
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހަތިޔާރު ތިރި ކުރުމަށް އެއްބަސްވެފައިވާ ކަމަށް ބުނާ ރިޕޯޓުތައް ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާޢަތް، ޙަމާސުން ދޮގުކޮށްފިއެވެ. ހަތިޔާރު ތިރި ކުރުމަށް އެ ޖަމާޢަތުން އެއްބަސްވެފައިވާ ކަމުގައި ވިދާޅުވެފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު، ސްޓީވް ވިޓްކޮފެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ޢާއިލާތަކާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. ވިޓްކޮފް ވިދާޅުވީ، ޙަމާސާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ ނުރަސްމީ މަޝްވަރާތަކުގައި ހަތިޔާރު ތިރި ކުރުމަށް އެ ޖަމާޢަތުން އެއްބަސްވެފައިވާ ކަމުގައެވެ. ނަމަވެސް، އެ ޖަމާޢަތުން ވަނީ އެ ކަން ދޮގު ކޮށްފައެވެ. ޙަމާސުން ބުނީ، ޔަހޫދީންގެ އިސްތިޢުމާރީ ބާރާ ދެކޮޅަށް ކުރަމުންދާ ޖިހާދު ހުއްޓައިލައި، ހަތިޔާރު ތިރި ކުރަން އެއްބަސްވުމަށް އޮތީ އެންމެ މަގެއް ކަމުގައެވެ. އަދި، އެއީ ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެ، މިނިވަން ދައުލަތެއް ޤާއިމުކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ އެންމެހައި ޙައްޤުތައް ޔަހޫދީން ކަށަވަރު ކޮށްދިނުން ކަމުގައެވެ.
“[ޔަހޫދީންގެ އިސްތިޢުމާރީ ވެރިކަން ދެމިއޮތްހާ ހިނދަކު އެ ކަމާ ދެކޮޅު ހެދުމާއި ހަތިޔާރު ބޭނުން ކުރުމަކީ [ފަލަސްޠީނުގެ މުޖާހިދުންގެ] ޤައުމީ އަދި ޤާނޫނީ ޙައްޤެއް،” ޙަމާސުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ކަން ކަށަވަރު ކުރެވެންދެން އެ ޙައްޤު ދޫކޮށްނުލާނެ ކަމުގައި އެ ޖަމާޢަތުން ބުންޏެވެ. ޙަމާސްގެ ޝަރުޠަކީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކޮށް، ސިޔާދަތީ މިިނިވަން ކަން ކަށަވަރު ކޮށްދިނުމާ އެކު ޤުދުސަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، އެ ކަން ބަލައިގަތުމެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ވަނީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ހިންގަން ފަށާފައެވެ. އެ ޤަތުލުޢާންމުގެ ތެރެއިން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 60,000 އަށް އުފުލިފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ހިނގާބިނގާވެ ނޫޅޭވޭވަރުގެ އުމޫރުންނެވެ. ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މީހުން ހައިހޫނުގައި ޖެއްސުމަށް ވެސް ޔަހޫދީން ދަނީ ޖާރީމާތަކެއް ހިންގަމުންނެވެ. ޣައްޒާގައި ކާބޯތަކެތި ބެހުމުގެ ހުރިހާ ބާރެއް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން ޔަހޫދީން ވަނީ ޖަމުޢިއްޔާއެއް އުފައްދާފައެވެ.
ވިޓްކޮފް ވަނީ ޖީއެޗްއެފުން ޤާއިމު ކޮށްފައިވާ އެހީ ބަހާ މަރުކަޒެއް ކައިރިއަށް ދާދިފަހުން ޒިޔާރަތް ކުރައްވާފައެވެ. ޙަމާސުން ބުނީ، އޭނާގެ ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ޙަޤީޤީ ހާލަތު ފޮރުވައި، އޮޅުވައިލުން ކަމުގައެެވެ. ޖީއެޗްއެފާ ގުޅިގެން ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ ރައްޔިތުން ޝަހީދު ކުރުމަށް ވެސް ޖަރީމާތަކެއް ހިންގަމުންނެވެ. މި ގޮތުން، ޖީއެޗްއެފްގެ އެހީ ބަހާ މަރުކަޒުތައް ކައިރީގައި ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,300އަށް އުފުލިފައިވާ ކަން އެކުވެރި ދައުލަތްތައް (އދ)ން ވަނީ ހާމަކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
