
(ފޮޓޯ ކްރެޑިޓްސް: ބެޑްމިންޓަން އެސޯސިއޭޝަން)
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ރޯޔަލް އެމްބަސީ އޮފް ސައުދީ އަރަބިއްޔާ ނައިފަރު އޯޕަން 25 ބެޑްމިންޓަން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވައިފިއެވެ. މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މިމުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުން 171 އެތުލީޓުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. ޖޫނިއަރ ކެޓަގަރީގައި ރައުންޑް ރޮބިން އުސޫލުން 102 ކުދިން ވަނީ ބައިވެރިވެފައެވެ. މިގޮތުން މާލެއިން މިމުބާރާތުގައި ބައިވެރިވާން ނައިފަރަށް ދިޔަ ފަރާތްތަކުގެ އިތުރުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ އަތޮޅާއި، ބ.އޭދަފުށި އަދި ނ.ހޮޅުދޫން ކުޅުންތެރިން ވަނީ މިމުބާރާތުގައި ވާދަކުރުމަށް ނައިފަރަށް އައިސްފައެވެ.
ޖޫނިއަރ ކެޓަގަރީތަކުގެ އިތުރުން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ސޯޝަލް ކެޓަގަރީ އަދި ޤައުމީ ފެންވަރުގައި ކުޅޭ ކުޅުންތެރިންނަށް ހާއްސަކޮށްގެން އަލަށް ތައާރަފު ކުރި ނެޝަނަލްސް ކެޓަގަރީގެ މެޗުތައް ހިމެނޭހެން މިފަހަރުގެ މުބާރާތުގައި ޖުމްލަ 222 މެޗު ވަނީ ކުޅެފައެވެ. ނައިފަރު އޯޕަން 2025 ޖޫނިއަރ ކެޓަގަރީތަކުގެ ތެރެއިން 9 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ އިޒްޔާން ޝާފީ އަލީ އަދި އަންހެން ޗެމްޕިއަންކަން ހޯދީ ކައިރާ ވާސިއުއެވެ. 11 އަހަރުން ދަށުގެ ބައިން ފިރިހެން ޗެމްޕިއަންކަން ހޯދީ ޒައިކް މުހައްމަދު އާމިރު އަދި އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ މީފާ ބިންތި މޫސާއެވެ.
13 އަހަރުން ދަށުގެ ބައިން ފިރިހެން ޗެމްޕިއަންކަން ހޯދީ މައީޝް މުހައްމަދު އަދި އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ ލައިބާ އަހުމަދު މަޙްލޫފްއެވެ. 15 އަހަރުން ދަށުގެ ބައިން ފިރިހެން ޗެމްޕިއަންކަން ހޯދީ އަހުމަދު އާކިލް މައްސޫދު އަދި އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ ލާރާ މުހައްމަދު ލަތީފެވެ. 17 އަހަރުން ދަށުގެ ބައިން ފިރިހެން ޗެމްޕިއަންކަން ހޯދީ ޔޫނުސް ކާއިފް މުހައްމަދު އަދި އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ އާމިނަތު އައިނީ އަޝްރަފެވެ. 19 އަހަރުން ދަށުގެ ބައިން ފިރިހެން ޗެމްޕިއަންކަން ހޯދީ މުހައްމަދު ޝިފާއު ހުސެއިން އަދި އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ އައިޝަތު ޒޯޔާ ހުސެއިންއެވެ.
މުބާރާތުގެ ސޯޝަލް ކެޓަގަރީގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިބްރާހިމް ނާޝިތު ހަމްދީ އަދި ސޯޝަލް ކެޓަގަރީގެ އަންހެން ޗެމްޕިއަންކަން ހޯދީ އުމުރުން އެންމެ 12 އަހަރުގެ ލައިބާ އަހުމަދު މަޙްލޫފްއެވެ. ނެޝަނަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ހުސެއިން ޒަޔާން ޝަހީދު ޒަކީއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
