
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީ ކުންފުނިތައް ބޮއިކޮޓު ކުރާ އެމެރިކާގެ ސްޓޭޓްތަކާއި ރަށްތަކަށް ‘ފީމާ’ މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް ނިންމުމަށް ފަހު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެ ނިންމުން ބަދަލު ކޮށްފިއެވެ. ޤުދުރަތީ ކާރިސާތަކުން އަރައިގަތުމުގައި ސްޓޭޓްތަކާއި ރަށްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެނީ އެމެރިކާގެ ފެޑެރަލް އެމަރޖެންސީ މެނޭޖްމެންޓް އޭޖެންސީ (ފީމާ)އިންނެވެ. ފީމާގެ ބެލެނިވެރި ފަރާތަކީ އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ އިދާރާ، ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިޔުރިޓީއެވެ. ޤުދުރަތީ ކާރިސާތައް ކުރިމަތިވެފައިވާ ސްޓޭޓްތަކާއި ރަށްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ސިޔާސަތު މުރާޖާކޮށް ޑީއެޗްއެސުން ދާދިފަހުން ވަނީ އައު ސިޔާސަތެއް ޢާންމު ކޮށްފައެވެ. އޭގައި ބުނެފައި އޮތީ، ޔަހޫދީ ކުންފުނިތައް ބޮއިކޮޓު ކުރާ ސްޓޭޓްތަކާއި ރަށްތަކަށް ފީމާ މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލާފައިވާ ކަމުގައެވެ. އަދި، އޭގެ ތެރޭގައި، ޒަޔަނިސްޓު އިސްރާއީލުގެ ކުންފުނިތަކާ ދެމެދު ވިޔަފާރީގެ މުޢާމަލާތު ހިންގާ ކުންފުނިތައް ބޮއިކޮޓު ކުރާ ސްޓޭޓްތަކާއި ރަށްތައް ހިމެނޭ ކަމުގައެވެ.
މީގެ އިތުރުން، ޒަޔަނިސްޓު އިސްރާއީލުގެ ކުންފުނިތަކާ އެކު ވިޔަފާރީގެ މުޢާމަލާތު ހިންގުން މެދުކަނޑައިނުލާނެ ކަން ސްޓޭޓްތަކާއި ރަށްތަކުން ކަށަވަރު ކޮށްދިނުމަކީ ފީމާގެ އެހީ ލިބުމުގެ މައިގަނޑު ޝަރުޠެއްގެ ގޮތުގައި ޑީއެޗްއެސްގެ ސިޔާސަތުގައި ބަޔާން ކޮށްފައި އޮތެވެ. ނަަމަވެސް، ޑީއެޗްއެސުން މިހާރު މި ވަނީ އެ ސިޔާސަތު އުވައިލާފައެވެ. އަދި، ޔަހޫދީންގެ ކުންފުނިތައް ބޮއިކޮޓު ކުރާ ސްޓޭޓްތަކާއި ރަށްތަކަށް ފީމާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް ނިންމި ނިންމުން ބަދަލު ކޮށްފައެވެ. ޑީއެޗްއެސުން ކުރިން ޢާންމު ކޮށްފައިވާ ސިޔާސަތުގައިވާ ގޮތުން ފީމާގެ ފަންޑުން 1.9 ބިލިޔަން އެމެރިކާ ޑޮލަރަށް އަސަރު ކުރާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އެއީ، ކާރިސާތަކުގައި ގެއްލޭ މީހުން ހޯދައި ސަލާމަތް ކުރުމަށް ހިންގާ އޮޕަރޭޝަންތަކަށް ޚަރަދު ކުރުމަށާއި، ކާރިސާތައް މެނޭޖު ކުރުމަށް ޢައްޔަން ކޮށްފައިވާ މީހުންނަށް މުސާރަ ދިނުމަށާއި، އެމަރޖެންސީ ހާލަތްތަކުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ނިޒާމުތައް ހިންގުން ފަދަ ޚަރަދުތަކަށް ޚާއްޞަ ކޮށްފައިވާ ފައިސާއެވެ.
ޔަހޫދީ ކުންފުނިތައް ބޮއިކޮޓު ކުރާ ސްޓޭޓްތަކާއި ރަށްތަކަށް ފީމާގެ ފައިސާ ނުލިބޭނެ ގޮތަށް ޓްރަމްޕްގެ ސަރުކާރުން ސިޔާސަތު ބަދަލު ކޮށްފައި ވަނީ، އެމެރިކާގެ އެކި ކަންކޮޅުތަކުގައި ޔަހޫދީންނާ ދެކޮޅު އަޑުތައް ގަދަވަމުން ދިޔުމާ ގުޅިގެންނެވެ. އަދި، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް ގޮވައިލަމުންދާ ސްޓޭޓްތަކާއި ރަށްތަކުގެ އަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 60,000އަށްވުރެ މައްޗަށް އުފުލިފައެވެ. އެ ޤަތުލުޢާންމުގެ އެންމެ ބޮޑު ބައިވެރިއަކީ، އަދި މަދަދުގާރަކީ އެމެރިކާގެ ސަރުކާރެވެ. ޣައްޒާގެ އިތުރުން ލުބްނާނާއި، ޔަމަނާއި، ސޫރިޔާގެ މުސްލިމުން ޝަހީދު ކުރުމަށް ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް އެމެރިކާއިން އެ މީހުންނަށް ފޯރުކޮށްދެމުން ދަނީ ޓްރަމްޕްގެ އަމުރަށެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
