
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
މާލޭގައި ފަށާ ގައުމީ ބޮޑީބޯޑިން ލީގުގެ ދެވަނަ މުބާރާތް ކަމަށްވާ ލަބެރަ ބޮޑީބޯޑިން ޗެލެންޖަކީ ވަރަށް ޚާއްސަ މުބާރާތަކަށްވާނެ ކަމަށާއި، ހުދުފޮނު ޕްރޮގުރާމުގެ އެތުލީޓުންތަކެއްވެސް މި މުބާރާތުގައި ވާދަކުރާނެ ކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ރައީސް ހުސެއިން ނިޒާމް ވިދާޅުވެއްޖެއެވެ. ނިޒާމް ވިދާޅުވީ މި މުބާރާތް ބާއްވަން ފުރަތަމަ މަސައްކަތް ކުރީ ފުވައްމުލަކުގައި ނަމަވެސް ދިމާވި ކަންތައްތަކަކާއި ގުޅިގެން މުބާރާތް މާލެއަށް ބަދަލުކުރީކަމަށެވެ. ފުވައްމުލައް ސިޓީގައި ލީގުގެ ދެވަނަ މުބާރާތް ބޭއްވޭގޮތް ނުވީ މުބާރާތް ބޭއްވުމަށް ހިންގާ ޚަރަދުތައް ހަމަޖެއްސޭނެ ގޮތެއް ނެތުމުންނެވެ. ނިޒާމް ވިދާޅުވީ މިއަހަރު ފެށުނީންސުރެން އެސޯސިއޭޝަނުން ކުރިޔަށް ގެންދާ ހުދުފޮނު ޕްރޮގްރާމުގެ ތެރެއިން މި މުބާރާތަށް ކުދިން އަންނަކަން މިއީ ރަނގަޅު ފާލެއް ކަމަށެވެ. އެގޮތުން ލަބެރަ ބޮޑީބޯޑިން ޗެލެންޖުގައިވެސް ހުދުފޮނު ކުލިނިކު ހިންގި ނ. ޅޮހި އަދި ށ. ކަނޑިތީމުގެ އެތުލީޓުންތަކެއް ބައިވެރިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
“މިއީ މި ކުޅިވަރު ކުރިއަރުވަން އެންމެ މުހިންމުކަންތައް. މީގެ ތެރެއަށް ކުލިނިކުތައް ޖައްސައިގެން މީގެތެރެއަށް ވީހާވެސް ޅަ ކުދިން ގެނެސްގެން އެކުދިން މިތަނަށް އައިސް މި މުބާރާތްތަކުގައި ވާދަކޮށްގެން އެލިބޭ ތަޖުރިބާއިން އަސްލު މިކުޅިވަރު ކުރިއަރާނީ” ނިޒާމް ވިދާޅުވިއެވެ. ލަބެރަ ބޮޑީބޯޑިން ޗެލެންޖަކީ އުމުރުން 14 އަހަރުން ފެށިގެން 40 އަހަރާއި ދެމެދުގެ ބޮޑީބޯޑަރުންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލި މުބާރާތެކެވެ. މި މުބާރާތުގައި 3 ކެޓަގަރީއަކުން ޖުމްލަ 21 އެތުލީޓުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި މެންސް އޯޕަން ޑިވިޝަނުގައި 19 އެތުލީޓުން، ޖޫނިއަރ މެންސް ޑިވިޝަނުގައި 9 އެތުލީޓުން އަދި ޑްރޮޕްނީ ކެޓެގަރީގައި 7 އެތުލީޓުން ބައިވެރިވެފައިވެއެވެ.
ލަބެރަ ބޮޑީބޯޑިން ޗެލެންޖަކީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު މިމަހުގެ 5-8 އަށް މާލޭ ވަރުނުލާ ރާޅުގަނޑުގައި ކުރިއަށްގެންދާ މުބާރާތެކެވެ. މިއަހަރު މި މުބާރާތުގައި ވާދަކުރަނީ މާލޭ ސިޓީގެ 8 އެތުލީޓުންނާއި، ފުވައްމުލައް ސިޓީގެ 2 އެތުލީޓުންނާއި ނ. ޅޮހީގެ 3 އެތުލީޓުންނާއި ލ. ގަމުގެ 2 އެތުލީޓުންނާއި ށ. ކަނޑިތީމުގެ 2 އެތުލީޓުންނާއި ނ. މާފަރު އެތުލީޓަކާއި މ ވޭވަށުން ބައިވެރިވާ އެތުލީޓަކާއި ކ. ދިއްފުށީގެ އެތުލީޓެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
