
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހާފިޒުންނަށް ދޭ އެލަވަންސް 4،000 ރުފިޔާއަށް ބޮޑުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކީރިތި ގުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ޖުލައި މަހުން ފެށިގެން ރައީސުލްޖުމުހޫރިއްޔާގެ ވައުދުފުޅާ އެއްގޮތައް ހާފިޒުންގެ އެލަވަންސް ބޮޑުކޮށްފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން ދެމުން ދިޔަ 2،000 ރުފިޔާގެ އެލަވަންސް 4،000 ރުފިޔާއަށް ބޮޑުކޮށް، މިއަދު ހާފިޒުންނަށް އެ އެލަވަންސް ޖަމާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހާފިޒުންނަށް ދޭ އެލަވަންސް ދެގުނަކުރަން ވަޒީރުންގެ މަޖިލީހުން ނިންމެވީ ޖޫން މަހުގައެވެ. ހާފިޒުން ތަމްރީނު ކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގައި ނުހަނު މުހިއްމު ކަމެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ. ރާއްޖޭގައި ތިބި ގުރުއާން ހިތުދަސް ހާފިޒުންގެ އަގުވަޒަންކުރުމަކީ މިހާރު ވެސް ކުރާ ކަމެކެވެ. ނަމަވެސް ކުރިއަށްވުރެ ވެސް ބޮޑަށް ހާފިޒުންގެ އަގުވަޒަންކޮށް އިސްލާމް ދީނަށް ދިވެހީންގެ ހިތުގައި ލޯބި އުފެއްދުމަކީ ރައީސް މުއިއްޒުގެ އަމާޒެކެވެ.
About Post Author
މާދަމާ ނިއުސް
ރައްޔިތުން ވޯޓު ދެނީ ޕާޓީގެ ފިކުރަށްތަ ނުވަތަ މީހާއަށްތަ؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާއިރު، މިއީ އިންތިޚާބުތަކުގައި ރައްޔިތުން...
10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރަން ފަށައިފި
(ފޮޓޯ ކްރެޑީޓްސް: އަމީން މުޙައްމަދު) ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 10 ރަށެއްގައި...
އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނީ މަސައްކަތްތެރިންނަށް: ރައީސް
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަޙްނިޔާގައި، ޤައުމުގެ ކުރިއެރުމާއި މުސްތަޤުބަލުގެ އުންމީދުތައް ގުޅިފައިވަނީ މަސައްކަތްތެރިންނާ ކަމަށް ވިދާޅުވިއެވެ....
ޕީއެންސީގެ ތަރުޖަމާނަކަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އައްޔަނުކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ...
ދިވެހި މަސައްކަތްތެރިންގެ ހިތްވަރާއި ޤުރުބާނީ ބަލައިގަންނަންޖެހޭ: ފަސްޓް ލޭޑީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ދިވެހި މަސައްކަތްތެރިންނަށް ތަހުނިޔާ ފޮނުއްވައި، އެފަރާތްތަކުން...
“ސަރުކާރުގެ ސިޔާސަތުތަކުން މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
