
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކުރުދީންނާ ގުޅުން އޮތް ހަތިޔާރު އެޅި ޖަމާޢަތް، ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފު)ން ސޫރިޔާގެ އަސްކަރީ މަރުކަޒަކަށް ޙަމަލާ ދީފައިވާ ކަމަށް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ތުހުމަތު ކޮށްފިއެވެ. އެ ވުޒާރާއިން ބުނީ، ސޫރިޔާގެ އުތުރުގެ ރަށެއްގައި ހުރި އަސްކަރީ މަރުކަޒަކަށް އެސްޑީއެފުން ދީފައިވާ ރޮކެޓު ޙަމަލާތަކުގައި ސިފައިންގެ ހަތަރު މީހުންގެ އިތުރުން ޢާންމުންގެ ތިން މީހަކު ޒަޚަމުވި ކަމުގައެވެ. ރޮކެޓު ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ސޫރިޔާގެ އުތުރުގައި އޮތް މަންބަޖްގެ ރަށްބޭރުގައި އޮންނަ އަސްކަރީ މަރުކަޒަކަށެވެ. ސޫރިޔާގެ ދައުލަތުގެ މީޑިޔާ، ސަނާއިން ބުނީ، އެސްޑީއެފްގެ ރޮކެޓު ޙަމަލާތައް ދިފާޢު ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ކޮށްފައިވާ މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމުގައެވެ. ނަމަވެސް، އަސްކަރީ މަރުކަޒު ކައިރީގައި ޢާންމުން ދިރިއުޅޭ އަވަށްްތަކަށް ޙަމަލާ ދިނުމުގެ ފަހަތުގައިވާ މީހުން ހޯދައި، ފިޔަވަޅު އެޅުމަށް ސިފައިން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ސަނާއިން ރިޕޯޓު ކުރިއެވެ.
އެސްޑީއެފަކީ އެމެރިކާއިން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތެކެވެ. އެ ޖަމާޢަތުން ބުނީ، މަންބަޖްގެ ރަށްބޭރުގައި ޢާންމުން ދިރިއުޅޭ ރަށްތަކަށް އަމާޒުކޮށް އާޓިލަރީ ބަޑީގެ ޙަމަލާތަކެއް ދީފައިވާ ކަން ދެނެގަނެވިފައިވާ ކަމަށާއި، އެ ޙަމަލާތަކަށް ރައްދު ދިނުމަށް އެ ޖަމާޢަތުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އެ ސަރަޙައްދުތަކަށް ޙަމަލާ ދިނުމުގެ ފަހަތުގައި އޮތީ، ސޫރިޔާގެ ސަރުކާރާ ގުޅުން އޮތް ހަތިޔާރު އެޅި ގުރޫޕުތައް ކަމުގައި އެސްޑީއެފުން ތުހުމަތު ކުރެއެވެ. އެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަން އެސްޑީއެފުން ކަށަވަރު ކޮށްދީފައެއް ނެތެވެ. ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަނީ ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ންނެވެ. ބަޣާވާތެއް ކޮށް، ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓައިލައި، އެޗްޓީއެސުން ވެރިކަން ފޭރިގަނެފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ވަގުތީ ސަރުކާރުގެ ރައީސް ކަމުގެ މަޤާމު ފުރަމުން ދަނީ އެ ޖަމާޢަތުގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ.
އެޗްޓީއެސްގެ ސަރުކާރުން ވަނީ ސޫރިޔާގެ އަސްކަރިއްޔާ އަލުން އެކުލަވައިލާފައެވެ. އަދި، އަސްކަރިއްޔާއާ ގުޅުމުގެ ފުރުޞަތު، ސޫރިޔާގައި ހަރަކާތްތެރިވަމުންދާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ހުޅުވައިލާފައެވެ. އެ ހުށަހެޅުން ބަލައިގަނެ، އެސްޑީއެފުން ވެސް ވަނީ ސޫރިޔާގެ އަސްކަރިއްޔާއާ ގުޅުމަށް މާރިޗު މަހު ނިންމައި، ސަރުކާރާ އެކު އެއްބަސްވުމެއް އެކުލަވައިލާފައެވެ. ސޫރިޔާގެ އިރުއުތުރުގެ ބޮޑު ސަރަޙައްދުތަކެއް އަދިވެސް އޮތީ އެސްޑީއެފްގެ ބާރުގެ ދަށުގައެވެ. އެ ޖަމާޢަތުން އެ ސަރަޙައްދުތަކަށް ވެރިވެގަނެފައި ވަނީ 2015ވަނަ އަހަރުގެ ތެރޭގައެވެ. އެސްޑީއެފުން ސޫރިޔާގެ އަސްކަރިއްޔާއާ ގުޅުމަށް ވެފައިވާ އެއްބަސްވުން ތަންފީޒު ކުރެވިއްޖެ ނަމަ، އެ ޖަމާޢަތުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުގެ ވެރިކަން ވެސް އެޗްޓީއެސްގެ ސަރުކާރަށް ލިބިގެންދާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
