
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަމަންގެ އައްސޭރިފަށަށް ބޯޓެއް ބަންޑުންޖަހައިލައި 65 ހިޖްރަވެރިން މަރުވެއްޖެއެވެ. 150އެއްހާ މީހުން ތިބި ބޯޓު ބަންޑުންޖަހައިލާފައި ވަނީ ޔަމަންގެ ދެކުނުގައި އޮތް އަބްޔަނު ޕުރޮވިންސުގެ އައްސޭރިފަށުން ޢަރަބި ކަނޑަށެވެ. ޔަމަންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، އެ ބޯޓުން ދަތުރު ކުރި ގިނަ އަދަދެއްގެ ބަޔަކު ކަނޑުވެފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވާ ކަމުގައެވެ. އެ ބޯޓުގައި ތިބީ، ގަލްފުގެ ޤައުމުތަކަށް ހިޖުރަ ކުރުމަށް މަސައްކަތް ކުރި ބަޔެކެވެ. ޔަމަންގެ ޞިއްޙީ ދާއިރާގެ އިސް އޮފިޝަލެއް ކަމުގައިވާ ޢަބްދު އަލް-ޤާދިރު ބާޖިމީލީ ވިދާޅުވީ ކަނޑުވި މީހުންގެ ތެރެއިން ދިރިތިއްބާ ސަލާމަތް ކުރެވިފައި ވަނީ އެންމެ 12 މީހުން ކަމުގައެވެ. އެއީ، ޔަމަންގެ ރައްޔިތަކާއި އިތިއޯޕިޔާގެ ނުވަ މީހުންނެވެ. ބޯޓުން ކަނޑުވި އެހެން މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ޔަމަންގެ މަޞްދަރުތަކުން ހާމަކުރިއެވެ.
އެކުވެރި ދައުލަތްތައް (އދ)ގެ ހިޖުރަ ކުރާ މީހުންނާ ބެހޭ އިދާރާ، އައިއޯއެމުން ބުނީ، އެފްރިކާ ބައްރުގެ ޤައުމުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ގަލްފުގެ ޤައުމުތަކަށް ޤައުމުތަކަށް ހިޖުރަ ކުރުމަށް ކުރާ ދަތުރުގައި ޔަމަނަށް ދަތުރު ކުރަމުންދާ ކަމުގައެވެ. އަދި، ފަހަކަށް އައިސް، އެ އަދަދު އެތަކެއް ގުނައަކުން އިތުރުވެފައިވާ ކަމުގައެވެ. ބާބް އަލް-މަންދަބީ ކަނޑު ހުރަސްކޮށް އެ މީހުން ދަތުރު ކުރަނީ ސަޢޫދީ ޢަރަބިއްޔާއާއި ގަލްފުގެ އެހެން ޤައުމުތަކަށެވެ.
އައިއޯއެމުން ބުނީ، ބާބް އަލް-މަންދަބީ ކަނޑު ހުރަސްކޮށް ހިޖުރަ ކުރާ ރެފިއުޖީން ކުރަނީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ ނުރައްކާތެރި ދަތުރު ކަމުގައެވެ. ހުސްވި އަހަރުގެ ތެރޭގައި ގަލްފުގެ ޤައުމުތަކަށް ހިޖުރަ ކުރުމުގެ ބޭނުމުގައި 60,000އެއްހާ މީހުން ޔަމަނަށް ދަތުރު ކޮށްފައިވާ ކަން ރެކޯޑު ކުރެވިފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
