
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުންނަށް އެހީ ފޯރުކޮށްދިނުމަށް ރެޑް ކްރޮސާ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަން އެ ޖަމާޢަތުން ހާމަކޮށްފިއެވެ. ނަމަވެސް، އެ ޖަމާޢަތުން ވަނީ ޝަރުޠުތަކެއް ކަނޑައަޅާފައެވެ. އަސީރުންނަށް އެހީ ފޯރުކޮށްދިނުމަށް ރެޑް ކްރޮސާ ގުޅިގެން މަސައްކަތް ކުރާނެ ކަން ޙަމާސުން ހާމަކޮށްފައި މި ވަނީ، އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރެއްގެ ވީޑިޔޯތަކެއް ޢާންމު ކޮށްފައިވާތާ ދުވަސްކޮޅެއް ފަހުންނެވެ. ޙަމާސުން ބުނީ، އަސީރުންނަށް އެހީގެ ސާމާނު ފޯރުކޮށްދޭނީ ޔަހޫދީން އެ ޖަމާޢަތުގެ ޝަރުޠުތަކަށް އެއްބަސްވުމުން ކަމުގައެވެ. އެ ޝަރުޠުތަކުގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ދެމުންދާ ނިރުބަވެރި ވައިގެ ޙަމަލާތައް ހުއްޓައިލުން ހިމެނެއެވެ. އަދި، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރުމަށް ޔަހޫދީން ކުރިމަތި ކުރުވާފައިވާ ހުރަސްތައް ނައްތައިލުން ހިމެނެއެވެ.
ޒަޔަނިސްޓު އިސްރާއީލުން ބުނީ، ޙަމާސްގެ ބެލުމުގެ ދަށުގައި 50އެއްހާ އަސީރުން ތިބި ކަމަށް ބެލެވޭ ކަމުގައެވެ. އަދި، އޭގެ ތެރެއިން 20 ވަރަކަށް މީހުން ދިރިތިބި ކަމަށް ޤަބޫލު ކުރާ ކަމުގައެވެ. އެ މީހުންގެ ހާލަތު ވަޒަން ކުރުމުގެ ފުރުޞަތު ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކަށް ދިނުމަށް ޙަމާސުން މީގެ ކުރިން ވަނީ އިންކާރު ކޮށްފައެވެ. ސަބަބަކީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލަން ޔަހޫދީން އިންކާރު ކުރުމެވެ. ޣައްޒާގެ ރައްޔިތުން ބަނޑަށްޖައްސައި ޝަހީދު ކުރުމަށް ވެސް ޔަހޫދީން ދަނީ ޖަރީމާތަކެއް ހިންގަމުންނެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި އިތުރު ހަ މީހަކު ބަނޑަށްޖެހި ޝަހީދުވެފައިވާ ކަމުގައެވެ. މިއާ އެކު، ޔަހޫދީންގެ ފުރަބަންދާ ގުޅިގެން ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނެތި ޝަހީދުވެފައިވާ މީހުންގެ އަދަދު ވަނީ 175އަށް އުފުލިފައެވެ. އޭގެ ތެރޭގައި 93 ކުޑަކުދިން ހިމެނެއެވެ.
މިޞްރުގެ މީޑިޔާތަކުން ބުނީ، 1.7 ޓަނުގެ ތެޔޮ ބަރު ކޮށްފައިވާ ލޮރީތަކެއް ޣައްޒާާއަށް އެތެރެ ކުރުމަށް ތައްޔާރު ކޮށްފައިވާ ކަމުގައެވެ. އެއީ، ހަސްފަތާލުތަކާއި، ޕާންފިހާ ތަންތަނާއި، ޢާންމު ބަދިގެތައް ހިންގުމަށް ބޭނުންވާ ތެލެވެ. ނަމަވެސް، ޣައްޒާއަށް އެތެރެވުމުގެ ހުއްދަ ޔަހޫދީން އެ ލޮރީތަކަށް ދީފައިވާ ކަން ސާފެއް ނޫނެވެ. ތެޔޮ ހުސްވުމާ އެކު ޣައްޒާގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މި ވަގުތު އޮތީ ހުރަސް އެޅިފައެވެ. ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، ޖުލައި މަހު ޔަހޫދީން ޣައްޒާގެ ފުރަބަންދަށް ކުޑަ ލުޔެއް ދިނުމާ އެކު، ކާބޯތަކެއްޗާއި އިންސާނީ އެހީ ބަރު ކޮށްފައިވާ 1,600އެއްހާ ލޮރީ އެ ސަހަރަށް އެތެރެ ކޮށްފައިވާ ކަމުގައެވެ. ނަމަވެސް، ހަތިޔާރު އެޅި ގުރޫޕުތަކުން އޭގެ ތެރެއިން ގިނަ އަދަދެއްގެ ލޮރީތައް ލޫޓުވައި، އޭގައި ހުރި ކާބޯތަކެތި ވަގަށް ގެންގޮސްފައިވާ ކަމުގައި މަންޒަރު ފެނުނު މީހުން ބުންޏެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި އެއީ، ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ކޮންޓުރޯލު ކުރާ ގުރޫޕުތަކެކެވެ. ޣައްޒާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ވާގިވެރިވަމުންދާ ކަމަށް ނިރުބަވެރި ނަތަންޔާހޫ ދާދިފަހުން ވަނީ އެއްބަސްވެފައެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 60,000އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާވެ ނޫޅެވޭވަރުގެ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 142,000އަށްވުރެ މައްޗަށް އުފުލިފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
