
ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ މުއާމަލާތްތަކަކާ ގުޅޭ ގޮތުން އެފްއައިޔޫ އިން ތައްޔާރުކުރި ރިޕޯޓެއް އާންމުވެއްޖެ އެވެ. މި މައްސަލަތައް އޭސީސީއާއި ފުލުހުން ވެސް ބަލާތާ ދުވަސްގަނޑެއް ވެއްޖެ ކަމަށް ވަނީ ބުނެފަ އެވެ.
ރިޕޯޓުގައި ބުނާ ގޮތުން، 2023 ނޮވެމްބަރު 1 އިން 2024 ޖެނުއަރީ އަށް ޝުޖާއު އަދި އޭނާގެ އާއިލާއާ ގުޅުން ހުރި މުހައްމަދު ނާފިޒާއި އަހުމަދު އަދުހަމް ހިއްސާވާ ކުންފުނިތަކަށް ސަރުކާރުގެ އެކި އިދާރާތަކުން 42.5 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. މި ފައިސާ ދޫކޮށްފައިވަނީ އެކި އިވެންޓުތަކާ ގުޅުވައިގެންނެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ ހަރަދުތަކުގެ ތެރެއިން ސިވެކް އަށް ދޫކުރި 23 މިލިއަން ރުފިޔާގެ ތެރެއިން 13 މިލިއަން ރުފިޔާ “އޮފިޝަލް އިވެންޓްސް” އަށް ދޫކުރުން ހިމެނެ އެވެ. މި ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ ހަރަދުކުރީ “އޮފިޝަލް އިވެންޓްސް” ގެ ހިއްސާދާރުންނަށް ދެ އެޕާޓްމަންޓް ގަތުމުގެ ކޮމިޓްމަންޓް ފީގެ ގޮތުގައި ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. ޝުޖާއު ދިފާއުގައި ވިދާޅުވީ އޭނާގެ ކުންފުނިތައް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކާމިޔާބު މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިހާތަނަށް އެއްވެސް އިދާރާއަކުން އޭނާ ނުވަތަ އޭނާގެ ކުންފުނިތަކާ ގުޅޭ ގޮތުން އެއްވެސް މައްސަލައެއް ބަލާފައި ނުވާ ކަމަށެވެ.
މި ރިޕޯޓު އާންމުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ޝުޖާއު ވަނީ ވަކިކޮށްފަ އެވެ. އޭނާގެ ބަދަލުގައި ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު މާލިއްޔަތު ކޮމިޓީއަށް ހަމަޖެއްސެވި އިރު، ޝުޖާއު ބަދަލުކުރެއްވީ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީއަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
