
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްޠީނުގެ ޣައްޒާގައި އިތުރު 40 މީހުން ޝަހީދުކޮށްލައިފިއެވެ. ޣައްޒާގެ ޞިއްޙީ އިދާރާތަކުން ބުނީ މަރުވި މީހުންގެ ތެރޭގައި އެހީގެ ސާމާނު ހޯދުމަށް މަސައްކަތް ކުރަމުންދިިޔަ މީހުން ހިމެނޭ ކަމަށެވެ. ޣައްޒާގައި އާއްމުވެގެންވާ ބަނޑުހައިހޫނުކަމެއް ފެތުރެމުންދާ ކަމުގެ އިންޒާރު އިންސާނީ އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކުން ދެމުންދާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމުގެ ސަބަބުން އިތުރު ފަސް މީހުން ޝަހީދުވެފައިވެއެވެ. އެއާއެކު ފާއިތުވި ހަފްތާތަކުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވި މީހުންގެ ޢަދަދު ވަނީ 180އަށް އިތުރުވެފައެވެ. އޭގެ ތެރޭގައި 93 ކުޑަކުދިން ވެސް ހިމެނެއެވެ. އެހީގެ ސާމާނު ހޯދުމަށް މަސައްކަތްކުރަމުން ދިިިޔަ މީހުން ޝަހީދުވެފައި ވަނީ ޔަހޫދީންނާއި އެމެރިކާއާ ގުޅުންހުރި ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފު)ން އެހީގެ ސާމާނު ބަހައި މަރުކަޒުތައް ކައިރީގައެވެ. އެގޮތުން ޣައްޒާގެ ދެކުނުގައި ޤާއިމުކޮށްފައިވާ އެ ފަދަ މަރުކަޒަކާއި މެދުތެރޭ ޣައްޒާގައި ޤާއިމުކޮށްފައިވާ މަރުކަޒެއް ކައިރީގައި ޣައްޒާގެ ރައްޔިތުންނަށް ޙަމަލާދީ ޝަހީދުކޮށްލާފައިވެއެވެ. އޭގެ އިތުރުން އެހީގެ ސާމާނު ހިފައިގެން އަންނަ އދގެ ލޮރީތަކުގެ އިންތިޒާރުގައި ޔަހޫދީ ސަރަޙައްދީ ރޮނގު ކައިރިއަށް އެއްވެ ތިބި ފަަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 13 މީހުން ވެސް ޝަހީދުކޮށްލާފައިވެއެވެ.
އދން ބުނީ މިދިޔަ މެއި މަހުގެ ފަހުކޮޅު ޖީއެޗްއެފުން ޣައްޒާގައި ޙަރަކާތްތެރިވާން ފެށި ފަހުން އެހީ ބަހާ މަރުކަޒުތައް ކައިރިންނާއި އެހީގެ ސާމާނު ހޯދުމަށް މަސައްކަތްކުރަމުން ދިޔަ ޣައްޒާގެ 1،000އަށްވުރެ ގިނަ ރައްޔިތުން ޔަހޫދީން ޝަހީދުކޮށްލާފައިވާ ކަމަށެވެ. ޣައްޒާގެ ބަނޑުހައިހޫނުކަމުގެ ޙާލަތު އިންތިހާ ދަރަޖައަށް ގޯސްވެފައިވާއިރު، އެ ސަހަރުގެ ހައިހޫނުގައި ޖެހިފައިވާ ކުޑަކުދިންގެ ފޮޓޯތަކާއި ވީޑިޔޯތައް ދަނީ ހަލުވިކަމާއެކު މީސްމީޑިޔާގައި ދައުރުވަމުންނެވެ. އެެއާއެކު ޔަހޫދީންނަށް ކުރިމަތިވަމުންދާ ބައިނަލްއަޤްވާމީ ފިއްތުންތައް އިތުރުވެ، ޔަހޫދީންނަށް މިހާރު ވަނީ ޣައްޒާއަށް އިތުރު އެހީގެ ސާމާނު ވެއްދުމަށް ފުރުޞަތު ދިނުމަށް މަޖުބޫރުވެފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި ޔަހޫދީން ވަނީ އެހީގެ ސާމާނު ވެއްދުމަށް ފުރުޞަތު ދިނުމަށް ކަމަށް ބުނެ ވަކި ގަޑިތަކެއްގައި އަދި ވަކި ސަރަޙައްދުތަކެއްގައި ޙަމަލާދިނުން މަޑުޖައްސާލައިފައެވެ. މި ޙާލަތުގައި ހުޅަނގުގެ ބައެއް ޤައުމުތަކާއި ޢަރަބި ޤައުމުތަކުން ދަނީ ވައިކުޑައިގެ ޒަރިއްޔާއިން ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.
ނަމަވެސް މި ގޮތަށް ޣައްޒާއަށް އެހީ ފޯރުކޮށްދީގެން އެ ސަހަރުގެ ބަނޑުހައިހޫނުގެ ޙާލަތަށް ރައްކާތެރި އަދި އެދެވޭ ޙައްލެއް ހޯދޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް އެހީދޭ ޖަމްޢިއްޔާތަކުން ބުނެއެވެ. މި ޙާލަތުގައި ޣައްޒާއަށް އެހީ ވެއްދެން ހުރި ކޮންމެ މަގަކުން އެ ސަހަރަށް އެހީގެ ސާމާނު އެތެރެކުރަންޖެހޭ ޔުނިސެފުން ވެސް ވަނީ ބުނެފައެވެ. ނަމަވެސް އެއްގަމު މަގުން އެހީގެ ސާމާނު އެތެރެކުރުމުން ނެރެވޭ ނަތީޖާ ހަމައެކަނި ވައިކުޑައިގެ ޒަރިއްޔާއިން ކާބޯތަކެތި ފޯރުކޮށްދީގެން ޙާޞިލް ނުކުރެވޭނެ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
ޣައްޒާގެ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް ދުވާލެއްގެ މައްޗަށް މަދުވެގެން 600 ލޮރީގެ ސާމާނު ޣައްޒާއަށް އެތެރެކުރަމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ފަލަސްޠީނާއި އެހީދޭ އިދާރާތަކުން ދަނީ ބުނަމުންނެވެ. އެއީ އޮކްޓޯބަރު 7ގައި ޔަހޫދީން ޤަތުލްޢާންމު ފެށުމުގެ ކުރިން ޣައްޒާއަށް ސާމާނު އެތެރެކުރަމުންދިޔަ މިންވަރެވެ. ނަމަވެސް ޖުލައި މަހުގެ ފަހުކޮޅު އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ދީފައިވާ ފުރުޞަތުގައި މިހާތަނަށް ޣައްޒާއަށް އެތެރެވެފައިވާ ލޮރީގެ ޖުމްލަ ޢަދަދަކީ 600އެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ލޮރީ ވަނީ ޣައްޒާގެ ބައެއް ގޮތްހުސްވެފައިވާ ރައްޔިތުންނާއި ހަތިޔާރުއެޅު ގުރޫޕުތަކުން ލޫޓުވައިފައެވެ. ޢުދުވާން ފެށުނުފަހުން ޔަހޫދީން ޣާއްޒާގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޖުލްމަ ޢަދަދު ވަނީ 60،000އަށް އަރައިފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
