
ޑޮނަރޫމާ އަކީ ހުސްވި ސީޒަނުގައި ޕީއެސްޖީގެ ތާރީހުގައި އެކުލަބަށް އަލަށް ލިބުނު ބޮޑު ކާމިޔާބީގެ އެންމެ ބޮޑު އެއް ހިއްސާދާރެވެ. ފްރާންސް ކަޕާއި ފްރާންސް ލީގު އަދި ފުރަތަމަ ފަހަރަށް ޔޫރަޕިއަންސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ އޭނާގެ ހުށިޔާރު ކަމާއެކުގަ އެވެ. މިއަށް ފަހު ފީފާ ކުލަބު ވޯލްޑް ކަޕް ފައިނަލަށް އެ ޓީމު ދަތުރު ކުރީ ވެސް އޭނާ ގޯލުގައި ހުރެގެންނެވެ. އެކަމަށް މިއަށް ފަހު މަންޒަރު ވަނީ ބަދަލުވާން ފަށައިފަ އެވެ. ޕީއެސްޖީން ވަނީ ފުރަތަމަ 11ގައި ކުޅެވޭ ވަރުގެ ކީޕަރުން ގެންނަން ފަށައިފަ އެވެ. މި ގޮތުން ގެންނަ އެއް ކީޕަރަކީ ފްރާންސްގެ ލިއްލެ އަށް ކުޅޭ ކީޕަރު ލޫކަސް ޝިވަލިއާ އެވެ. އޭނާ ގެންނަނީ 40 މިލިއަން ޑޮލަރު ދީފަ އެވެ. މީގެ އިތުރުން ވެސް ބައެއް ކީޕަރުން ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ޕީއެސްޖީގެ މި މަސައްކަތުގެ އަމާޒަކީ ޑޮނަރޫމާގެ ބަދަލުގައި ތިން ދަނޑީގެ މެދުގައި ހުންނާނެ އިތުބާރު ކީޕަރަކު ހޯދުމެވެ.
ޕީއެސްޖީން މިހާރު ބޭނުންވަނީ 26 އަހަރުގެ ޑޮނަރޫމާއާ އެކު ކުރިއަށް ދިއުމުގެ ކުރިން އެ ކުލަބުގެ ޕޮލިސީތަކަށް އޭނާ އެއްބަސްވުމަށެވެ. މި ގޮތުން ފުރަތަމަ ކަމަކީ އެ ކުލަބުގެ އައު މުސާރައިގެ އޮނިގަނޑަށް ޑޮނަރޫމާ އެއްބަސްވުމެވެ. އޭނާގެ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ އަހަރެކެވެ. މި އެއްބަސްވުން އައު ކުރަން ދެ ފަރާތުން މިހާތަނަށް ދެއްކި ވާހަކަތަކަށް ކޮޅެއްގައި ނުޖެހި އޮތީ ވެސް އައު މުސާރައިގެ އޮނިގަނޑަށް ޑޮނަރޫމާ އެއްބަސް ނުވާތީ އެވެ. ސަބަބަކީ އެ އޮނިގަނޑުގެ ދަށުން އޭނާ އަށް މިހާރު ލިބޭ މުސާރަ ބޮޑުތަކުން ކުޑަވާނެތީ އެވެ.
އެކަމަކު ޕީއެސްޖީން ބޭނުންވަނީ އައު އޮނިގަނޑަށް އެއްބަސްނުވާނަމަ ޑޮނަރޫމާ ކުލަބު ދޫކޮށް ދިއުމަށެވެ. މި ގޮތުން އޭނާ އަށް ބޭނުން ކުލަބަކާ ވާހަކަ ދެއްކުމުގެ ފުރުސަތު ޕީއެސްޖީން ވަނީ ދީފަ އެވެ. ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް އޭނާ އަށް ޝައުގުވެރިވެ އެވެ. އެކަމަކު މައްސަލަ އަކީ އޭނާ ވިއްކާލަން ޕީއެސްޖީ ކިޔާ އަގު ބޮޑުވުމާއި މުސާރައިގެ މައްސަލަ އެވެ. މިލިއަނުން ކުޅުންތެރިން ގަތުމަށް ހޭދަކުރި ގިނަ ކުލަބުތަކުން މިހާރު ވަނީ މުސާރަތައް ކުޑަކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ފަށައިފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
