
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އުތުރު ކޮރެޔާއާ އެކު ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރުމުންދާ ދަނޑިވަޅެއްގައި، އުތުރު ކޮރެޔާއަށް ފާޑުކިޔަން ދެކުނު ކޮރެޔާއިން ބޭނުންކުރަމުންދާ ތާޅަފިލިތައް ސަރަޙައްދީ ރޮނގު ކައިރިން ނަގަން ފަށައިފިއެވެ. ދެކުނު ކޮރެޔާގެ ރައީސްކަމުގެ މަޤާމާ މިދިޔަ ޖޫން މަހު ލީ ޗޭއި-މައިޔޮންގް ހަވާލުވެވަޑައިގެންނެވުމާއެކު، ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގު ކައިރިގައި، އުތުރު ކޮރެޔާއަށް ފާޑުކިޔާ ބްރޯޑްކާސްޓުތައް ގެންނަން ބޭނުންކުރާ ތާޅަފިލިތައް ވަނީ ނިއްވާލައިފައެވެ. ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ތާޅަފިލިތައް ނައްޓައިލަން ނިންމީ، ދެ ޤައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ހައްލުކޮށް، މަޝްވަރާއަށް މަގުކޮށުމުގެ ބޭނުމުގައި ކަމަށެވެ.
ނަމަވެސް، ދެކުނު ކޮރެޔާއާ އެކު އެއްވެސް މަޝްވަރާއެއް ކުރުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް އުތުރު ކޮރެޔާއިން ވަނީ ބުނެފައެވެ. ދެކުނު ކޮރެޔާއިން 2018 ވަނަ އަހަރު ވެސް އެ ތާޅަފިލިތައް ނައްޓައިލިއެވެ. ނަމަވެސް، ކުރީގެ ރައީސް ޔޫން ސުކް ޔެއޯލް ވެރިކަމަށް ވަޑައިގެން، ތާޅަފިލިތައް އަލުން ހަރުކޮށް، އުތުރު ކޮރެޔާއަށް ފާޑުކިޔާ ބްރޯޑްކާސްޓުތައް ވަނީ ފަށައިފައެވެ.
މިދިޔަ ޖޫން މަހުން ފެށިގެން ދެކުނު ކޮރެޔާއިން ބްރޯޑްކާސްޓުތައް ހުއްޓައިލުމާ އެކު، އުތުރު ކޮރެޔާއިން ވެސް ވަނީ ދެކުނު ކޮރެޔާއާ ދެކޮޅަށް ގެންނަ ބްރޯޑްކާސްޓުތައް ހުއްޓާލައިފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
