
ޖަރުމަން ބުންޑެސްލީގާގެ ކްލަބް އާރުބީ ލެޕްޒިގްގެ ފޯވަޑް ބެންޖަމިން ސެސްކޯ ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑް އިން 85 މިލިއަން ޔޫރޯގެ ބިޑެއް ހުށައަޅައިފި އެވެ. ސްލޮވޭނިޔާއަށް އުފަން އުމުރުން 22 އަހަރުގެ ސެސްކޯ ހޯދުމަށް ޔުނައިޓެޑް އިން ބިޑް ކުރި ކަމަށް އިނގިރޭސި މީޑިޔާއިން ރިޕޯޓް ކުރި ނަމަވެސް މެންޗެސްޓަރ ޔުނައިޓެޑް އިން ރަސްމީކޮށް އަދި މިކަމާއި ގުޅޭ ގޮތުން ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ސެސްކޯ ހޯދުމަށް ޔުނައިޓެޑް އިން ހުށައެޅި ބިޑްގައި 75 މިލިއަން ޔޫރޯ ފުރަތަމަ ދިނުމަށް ހަމަޖެހިފައިވާއިރު އެޑްއޮންގެ ގޮތުގައި އިތުރު 10 މިލިއަން ޔޫރޯ ވަނީ ހިމަނާފަ އެވެ.
ސެސްކޯ ހޯދުމަށް މީގެ ކުރިން ޕްރިމިއާ ލީގުގެ ކްލަބް ނިއުކާސަލް ޔުނައިޓެޑް އިން ވެސް ވަނީ ބިޑު ކޮށްފަ އެވެ. ނިއުކާސަލް އިން 80 މިލިއަން ޔޫރޯގެ ހުށައެޅުމެއް ލެޕްޒިގް އަށް ހުށައަޅާ އެ ކަމާއި ގުޅޭ ގޮތުން ދެ ކްލަބުން ވަނީ މަޝްވަރާކޮށްފަ އެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ލެޕްޒިގް އިން ސެސްކޯ ވިއްކާލަން ބޭނުންނުވި ނަމަވެސް އޭނާ ހުރީ މެންޗެސްޓަރ ޔުނައިޓެޑާއި ގުޅެން ތައްޔާރަށެވެ. އެހެންކަމުން އޭނާ ޔުނައިޓެޑަށް ވިއްކާލުމަކީ ވަރަށް ކައިރި ކަމެކެވެ. އިސްކޮޅުގައި ހަ ފޫޓް ފަސް އިންޗި ހުންނަ ސެސްކޯ ވަނީ ލެޕްޒިގް އަށް މިހާތަނަށް ކުޅެދިން 87 މެޗުގައި ޖުމްލަ 39 ލަނޑު އެ ކްލަބަށް ޖަހައިދީފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑް އިން އިތުރު ފޯވަޑެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ރުބެން އަމޮރިމް ވަނީ ރަސްމުސް ހޮއިލަންޑް އާއި އަލެހަންދްރޯ ގަރްނާޗޯ ވިއްކާލުމަށް ނިންމާފަ އެވެ. އަދި ލޯނު އެއްބަސްވުމެއްގެ ދަށުން މާކަސް ރަޝްފޯޑް ވަނީ ސްޕެއިންގެ ބާސެލޯނާއަށް ދޫކޮށްލާފަ އެވެ. މެންޗެސްޓަރ ޔުނައިޓެޑް އިން ވަނީ ކުރިއަށް އޮތް ސީޒަނަށް އެ ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މެތިއުސް ކޫނިއާ އާއި ބްރަޔަން އެމްބުއޭމޯ އެ ކްލަބަށް ގެންގޮސްފަ އެވެ. މި ދެ ކުޅުންތެރިން ހޯދުމަށް އެ ކްލަބުން ވަނީ 130 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
