
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނަށް އަމާޒުކޮށް ޙަމަލާތަކެއްދީ، އޭގެ ތެރެއިން ފަސް މީހުން މަރައިލައިފިއެވެ. ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ކުރުދީ ހަނގުރާމަވެރިންގެ ޖަމާޢަތް، ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފަ)ށެވެ. ދަޔިރް އަލް-ޛޫރުގައި ދީފައިވާ ޙަމަލާތަކުގެ ފަހަތުގައި ވަނީ ނިރުބަވެރި ޖަމާޢަތް، އައިއެސް ކަމުގައި އެސްޑީއެފުން ތުހުމަތު ކުރެއެވެ. އެސްޑީއެފަކީ އެމެރިކާއިން ވާގިވެރިވާ ޖަމާޢަތެކެވެ. އެއީ، 2019ވަނަ އަހަރު އައިއެސާ ދެކޮޅަށް އެމެރިކާއިން އިސްވެ ފެށި ހަނގުރާމައިގައި އިސް ދައުރެއް އަދާ ކޮށްފައިވާ ޖަމާޢަތެކެވެ. އައިއެސާ ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ފަށާފައި ވަނީ، ސޫރިޔާއާއި ޢިރާޤުގެ ބައެއް ސަރަޙައްދުތަކަށް އެ ޖަމާޢަތުން އަތްގަދަކޮށް، އިސްލާމީ ޚިލާފާތެއް އިޢުލާނު ކުރުމާ ގުޅިގެންނެވެ.
ހަނގުރާމައިގައި އައިއެސް ވަނީ ބަލިކޮށްފައެވެ. އަދި، އެ ޖަމާޢަތުގެ ހަނގުރާމަވެރިން ފަހަތަށް ޖައްސައި، އެ ޖަމާޢަތުން އަތްގަދަ ކޮށްފައިވާ ބިންތައް ވަނީ މިނިވަން ކޮށްފައެވެ. ނަމަވެސް، މެދުއިރުމަތީގެ ބައެއް ޤައުމުތަކުގައި އައިއެސްގެ ހަނގުރާމަވެރިން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، މެދުއިރުމަތީގެ އިތުރުން ހުލަނގާއި އޭޝިޔާގެ ސަރަޙައްދުތަކަށް ހަރަކާތްތައް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ދަޔިރް އަލް-ޛޫރަކީ 2014ވަނަ އަހަރުގެ ތެރޭގައި އައިއެސުން އަތްގަދަ ކޮށްފައިވާ ރަށެކެވެ. ސޫރިޔާގެ އަސްކަރިއްޔާއިން އެ ސަރަޙައްދު މިނިވަން ކޮށްފައި ވަނީ 2017ވަނަ އަހަރުއެވެ.
އަލް-ސުވަޔިދާގައި އަނެއްކާ ވެސް ކުރިމަތިލުންތަކެއް
އައިއެސުން ކުރުދީންނަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާ މި ދަނޑިވަޅުގައި، ދާދިފަހުން ނުރައްކާތެރި ކުރިމަތިލުންތަކެއް ހިނގާފައިވާ ސޫރިޔާގެ އަލް-ސުވަޔިދާގައި އަނެއްކާ ވެސް ވަނީ ކުރިމަތިލުންތަކެއް ފަށާފައެވެ. މި ގޮތުން، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ގުރޫޕަކުން ވަނީ ސޫރިޔާގެ އަސްކަރީ ފައުޖަކަށް ޙަމަލާ ދީފައެވެ. ސޫރިޔާގެ ދެކުނުގައި އޮތް އެ ސަރަޙައްދުގެ އަވަށްތަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކުގައި ސިފައިންގެ އެކަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވި ކަމުގައި އެ ޤައުމުގެ ދައުލަތުގެ މީޑިޔާއިން ރިޕޯޓު ކުރިއެވެ. ކުރިމަތިލުންތައް ހިންގާފައި ވަނީ ދްރޫޒީ ދީނުގެ މީހުން ދިރިއުޅޭ ސަރަޙައްދުގައެވެ. ސޫރިޔާގެ މީޑިޔާއިން ބުނީ، ހަތިޔާރު އެޅި ޖަމާޢަތަކުން، އެ ސަރަޙައްދުގައި އަމަލު ކުރަމުންދާ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމުގައެވެ. ދްރޫޒީންނާއި އެ ސަރަޙައްދުގައި ދިރިއުޅޭ ބަދަވީންނާ ދެމެދު ހުސްވި މަހު ހިނގި ކުރިމަތިލުންތަކުގައި ސަތޭކައަށްވުރެ ގިނަ މީހުން މަރުވިއެވެ.
ދްރޫޒީންނާއި ބަދަވީންނާ ދެމެދު ހިނގި ކުރިމަތިލުންތައް ހުއްޓުވުމަށް ސޫރިޔާގެ އަސްކަރިއްޔާއިން މަސައްކަތް ފެށުމުން ޔަހޫދީން ވެސް ވަނީ އެކަމުގެ ތެރެއަށް ބޭނިގަނެފައެވެ. އަދި، ހަމަނުޖެހުންތައް ކޮންޓުރޯލު ކުރުމަށް އެ ސަރަޙައްދަށް ފޮނުވި ސިފައިންނަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއްދީ، ގިނަ އަދަދެއްގެ ސިފައިން ޝަހީދު ކޮށްލާފައެވެ. އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށް، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ހުއްޓުވުމަށް އެއްބަސްވުމެއް އެކުލަވައިލި ނަމަވެސް، ޔަހޫދީން އަދިވެސް ދަނީ އެ އެއްބަސްވުމާ ޚިލާފަށް ސޫރިޔާއަށް ޙަމަލާ ދެމުންނެވެ. އޮގަސްޓު 2ވަނަ ދުވަހު ވެސް ސޫރިޔާގެ ދެކުނުގެ ސަރަޙައްދަކަށް ޔަހޫދީ ފައުޖުން ވަނީ ރޭޑު ޖަހާފައެވެ. އެއީ، ސޫރިޔާގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަނެ، ހިންގާފައިވާ ޖަރީމާތަކެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
