
(ފޮޓޯ ކްރެޑިޓްސް: އިމިގްރޭޝަން)
ޔުނިވަރސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމްގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓަރކުރުމުގެ ނިޒާމެއް މޯލްޑިވްސް އިމިގްރޭޝަނުން ތަޢާރަފްކޮށްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އެ އިދާރާގެ ސީޕޯޓު ޑިވިޜަނުން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު ބަލެހެއްޓޭނެ ނިޒާމެއް ޤާއިމްކޮށްފައިވާކަމަށެވެ. މި އިންތިޒާމުގެ ދަށުން، މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ ހުރިހާ ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ޤާބިލުކަން މިހާރު ލިބިފައިވާކަަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އިމިގްރޭޝަން)
އިމިގްރޭޝަނުން ވިދާޅުވީ މި ނިޒާމް ޤާއިމްކުރުމުން އެ އިދާރާގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ލުއި ލިބޭނެކަމަށެވެ. މީގެކުރިން ބޯޓު ފަހަރުތައް ރާއްޖެއަށް އަންނާނެކަމަށް ލަފާކުރެވޭ ވަގުތައް ހޯދަނީ ގުޅުން ހުރި މުއައްސަސާތައް މެދުވެރިކޮށްކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އެގޮތުން ކަސްޓަމްސްއާއި އެމްޕީއެލް މެދުވެރިކޮށް އެފަދަ މަޢުލޫމާތުތައް ހޯދުމަށްފަހު އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ޚާއްސަ ވިނަމަވެސް، އައު ނިޒާމާއެކު މިކަންކަން ފަސޭހަވެގެންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. މިގޮތުން ކަނޑު އުޅަނދުތައް އޮންނަ ހިސާބާއި އެ އުޅަނދުރައް ރާއްޖެ އައިސް އެނބުރި ދާ ގަޑިތައްވެސް މިހާރު ދެނެގަނެވޭކަމަށް ވިދާޅުވިއެވެ.
ސީޕޯޓު ޑިވިޜަނުން މިހާރު ވަނީ ޔުނިވަރސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމުގެ ނިޒާމެއް ޤާއިމުކޮށްފައި. މި އިންތިޒާމުގެ ދަށުން، މާލެ ޕޯޓު ސަރަހައްދުން ފެށިގެން… pic.twitter.com/3V3pD0RGUA
— Maldives Immigration (@ImmigrationMV) August 4, 2025
މި ނިޒާމަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ޕޯޓުތަކުގައިވެސް އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށާއި، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ސީޕޯޓު ޑިވިޜަނުން ދޭ ކްލިއަރެންސްތައް އިތުރަށް ހަލުވިވެެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށްވެސް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
