
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް ޔަހޫދީންގެ ހަރުކަށި ވަޒީރު އިތަމާރް ބެން ގަވީރް ވަދެ އަޅުކަންކޮށްފިއެވެ. އޭނާ އަކީ ފަލަސްޠީން ނެތިކޮށްލަން އެންމެ ބޮޑަށް ފޫގަޅައިގެން މަސައްކަތް ކުރަމުންދާ، އެ ކަމަށް އެންމެ އަޑުހަރުކޮށް ބާރުއަޅަމުންދާ ޔަހޫދީ އިސްރާޢީލުގެ އެންމެ ޖައްބާރު އެއް ވަޒީރެވެ. މަސްޖިދުލްއަޤްޞާގެ ގޯތިތެރެއަށް ވަނުމުގެ ހުއްދަ ޔަހޫދީންނަށް ލިބިފައިވިޔަސް، އެތަނުގައި އަޅުކަން ކުރުން ވަނީ މަނާކޮށްފައެވެ. މަސްޖިދުލްއަޤްޞާ ބަލަހައްޓައި ވަޤްފު ޖަމުޢިއްޔާއިން ބުނީ، ގާތްގަނޑަކަށް ހާހެއްހާ ޔަހޫދީންގެ ބައިގަނޑަކާއެކު، ގަވީރް ވެސް އެ މިސްކިތަށް ވަދެ، އަޑުގަދަކޮށް، ނަށައި، އަޅުކަންކޮށްފައިވާ ކަމަށެވެ. އެ މަންޒަރުތައް ފެންނަ ދެ ވީޑިޔޯއެއް ވެސް ވަނީ ސޯޝަލް މީޑިޔާގައި އާންމުވެފައެވެ.
ގަވީރް ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްޠީނުގެ ޙައްޤުގައި މަސައްކަތް ކުރަމުންދާ ޙަމާސް ޖަމާޢަތުގެ މައްޗަށް ކާމިޔާބު ހޯދުމަށް، މަސްޖިދުލްއަޤްޞާގައި އަޅުކަންކޮށްފައިވާ ކަމަށެވެ. އަދި މުޅި ޣައްޒާ ޔަހޫދީންގެ އަތްދަށަށް ގެނެސް، މަސްޖިދުލްއަޤްޞާގައި ޔަހޫދީންނަށް އަޅުކަންކުރެވޭ ގޮތް ހެދުމަށް އޭނާ ގޮވައިލިއެވެ. ޔަހޫދީ ދައުލަތުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު ގަވީރު މީގެކުރިން ވެސް ވަނީ އެތައް ފަހަރެއްގެ މަތިން މަސްޖިދުލްއަޤްޞާއަށް ވަދެ މުސްލިމުންނަށް ފުރައްސާރަކޮށް، ގޯނާކޮށްފައެވެ.
ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްގެ ތަރުޖަމާނަކު ވިދާޅުވީ، މަސްޖިދުލްއަޤްޞާގެ ހުރުމަތް ކަނޑާލައިގެން، ގަވީރް ވަނީ ހުރިހާ ރަތް ރޮނގުތަކެއް ހުރަސްކޮށްފައި ކަމަށެވެ. އަދި މި ޢަމަލީ ފަލަޞްތީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އިތުރުވި ބޮޅެއް ކަމަށާއި، އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ވަގުތުން ވަގުތަށް ހުއްޓުވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
