި ވައިނެޓުން ބުނީ، ޣައްޒާއަށް ވެރިވެގަތުމާ މެދު ނިރުބަވެރި ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓުގައި މަޝްވަރާކޮށް ގޮތެއް ނިންމާފައިވާ ކަމަށާއި، އެ ކަން ތަންފީޒު ކުރުމުގެ މަސައްކަތް ދާދި އަވަހަށް ފަށާނެ ކަމުގައެވެ. ޔަހޫދީ މީޑިޔާތަކުން ބުނީ، ނަތަންޔާހޫގެ ނިންމުމާ އެކު މުޅި ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ޔަހޫދީ ފައުޖުން އަތްގަދަކޮށް، އަސްކަރީ އޮޕަރޭޝަންތައް ފުޅާ ކުރާނެ ކަމުގައެވެ. އޭގެ ތެރޭގައި، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން ބައިތިއްބާފައި ތިބި ސަރަޙައްދުތައް ވެސް ހިމެނެއެވެ. ޗެނަލް 12ގެ އެނެލިސްޓެއް ކަމުގައިވާ އަމީތު ސާގާ ބުނީ، ޣައްޒާ ފޭރިގަތުމަށް ނިންމާފައިވާ ކަން ރަސްމީކޮށް އިޢުލާނު ކޮށްފައި ނެތް ނަމަވެސް، އެ ގޮތަށް އަމަލު ކުރުމަށް ނިންމާފައިވާ ކަން ނަތަންޔާހޫގެ ސަރުކާރުގެ އިސް އޮފިޝަލަކު ކަށަވަރު ކޮށްދީފައިވާ ކަމުގައެވެ.
ޗެނަލް 12އަށް މަޢުލޫމާތު ދިން ނަން ހާމަކޮށްފައި ނުވާ ނަތަންޔާހޫގެ ސަރުކާރުގެ އިސް އޮފިޝަލަކު ބުނީ، ޙަމާސްގެ ބެލުމުގެ ދަށުގައި ބާކީ ތިބި އަސީރުން މިނިވަން ކުރާނެ ކަމަށް ބެލެވެނީ ޔަހޫދީން އަމާން ދިނުމުން ކަމުގައެވެ. އަދި، އަމާންދީ، ޣައްޒާއިން ފޭބުމަކީ ނަތަންޔާހޫގެ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމުގައެވެ. އަދި، މި ވަގުތު ފިޔަވަޅުތަކެއް (ފިޔަވަޅުތަކޭ ބުނެ އިޝާރާތް ކޮށްފައި އެ ވަނީ ޣައްޒާއަށް ވެރިވެގަތުމަށް) ނާޅައިފި ނަމަ، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރެވެން ނެތް ކަމުގައި ނަތަންޔާހޫގެ ސަރުކާރުން ޤަބޫލު ކުރާ ކަމުގައި ވެސް އެ އޮފިޝަލު ބުންޏެވެ. ނަމަވެސް، ނަތަންޔާހޫގެ ސަރުކާރުން މި ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ. ޣައްޒާއަށް އަތްގަދަ ކުރުމަށް ނަތަންޔާހޫ ނިންމާފައިވާ ކަމުގެ ރިޕޯޓު ކުރުމާ އެކު ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ކަން ކުށްވެރި ކޮށްފައެވެ. އަދި، އެ ކަން ހުއްޓުވަން ވަގުތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ ވުޒާރާއިން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގެ ދަށުން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 60,000އަށްވުރެ މައްޗަށް އުފުލިފައެވެ. ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 74 މީހުން ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި ކާބޯތަކެތި ބަހާ މަރުކަޒުތައް ކައިރީގައި ޝަހީދު ކޮށްލާފައިވާ 36 މީހުން ހިމެނެއެވެ. ޣައްޒާގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ މީހުން ހައިހޫނުގައި ޖެއްސުމަށް ޔަހޫދީން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޣައްޒާއިން ބަނޑަށްޖެހިގެން ޝަހީދުވި މީހުންގެ އަދަދު ވަނީ 175އަށްވުރެ މައްޗަށް އުފުލިފައެވެ. މި ފަދަ ޖަރީމާތައް ހިންގަމުން ދަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
