
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލްކޯއާ ގުޅޭ ގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާ އެކު، އެފަދަ މައްސަލަތައް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ހާއްސަ ސެކްޝަނެއް އުފެއްދުމުގެ ކަންކަން ހަމަޖައްސައިދޭން ފިނޭންސް މިނިސްޓްރީ އަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ނިންމައިފި އެވެ. ޕޮލްކޯއާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ބެލި ކޮރަޕްޝަނުގެ މައްސަލައާ ގުޅޭ ގޮތުން މިއަދު ބޭއްވި ސަބް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެ ކޮމިޓީން އެ މައްސަލާގައި ފާހަގަކުރެވުނު ކަންކަން ހާމަކޮށްފަ އެވެ.
ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ޕޮލްކޯއާ ގުޅޭގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަނުގެ މައްސަލާގައި ތުހުމަތު ކުރެވޭ ބޭފުޅުން އަދިވެސް ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވުމުން ފުލުހުން އެ މައްސަލަ ބެލުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނާ ގުޅޭގޮތުން ޖިނާއި ތަހުގީގެއް ހިންގޭނެ ވަރަށް ހެކި ހުރިކަން ވެސް ފާހަގަ ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
“ތުހުމަތު ކުރެވޭ ކުށްތަކަކީ ހައްސާސް މައްސަލަތަކެއްގެ މައްޗަށް އެކުލެވޭ ކުށްތަކަށް ވާތީ މި މައްސަލަތަކަކީ ކޮރަޕްޝަން އެކުލެވޭ ހައްސާސީ މައްސަލަތަކެއްގެ ގޮތުގައި ކަނޑައަޅައި، އޭސީސީގެ 8 ޖުލައި ފޮނުވި ސިޓީގައިވާ ގޮތަށް އެދިފައިވާ ގޮތަށް، މިފަދަ ކޮރަޕްޝަން އެކުލެވޭ މައްސަލަތައް ބެލުމަށް ސީރިއަސް އެންޑް ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަން އޮފީހެއް ނުވަތަ ސެކްޝަނެއް އުފައްދައި، އެ އޮފީސް ނުވަތަ ސެކްޝަން ގާއިމްކުރަން ބޭނުންވާ މާލީ އެހީތެރިކަމާއި މުއައްޒަފުންނާއި ވަސީލަތްތަކާއި ޖާގައިގެ މައްސަލަ ހައްލުކޮށްދީ އެ ސެކްޝަނުން ތަހުގީގުކުރުމަށް އެދެން،” ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އޭސީސީގައި ސީރިއަސް އެންޑް ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަން ސެކްޝަން އުފައްދަން ބޭނުންވާ މާލީ ކަންކަން ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީ އަށް އަންގަން ޖެހެ އެވެ.

ނާޒިމް ވިދާޅުވީ، ކުރިން ވިސްނުން ގެންގުޅުނީ ރިޔާސީ ކޮމިޝަނަކުން ޕޮލްކޯގެ މައްސަލަ ބެލުން ކަމަށް ވިޔަސް މާލިއްޔަތު ކޮމިޓީން ވެސް އިސްކަން ދެނީ އޭސީސީ މިހާރަށް ވުރެ ހަރުދަނާކޮށް، އެ އިދާރާގެ ދަށުން އެފަދަ މައްސަލަތައް ބެލުމަށް ކަމަށެވެ. ނާޒިމް ވިދާޅުވީ ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލާގެ ތެރެއިން ދައުލަތުގެ މުދާ ގެއްލުމާ ގުޅިގެން އެ މުދާ ވެސް ރިކަވަރު ކުރުމަށް އެދިފައިވާނެ ކަމަށެވެ. އަދި ޕޮލްކޯ އާއި ހޯމް މިނިސްޓްރީ އާއި ކަސްޓަމްސް އަށް ވެސް ހާއްސަ އެންގުންތަކެއް އެ ކޮމިޓީން އަންގަން ވަނީ ނިންމައިފަ އެވެ.
“ކަސްޓަމްސްއަށް މި އަންގަނީ އެކި ޕްރޮޖެކްޓްތައް މި ނޫން ޕްރޮޖެކްޓެއް ވިޔަސް، ޑިއުޓީ މާފު ކޮށްގެން ނޫނީ ރީއެކްސްޕޯޓު ކޮށްގެން ކުރާ ގޮތަށް އެތެރެކޮށްފައިވާ ޑްރެޖަރު، ޓަގް ފަދަ ކަނޑު އުޅަނދުތަކާއި އެކްސްކަވޭޓަރުތަކާއި އެ އުޅަނދު ފަހަރަށް ޓެކްސް ނުދައްކާ އެހެން ޕްރޮޖެކްޓްތަކަށް ބޭނުން ކުރެވުމުން، ޓެކްސް ދައްކައިގެން އެތެރެކޮށް ސައްހަ ގޮތުގައި ވިޔަފާރިކުރާ ފަރާތްތަކަށް ގެއްލުންވަމުން ދާތީ، އެގޮތަށް ޑިއުޓީ މާފުކޮށްގެން އެތެރެކޮށްފައިވާ އުޅަނދު ފަހަރުގެ ލިސްޓަކާއި ސްޓޭޓަސް އެނގޭނެ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހިއްސާކުރުމަށް..،” އޭނާ ވިދާޅުވި އެވެ.
ސަބް ކޮމިޓީގެ ނިންމުންތައް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް ފަހު އެކަންކަން ފާސްކުރާނެ އެވެ. ކަސްޓަމްސްގެ އިތުރުން ބަންޑާރަ ނައިބަށް ވެސް އެންގުންތައް ވެސް އެންގުމަށް ނިންމާފައިވެ އެވެ. އެގޮތުން 15 އެންގުމެއް ބަންޑާރަ ނައިބަށް އަންގާނެ އެވެ. ހުޅުމާލެ 1 ގައި އިމާރާތް ކޮށްފައިވާ ފުލުހުންގެ ފްލެޓްތައް އިމާރާތް ކުރުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށާއި އެއީ 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
ޖޫން، 23، 2013 ގައި ފެށި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިންއާ ގުޅިގެން ހަދާފައިވާ އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ މަޝްރޫއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. އެގޮތުން އަކަފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދު ކޮށްފައިވާއިރު، މިހާތަނަށް ކުރި ހަރަދަކީ މަޝްރޫއުގެ އަގުގެ ދެ ގުނަ ކަމަށް އޮޑިޓުގައިވެ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
