
މެލޭޝިއާގެ ގައުމީ އެއާލައިން، މެލޭޝިއާ އެއާލައިނުން ވެސް ޔޫރަޕުގެ ފިނި މޫސުމާ ދިމާކޮށް ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ. އެ އެއާލައިނުން ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ކޮންމެ ދުވަހަކު ޝެޑިއުލް ފްލައިޓެއް ބާއްވަ އެވެ. ނަމަވެސް، އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން، ހަފުތާއަކު ހަތް ފްލައިޓުން 11 ފްލައިޓަށް ރާއްޖެ އަށް ސީދާ ދަތުރުތައް އިތުރު ކުރާނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ. މިގޮތުން، ހަފުތާއަކު ބާއްވާ އިތުރު ހަތަރު ފްލައިޓް ޝެޑިއުލް ކޮށްފައިވަނީ، ކޮންމެ ހޯމަ، ބުދަ، ހުކުރު އަދި އާދީއްތަ ދުވަހަށެވެ.
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ސީދާ ދަތުރުތައް ކުރަނީ، މެލޭޝިއާ އެއާލައިންސްގެ އިތުރުން އެއާ އޭޝިޔާ އާއި ބަޓިކް އެއާ އިންނެވެ. އެއާ އޭޝިއާ އިން ރާއްޖެއަށް ހަފުތާއަކު 17 ފްލައިޓު ޝެޑިއުލް ކޮށްފައިވާއިރު، ބަޓިކް އެއާ އިން އަންނަނީ ރާއްޖެ އަށް ހަފްތާއަކު ހަތް ފްލައިޓް ބާއްވަމުންނެވެ. ރާއްޖެ އަށް ޓޫރިސްޓުން އަންނަ މިންވަރު އެންމެ ބޮޑަށް އިތުރުވާ، ޔޫރަޕުގެ ފިނި މޫސުމާ ދިމާކޮށް، ބޮޑެތި އެހެން އެއާލައިންތަކުން ވެސް ވަނީ ރާއްޖެ އަށް އިތުރު ދަތުރުތައް ކުރަން ނިންމައިފަ އެވެ. މިގޮތުން، ގަތަރު އެއާވޭސް އިން ރާއްޖެ އަށް ދުވާލަކު ތިން ފްލައިޓުން، ހަތަރު ފްލައިޓަށް އިތުރުކުރަން ނިންމާފައިވާއިރު، ކޮންޑޯ އިން ވަނީ ހަފުތާއަކު ފަސް ފްލައިޓު ބާއްވާނެ ކަމަށް އިއުލާނުކޮށްފަ އެވެ.
އިނގިރޭސި ވިލާތުގެ ލަންޑަނާއި ރާއްޖެއާ ދެމެދު އުދުހޭ، ވާޖިން އެޓްލާންޓިކްއިން ވެސް އަންނަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން، ހަފްތާއަކު ހަތަރު ފްލައިޓު ޝެޑިއުލްކުރަން ނިންމައިފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
