
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ގެދޮރުވެރިޔާ ސްކީމްގައި 76 މާކްސް އަށް ވުރެ މަތިން ލިބުނު ބަޔަކަށް ފްލެޓް ކަނޑަނާޅައި އެއަށް ވުރެން ދަށުން 75 މާކްސް ލިބުނު ބަޔަކަށް ގުރުއަތު ނަގައި ފްލެޓް ކަނޑައަޅާފައިވާ މައްސަލަ ފެންމަތިވެއްޖެ އެވެ. ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނީ، 76 މާކްސް އަށް ވުރެ މަތިން ލިބުނު މީހުންގެ ތެރޭގައި ގުރުއަތުގައި ހިމަނާފައި ނުވާ ފަރާތްތަކެއް ތިބުމުން، އެ މައްސަލަ ހައްލުކުރަމުން އަންނަ ކަމަށެވެ. އެއްބަސްވުންތަކުގައި މިހާރު ސޮއިކުރަން ފަށާފައިވިޔަސް 75 ޕޮއިންޓް ލިބުނު މީހުންގެ ފްލެޓާ ގުޅޭ ކަންކަން ކުރިއަށް ގެންދާނީ 76 އަށް ވުރެ މަތިން ލިބުނު މީހުންގެ ފްލެޓްތައް ކަނޑައަޅައި ނިމުމުން ކަމަށެވެ.
އެހެންވެ، 75 ޕޮއިންޓް ލިބުނު ބައެއް މީހުންނާ އެކު އެއްބަސްވުމުގައި ސޮއިނުކޮށް މިހާރު ވަނީ މަޑުޖައްސާލައިފަ އެވެ. ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާންގައި ބުނީ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފްލެޓް ލިބޭނީ 76 ޕޮއިންޓަށް ވުރެން މަތިން ލިބިފައިވާ ފަރާތްތަކަށް ކަމަށް މި ސްކީމުގެ ޝަރުތުތަކުގެ ތެރޭގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް ލިބޭ ފްލެޓްތައް ކަނޑައެޅުމަށް ފަހު ބާކީވާ ފްލެޓްތައް 75 މާކްސް ލިބުނު މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޫކުރާނެ ވެސް އޮތީ އިއުލާންކޮށްފަ އެވެ.
ފުރަތަމަ ބުރުގައި ދެ ކޮޓަރީގެ ފްލެޓް ދޭން ނިންމާފައި ވަނީ 73 މާކްސް އަށް ވުރެ މަތިން ލިބުނު މީހުންނަށެވެ. މިގޮތަށް މިކަން އިއުލާންކޮށްފައި އޮތަސް، ހައުސިން މިނިސްޓްރީން ބުނީ ގުރުއަތު ނެގިއިރު، ގުރުއަތުގައި ނުހިމެނި ފްލެޓް ލިބެން ޖެހޭ ބަޔަކު ވަނީ އުނިވެފަ އެވެ. މިނިސްޓްރީން ބުނީ ނޮވެމްބަރު، 16، 2023 ގައި ގުރުއަތު ނެގިއިރު، 76 މާކްސް އަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ކަނޑަނާޅަނީސް 75 އަށް ވުރެ މަތިން ލިބުނު މީހުންނަށް ފްލެޓް ކަނޑައަޅަން ގުރުއަތު ނަގާފައިވާ ކަމަށެވެ.
މި ސްކީމުގައި 76 މާކްސް އަށް ވުރެން މަތިން ލިބުނު މީހުންނަށް ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާތީ، ފުރަތަމަ އެ މީހުންނަށް ފްލެޓް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް އެއީ ކިހާ އަދަދެެއް ކަމެއް މިނިސްޓްރީން ނުބުނެ އެވެ. “އެ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައަޅައި އެ މަރުހަލާ ނިމުމުން، 75 މާކްސް ލިބުނު ފަރާތްތަކުގެ ފްލެޓާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ވާހަކަ ދެންނެވީމެވެ،” މިނިސްޓްރީގެ އިއުލާނުގައިވެ އެވެ. ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެ ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނޮވެމްބަރު 4، 2023 ގައި ވަނީ ގެޒެޓްކޮށްފަ އެވެ. މި ސަރުކާރުން ވެސް އެންމެ ފަހުން ނިންމީ އެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން މައްސަލައެއް ނެތް އެންމެންނަށް ފްލެޓު ދޭށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓަށް ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.
About Post Author
މާދަމާ ނިއުސް
ރައްޔިތުން ވޯޓު ދެނީ ޕާޓީގެ ފިކުރަށްތަ ނުވަތަ މީހާއަށްތަ؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާއިރު، މިއީ އިންތިޚާބުތަކުގައި ރައްޔިތުން...
10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރަން ފަށައިފި
(ފޮޓޯ ކްރެޑީޓްސް: އަމީން މުޙައްމަދު) ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 10 ރަށެއްގައި...
އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނީ މަސައްކަތްތެރިންނަށް: ރައީސް
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަޙްނިޔާގައި، ޤައުމުގެ ކުރިއެރުމާއި މުސްތަޤުބަލުގެ އުންމީދުތައް ގުޅިފައިވަނީ މަސައްކަތްތެރިންނާ ކަމަށް ވިދާޅުވިއެވެ....
ޕީއެންސީގެ ތަރުޖަމާނަކަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އައްޔަނުކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ...
ދިވެހި މަސައްކަތްތެރިންގެ ހިތްވަރާއި ޤުރުބާނީ ބަލައިގަންނަންޖެހޭ: ފަސްޓް ލޭޑީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ދިވެހި މަސައްކަތްތެރިންނަށް ތަހުނިޔާ ފޮނުއްވައި، އެފަރާތްތަކުން...
“ސަރުކާރުގެ ސިޔާސަތުތަކުން މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
