
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތައިލޭންޑާއި ކެމްބޯޑިޔާއާ ދެމެދު ސުލްޙައިގެ އެއްބަސްވުން ދެމެހެއްޓުމާ ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި އިބްތިދާޢީ މަޝްވަރާތައް ފަށައިފިއެވެ. ކެމްބޯޑިޔާއާއި ތައިލެންޑާ ދެމެދު ބަދަލުކުރަމުންދިޔަ ވަރުގަދަ ޙަމަލާތައް ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވީ ޖުލައި މަހުގެ 28 ދުވަހުއެވެ. އެ އެއްބަސްވުން ދެމެހެއްޓުމާމެދު ދެ ޤައުމުގެ ދިފާޢީ އޮފިޝަލުން މެދުގައި އިބްތިދާޢީ މަޝްވަރާތައް ފަށާފައިވަނީ، އަންނަ ބުރާސްފަތި ދުވަހު ދެ ޤައުމުގެ ދިފާޢީ ވަޒީރުންގެ ބައްދަލުވުމެއް މެލޭޝިޔާގައި ބޭއްވުމާ ދިމާކޮށެވެ. އެ ބައްދަލުވުމުގައި، ސުލްޙައިގެ އެއްބަސްވުން ދެމެހެއްޓުމާމެދު ދެ ޤައުމުގެ ދިފާޢީ އިސް އޮފިޝަލުން މަޝްވަރާކުރައްވާނެކަމަށް ވަނީ ބުނެފައެވެ.
ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެެދު ޙަމަލާ ބަދަލުކުރަން ފެށީ ޖުލައި މަހުގެ މެދުތެރޭގައި، ސަރަޙައްދީ ރޮނގު ކައިރިން ތައިލެންޑުގެ ސިފައިންގެ މީހަކަށް ޒަޚަމްވުމާ ގުޅިގެންނެވެ. ތައިލެންޑުން ވަނީ ސަރަޙައްދީ ރޮނގު ކައިރީގައި ކެމްބޮޑިޔާއިން މައިން ވަޅުލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ކެމްބޯޑިޔާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އެ މައްސަލަ އިތުރަށް ގޯސްވެ ދެ ފަރާތުގެ ސިފައިން ވަނީ ބަރު ހަތިޔާރު ބޭނުންކޮށްގެން ސަރަޙައްދީ ރޮނގު ކައިރީގައި ޙަމަލާ ބަދަލުކޮށްފައެވެ. މިއީ، ސަރަޙައްދީ ރޮނގުގެ މިލްކުވެރިކަމާމެދު އެތައް ޒަމާނެއް ވަންދެން ދެބަސްވަމުންދާ މި ދެ ޤައުމުގެ ދެމެދުގައި ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ބަދަލުކުރި އެންމެ ވަރުގަދަ ޙަމަލާތަކެވެ. މި ޙަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 36އަށް އަރައިފައެވެ. އޭގެތެރޭގައި ގިނައީ އާންމުންގެ މީހުންނެވެ.
މެލޭޝިިޔާއިން އިސްނަގައިގެން، އެމެރިކާއާއި ޗައިނާގެ އެހީތެރިކަމާއެކު ބޭއްވި މަޝްވަރާތަކެއްގެ ނަތީޖާއެއްގެ ގޮތުން، ޙަމަލާތައް މެދުކަނޑައިލަން އެއްބަސްވި ފަހުން، އެ އެއްބަސްވުމާ ޚިލާފުވަމުންދާކަމަށް ދެފަރާތުން ވެސް ދަނީ ތުހުމަތުކުރަމުންނެވެ. މިގޮތުން، ތައިލޭންޑުން ހައިމާކު ބޭނުންކޮށްގެން، ކެމްބޯޑިޔާގެ ސަރަޙައްދީ ރޮނގުގައި ކަށިނަރު ޖަހައި، އިތުރު ސިފައިން ޖަމާކުރަމުންދާކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. މީގެއިތުރުން، ތައިލޭންޑުގެ ބެލުމުގައި ދަށުގައި ތިބި 18 ސިފައިންގެ މީހުން ދޫކޮށްލުމަށް ކެމްބޯޑިޔާއިން ދަނީ ގޮވާލަމުންނެވެ. ނަމަވެސް، އެ މީހުން ދޫކޮށްލާނީ، ސުލްޙައިގެ ދާއިމީ އެއްބަސްވުމެއް އެކުލަވާލައި، އެއަށް ޢަމަލުކުރަން ފެށުމުން ކަމަށް ތައިލޭންޑުން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
