
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އާންމުކޮށް ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް “އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް” އެއް ތައާރަފްކުރަން ނިންމާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ‘ރާއްޖެ މިއަދު’ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިޤްތިޞާދީ ތަރައްީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ މިސަރުކާރު އައުމަށްފަހު ފާއިތުވެދިޔަ ދެ ރަމަޟާން މަހު ވެސް އާންމުންނަށް ދަތިނުވެ، އެކަށީގެންވާ އަގުގައި ކާބޯތަކެތި ލިބުނު ކަމަށެވެ. އެއީ ސަރުކާރުން ކާބޯތަކެތީގެ އަގުތައް ހެޔޮކޮށް، ފަސޭހައިން ލިބޭ ގޮތް ހެދުމަށް އެޅި މުހިންމު ފިޔަވަޅުތަކުގެ ސަބަބުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަގުތައް ކޮންޓްރޯލްކުރުމުގެ ގޮތުން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއިން ވަރަށް އަވަހަށް ތައާރަފް ކުރާ އިންޑެކްސްގެ ތެރެއިން އެންމެ މުހިންމު ބާވަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަންނާނެ ކަމަށެވެ. މި އިންޑެކްސް ކުރިއަށްއޮތް ދެ ދުވަހެއްގެ ތެރޭގައި އާންމުކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“ބޭސްލައިން އައިޓަމްތަކެއް މި ކްރިއޭޓް ކުރީ. 162 އައިޓަމް ހިމަނައިގެން. އޭގެ ތެރޭގައި ގޭބީސީތަކުން އާންމުކޮށް ކެއިން ބުއިމުގައި ބޭނުން ކުރާ 111 އައިޓަމަކާއި މޭވާ އަދި ތަރުކާރީގެ 39 ބާވަތަކާއި މަސް ނުވަތަ މަހުގެ ބާވަތްތައް ހިމެނޭ 10 އައިޓަމާއި ހަކަތައިގެ ބާވަތްތައް ހިމެނޭ ދެ އައިޓަމް،” އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވަޒީރު ވިދާޅުވީ، އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސްގެ ތެރެއިން އާންމުކޮށް ގޭބީސީތަކުން ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް ދެނެގަނެވި، އަގުތައް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅޭނެ ކަމަށެވެ. ވަޒީރު ވިދާޅުވީ މީގެތެރެއިން 35 ބާވަތަކީ އޭގައި އިތުރު ސަބްސިޓިއުޓެއް ނުވަތަ ބަދަލުގައި އެހެން އެއްޗެއް ބޭނުން ނުކުރެވޭ ފަދަ ބާވަތްތަކުގެ ގޮތުގައި ދެނެގަނެ، އެފަދަ ބާވަތްތައް “ކްރިޓިކަލް އައިޓަމް” ތަކުގެ ގޮތުގައި ފާހަގަކޮށްފައިވާނެކަމަށެވެ. މި އައު އިންޑެކްސްއާއެކު މަސް ނިމުމުން އެ ތަކެތީގެ އަގުތައް އުފުލިފައިހުރި މިންވަރު ދެނެގަނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކާބޯތަކެތީގެ އަގުތައް ދެނެގަތުމުގެ ގޮތުން ކޮންމެ ދުވަހަކު ވެސް ބައެއް ފިހާރަތަކުގައި ތަކެތި ވިއްކާ އަގުތައް ދެނެގަންނާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަގުތައް ކޮންޓްރޯލް ކުރުމުގައި ވަށާ ޖެހޭ ހައްލުތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، ކުރިއަށް އޮތްތަނުގައި ވެސް އެފަދަ އިތުރު ހައްލުތައް ފެނިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
