
ހުސްވި ސީޒަނުގައި އޭނާ މެންޗެސްޓާ ޔުނައިޓެޑްގެ މެޗުތަކަށް ދަނީ ވެސް ބަލިވާނެކަން އެނގިހުރެ ކަމަށް ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ. އިނގިރޭސި ޕްރެމިއާ ލީގުގެ އައު ސީޒަނަށް ތައްޔާރުވަމުން އަންނަ ކޯޗު ބުނީ ޔުނައިޓެޑްގައި އޭނާ ހޭދަކުރި އަށް މަސް ދުވަހުގެ ތެރޭގައި އެންމެ ހިތްދަތިވީ ވެސް ޓީމުގެ ހާލަތު އެނގިހުރެ މެޗުތައް ކުޅެން ޖެހުމުން ކަމަށެވެ. “އަހަރެން ގެއިން ދަނީ ކަންކަން ވާނެ ގޮތް އެނގިހުރެ. ބަލިވާނެކަން އެނގޭ. ނޫނީ އަހަރުމެންނަށް ރަނގަޅު ވާދައެއް ނުކުރެވޭނެކަން އެނގިހުރެ. މިއީ ހަގީގަތް. ވަރަށް ހިތްދަތި ދުވަސްތަކެއް މިއީ. އަހަރެން އެނބުރި ގެއަށް ގޮސް އާއިލާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރަން މަސައްކަތް ކުރި ނަމަވެސް ޓީމުގެ ހާލަތުގެ ސަބަބުން އެކަން އެގޮތަށް ނުކުރެވޭ. އަބަދުވެސް ވިސްނެނީ ޓީމުގެ ކަންކަމާމެދު،” އަމޮރިމް ބުންޏެވެ.
އޭނާ ބުނީ ހުސްވި ސީޒަނުގައި ޔުނައިޓެޑް ގަދަ 12އިން ފަހަތަށް ސޮއްސާލުމުން ސީޒަން ސަލާމަތް ނުކުރެވޭނެކަން އެނގުނު ކަމަށާއި އެންމެ ފަހުން މަސައްކަތް ކުރީ ދެ ކަމެއް ހާސިލް ކުރަން ކަމަށެވެ.
“އަހަރެން ބެލީ އެންމެ ފުލަށް ގޮސް ރެލިގޭޓް ނުވެވޭތޯ ބަލަން. އެކަމުން ސަލާމަތްވުމަށް ބެލީ. އެއީ ޓީމުގެ ހާލަތު ބަދަލު ނުކުރެވޭނެކަން އެނގޭތީވެ. ދެން ބެލީ ކޮންމެ ފަދަ ހާލަތެއްގައި ވެސް ޔޫރޮޕާ ލީގު ކާމިޔާބު ކުރަން. އެކަމަމު ފައިނަލަށް ގޮސް އެކަމެއް ވެސް ނުވި،” އަމޮރިމް ބުންޏެވެ. އޭނާ ބުނީ ޔުނައިޓެޑްގެ ތާރީހުގައި ވެސް އެންމެ ދަށް ސީޒަނުގެ މެދުތެރެއިން ޓީމާ ހަވާކުވެ، ނަތީޖާތައް ރަނގަޅު ނުވުމުން އުއްމީދު ކަނޑާލައި ކޯޗުކަމުން ދުރަށް ދިއުމަށް ވެސް އޭނާ އަށް ވަކި ހިސާބަކުން ވިސްނެން ފެށި ކަމަށެވެ.
“އެކަމަކު އަހަރެން އެހެން ވާކަށް ބޭނުމެއްނުވި. އަހަރެންނަށް ވަރަށް ފަސޭހަވީސް ޓީމު ދޫކޮށްދާން. އެކަމަކު އަހަރެން ވިސްނީ ތަފާތުކޮށް،” އަމޮރިމް ބުންޏެވެ. އޭނާ އަދި ބުނީ ބައެއް ކުޅުންތެރިން ޓީމުން ބާކީކޮށް، ޒުވާން ބައެއް ކުޅުންތެރިންނަށް ފުރުސަތު ދޭން ފެށީ ޓީމު ހާލަތު ބަދަލު ކުރުމަށް ކަމަށެވެ. އަދި އެ ބަދަލުތައް އެއީ ރަނަގޅު ބަދަލުތަކެއް ކަމަށެވެ. ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން ޔުނައިޓެޑަށް އެކަށީގެންވާ ވަރަށް ކުޅުންތެރިން ނުހޯދެ އެވެ. ނަމަވެސް އަމޮރިމް ބުނީ ކުރިއަށް ސީޒަނުގައި ޔުނައިޓެޑް ކުރިއަށް ވުރެ ރަނގަޅުވާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
