
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ އިޤްތިޞާދަށް ސީދާގޮތުން އާމްދަނީ ވައްދާނެ ހަރުމުދަލެއް ތަރައްޤީކުރުމަށް ދަރަނި ނެގުމަކީ ރާއްޖެ ދަރަނިވެރިވުންކަމަށް ދެކުމަކީ ވަރަށް ހަނި ވިސްނުމެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ އެކަމަށް ފައިސާ ހޯދާނެ ގޮތާއި، ދަރަނި ދައްކާނެގޮތުގެ ހުރިހާ މަޝްވަރާތަކެއް ކޮށްގެން ރައީސް ޔާމީނުގެ ދައުރުގައި ފެށި މަސައްކަތެއްކަމަށެވެ. ރާއްޖޭގެ މައިދޮރާށީގެ ގޮތުގައި އެންމެންވެސް ޤަބޫލުކުރާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ވޭތުވެދިޔަ 8 އަހަރުގެ ތެރޭގައި 3 ސަރުކާރަކުންކޮށްފައިވާ މަސައްކަތްތަކަށް، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުވަނީ އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން އެމަސައްކަތް އެންމެ ފުރަތަމަ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ފެއްޓެވީ އޭރުގެ މާލީ އިދާރާތަކާއި ބައިނަލްއަޤުވާމީ އިދާރާތަކުން ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވަމުންގެންދަވާތީ، އެކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ރާއްޖޭގެ މައި ދޮރާށިކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޖާގައިގެ ހަނިކަމާއި ޚިދުމަތް ފުޅާކުރުމަށް ޢުމްރާނީގޮތުން ކުރިމަތިވެފައިއޮތް ދަތިތައްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެމަސައްކަތް އޭރު ފެއްޓެވީ އެކަމުގައި ރާއްޖެއާއި ބައިނަލްއަޤުވާމީ އިދާރާތަކުން ހޯދަންޖެހޭ މަޝްވަރާތައް ހޯއްދަވާ ދަރަނި ދައްކާނެގޮތުގެ ފުރިހަމަ ޕްލޭނަކާއެކުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
“ރައީސް ޔާމީންގެ ސަރުކާރުން ވީއައިއޭގެ މަސައްކަތް ފެއްޓެވިއިރު އިންފްރާސްޓްރަކްޗަރ ވަޒީރަކަށް ހުންނެވީ އަދުގެ ރައީސް، އަދި އޭރުވެސް އަޅުގަނޑު ހުންނެވީ އިޤްތިޞާދީ ވަޒީރަކަށް. ރައީސް ޔާމީން އެމަސައްކަތް ފެއްޓެވީ، ރާއްޖޭގެ ޓޫރިޒަމް ޚާއްސަގޮތެއްގައި އަރާފައި އޮތް އެންމެ ބޮޑު ލޮޅުމަކީ، އެޅިފަ އޮތް އެންމެ ބޮޑު ހިޔަންޏަކީ އަދި ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ ރާއްޖޭގެ މައި ދޮރާށީގެ ކެޕޭސިޓީ ލިމިޓުވުން. ފަންނީ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާއަކީ އަދި ފީސިބިލިޓީ ސްޓަޑިތައް ހެދިގެން އެއީ މާލީގޮތުން ދެކޮޅުޖެހޭ އަދި އެތަނަށް ނަގާ ލޯނު އެތަނަށް ލިބޭ ޢާމްދަނީން ދެއްކޭނެވަރުގެ ތަނެއްކަމަށް ޤަބޫލުކޮށްގެންނޭ އެތަނުގެ މަސައްކަތް ފެށީ.” ވަޒީރު ސަޢީދު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވަޒީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އިތުރު ހަރުފަތަކަށް ގެންދާނެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢަކަށް މުޅި ޤައުމު ދަރަނިވެރިކުރުވި މަޝްރޫޢެއްކަމަށް ބަޔަކު ބުނާނަމަ އެއީ ހަނި ވިސްނުމެއްކަމަށެވެ. ވަޒީރުގެ ވާހަކަފުޅުގައިވަނީ ވީއައިއޭގެ ތަރައްޤީއަށް ހުރިހާ ފައިސާއަކާއި ކޮންޓްރެކްޓަރާއި ހުރިހާކަމެއް ހަމަޖެހިފައި އޮތްއިރުވެސް މަސައްކަތުގެ ހަމައެކަނި ޓަމިނަލްގެ މަސައްކަތް ނުނިމި 5 އަހަރުވެގެންދިޔުމަކީ އެކަމުގައި ކުރީ ސަރުކާރުގެ އިޚްލާސްތެރިކަން ނެތުންކަމަށް ވިދާޅުވެފައެވެ. “އަޅުގަނޑު ވަރަށް ހައިރާންވޭ ޖީއެމްއާރަށް، އެއަރޕޯޓު ދިން ބޭފުޅުން، އޯވަރ ނައިޓުގަ އެއްޗެހީގެ އަގު ބޮޑުކުރި ބޭފުޅުން، އެނބުރި އެއީ ދަރަނީގެ ކޮންޓްރިބިއުޝަނަކޭ ވީއައިއޭއަކީ ބުނާތީ. އެއީ އެއްވެސް ޙަގީގަތެއް އޭގައި އޮތް ވާހަކައެއް ނޫން.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދުވަނީ ދަރަނި ދެއްކޭނެ އިންތިޒާމެއް ނެތި ނިމިދިޔަ ދައުރުގައި އެތައް ބިލިޔަން ރުފިޔާގެ ދަރަންޏެއް އުފައްދާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އޭރު މަޝްރޫޢުގެ މަސައްކަތުގައި ފަރުވާ ކުޑަކުރުމުގެ ސަބަބުން ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގައި ވަރަށް ކަވި، ގިނަ މަސައްކަތްތަކެއް ކުރައްވަންޖެހިވަޑައިގަތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އެންމެ އިސްކަމެއް ދެއްވީ ދަތި އުނދަގޫތަކާއެކުވެސް ވީއެންމެ އަވަހަށް އެއަރޕޯޓުގެ އައު ޓަރމިނަލް އޮޕަރޭޝަނަލައިޒް ކުރެއްވުމަށްކަމަށެވެ. އަދި މިއަދު އެއަރޕޯޓަކީ ދިވެހިން ފަޚުރުވެރިވާފަދަ އެސެޓަކަށް ހެދިފައިވާކަމަށާއި، އައު ޓަރމިނަލް އޮޕަރޭޝަނަށް ގެނެވުމާއެކު ފޮރިން އިންވެސްޓަރުންނަށްވެސް ރާއްޖެއާމެދު އިތުރު ޔަޤީންކަމެއް އުފެދިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
