
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އައިޓީއެފް ޖޭ30 ޓެނިސް މުބާރާތަކީ ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށާއި މި ލެވެލްގެ ތަޖުރިބާ މުހިންމު ކަމަށް ގައުމީ ޖޫނިއަރ ޓެނިސް ޓީމުގެ ކޯޗު އަލީ ރިޒާ ބުނެފިއެވެ. އީރާނުގެ ތަޖުރިބާކާރު ކޯޗު އަލީ ރިޒާ ބުނީ މިއީ ދިވެހި ކުޅުންތެރިންނަށް ބައިނަލްއަގްވާމީ ކުޅުންތެރިންނާ ވާދަކޮށް ފެންވަރު މަތިކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. ރާއްޖޭގެ ގައުމީ ޓީމުގައި ތިބީ ވަރަށް ހަގު ކުޅުންތެރިންތަކެއް ކަމަށާއި މި ކުޅުންތެރިންނަށް އަދި ވަރަށް ބޮޑަށް ތަޖްރިބާ ބޭނުންވާ ކަމަށް ކޯޗު ފާހަގަކުރިއެވެ. ”ގިނަ ޓޯނަމަންޓްތައް ކުޅެ ތަޖުރިބާ ލިބޭނަމަ މި ކުޅުންތެރިނަން އޭޝިއާގެ މުބާރާތްތަކުގައި ރަނގަޅު ވާދައެއް ކުރެވޭނެ“ ކޯޗު ބުންޏެވެ.
ރާއްޖޭގައި މި މުބާރާތް ބޭއްވުމަކީ ރާއްޖޭގެ ކުޅުންތެރިނަށް ފައިދާ ބޮޑުކަމެއް ކަމަށާއި، އަމިއްލަ ކޯޓުތަކުގައި ކުޅުމުގެ ތަޖްރިބާ އާއި ކުޅުންތެރިންގެ އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށްވެސް ކޯޗު ބުންޏެވެ. ހުރިހާ ހާލަތަކަށް ކުޅުންތެރިން ހޭނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފަރިތަކުރުންތައް ދާގޮތާއިމެދު ހިތްހަމަޖެހޭ ކަމަށްވެސް ކޯޗު ބުންޏެވެ. އައިޓީއެފް ޖޭ30 އަށް ވަމުންދާ ތައްޔާރީތައް ކުރިޔަށްދާ ގޮތާއިމެދު ހިތްހަމަޖެހޭކަމަށާއި ޓެނިސް އެސޯސިއޭޝަނުން މި ފުރުސަތު ރާއްޖެއަށް ހޯދައިދީ ފަރިތަކުރުންތަކަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދީފައިވާތީ އެކަމަށް ޝުކުރު އަދާކުރާކަމަށް ކޯޗު ބުންޏެވެ. އައިޓީއެފް ޖޭ30 ގައި ވާދަކުރުމަށް ފަރިތަކުރަމުން އަންނަ އައިޝަތު ކަރިން ސައިޒަން ބުނީ ފަރިތަކުންތައް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި، ބޮޑަށް ފޯކަސް ކުރަނީ ފިޒިކަލް ކޮންޑިޝަނާއި ކޯޓު ކޮންޑިޝަނަށް ކަމަށެވެ. އަދި މި މުބާރާތުގައި ހިތްވަރު އެލުވާނުލާ ވަރަށް ޔަގީންކަމާއިއެކު ވަރަށް ރަނގަޅަށް ކުޅެވޭތޯ ބަލާނެ ކަމަށެވެ.
މި މުބާރާތަކީ މި އުމުރުފުރާގެ މަތީ ފަންތީގެ ބައިނަލްއަގްވާމީ ކުޅުންތެރިންނާ ވާދަކުރަން ޖެހޭ މުބާރާތަކަށްވާތީ ރަނގަޅު ވާދައެއް ކުރެވޭތޯ ބަލާނެ ކަމަށްވެސް ކަރިން ބުންޏެވެ. މި މުބާރާތް އަމިއްލަ ގައުމުގައި ކުޅެން ލިބުމަކީ ދިވެހި ކުޅުންތެރިންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށްވެސް ކަރިން ބުންޏެވެ. މި މުބާރާތަށް ތައްޔާރުވަމުން އަންނަ ގައުމީ ފިރިހެން ޓީމުގެ ދާއޫދު ޝަހީބު ބުނީ މި މުބާރާތަކީ މިހާތަނަށް ކުޅޭ އެންމެ އުނދަގޫ އެއް މުބާރާތަށް ވާނެ ކަމަށާއި، އެހެންނަމަވެސް އުންމީދު ކުރަނީ ފައިނަލަށް ނުވަތަ ސެމީ ފައިނަލާ ހަމައަށް ގޮސް މުބާރާތް ކާމިޔާބު ކުރުން ކަމަށެވެ. މިއީ ހުރިހާ ކުދިންނަށް ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށާއި އެކި ގައުމުތަކުގެ މޮޅު ކުޅުންތެރިންނާއި އެކު ކުޅުމަކީ ދިވެހި ކުޅުންތެރިން ރަނގަޅު ކުރަން ޖެހޭ ކަންކަން އެނގިގެންދާނެ މުހިންމު މުބާރާތަކަށް ވާނެ ކަމަށް ދާއޫދު ބުންޏެވެ.
އަދި ބައިނަލްއަގްވާމީ ކުޅުންތެރިންނާއި ވާދަކުރާއިރު އިތުބާރާއި ޔަގީންކަމާއެކު ކުޅުމަށް ހުރިހާ ކުދިންވެސް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ފާހަގަކުރިއެވެ. މި މުބާރާތަށް ތައްޔާރުވުމަށް އެކި ފަރާތްތަކުން ލިބޭ އެހީތެރިކަން ފާހަގަކޮށް ދާއޫދު ބުނީ ބެލެނިވެރިންނާއި ޓެނިސް އެސޯސިއޭޝަން އަދި ކޯޗުގެ އެހީތެރިކަމާއި ނުލާ ކުރިޔަށް ނުދެވޭނެ ކަމަށެވެ. އައިޓީއެފް ޖޭ30 އަކީ ޔޫރަޕާއި މެދު އިރުމަތީގެ ގައުމުތައް ހިމެނޭހެން 35 ގައުމެއްގެ 18 އަހަރުން ދަށުގެ، މަތީ ފަންތީގެ ޓެނިސް ކުޅުންތެރިން ބައިވެރިވާ މުބާރާތެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
