
ހަމައެކަނި މާލެ ސިޓީގެ ބަދަލުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުބާރާތްތައް ބާއްވައި، ފުޓްބޯޅަ ކުރިއެރުވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އައު ލީޑަޝިޕުން މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފީފާގެ ހެޑް އޮފް ގަވަރނަންސް ރޮއުފް ޓަނަރ ވިދާޅުވެއްޖެއެވެ. ޓަނަރ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ފީފާއިން އެހީތެރިވެދޭނެ ކަމަށާއި، ޒުވާން ކުޅުންތެރިންގެ ބޭނުން އެންމެ އެދެވޭ ގޮތަށް ހިފަން ޖެހޭ ކަމަށެވެ. ފީފާގެ އުންމީދަކީ އެހެން ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތަކެކޭ އެއްފަދައިން ރާއްޖޭގެ އެފްއޭއިންވެސް ފުޓްބޯޅަ ކުރިއަރުވާ އިތުރަށް ތަރައްޤީކުރުން ކަމަށް ޓަނަރ ވިދާޅުވިއެވެ. ޓަނަރ ވިދާޅުވީ އައު ހިންގާ ކޮމިޓީއެއް އެކުލަވާލެވި އެފްއޭއެމްގެ ހިންގުން އައު ޓީމަކާއި ހަވާލުކުރެވުމަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި އެފްއޭއެމްގެ އައު މެނޭޖްމެންޓުން ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވާ އަތޮޅުތެރޭގެ ފުޓްބޯޅަ އާއި ޒުވާން ކުޅުންތެރިންނަށް ފޯކަސްކޮށްގެން މަސައްކަތްތައް ރާވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޓަނަރ ވިދާޅުވިއެވެ. ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަންތައް ހަދާ އަތޮޅު ތެރޭގައި ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރުމަކީ އެފްއޭއެމްގެ އައު ރައީސް އަހުމަދު ޠާރިޤުގެ ވައުދެކެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ކުރިން އޮތް މަގާމަށް ގެނެސް ހަމައެކަނި މާލޭގައި މުބާރާތްތައް ކުޅޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް މުބާރާތްތައް އަތޮޅު ތެރޭގައި ބޭއްވޭ ގޮތަށް ހަމަޖައްސަވާނެ ކަމަށްވެސް ޠާރިޤް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ހުނަރުވެރިން ގިނަ ކުޅުންތެރިންނަކީ އަތޮޅުތެރެއިން ތަމްރީނުވެގެން އައިސް މާލޭގެ ކުލަބުތަކުގައި ކުޅެ ގައުމީ ޓީމަށްވެސް މުހިންމު ދައުރެއް އަދާކޮށްދޭ ކުޅުންތެރިންކަމަށްވާއިރު ރާއްޖޭގެ ފުޓްބޯޅަ އަތޮޅުތެރޭގައި ކުރިއަރުވައިގެން އިތުރު ހަރުފަތަކަށް ގެންދެވިދާނެ ކަމަށް ފުޓްބޯޅައިގެ ތަޖްރިބާކާރުން ދެކެއެވެ. އަދި ކުޅިވަރު ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާއެކު ކުޅިވަރުތައް މުޅި ރާއްޖެއަށް ފުޅާކޮށް ލާމަރުކަޒު ކުރުމަށް އެ ގާނޫނުން ލާޒިމުކުރެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
