
އޭނާގެ ހަށިގަނޑުގައި ވަރު ހުއްޓައި ޕޯޗުގަލްއަށް ކޯޗުކަން ކޮށްދޭން ބޭނުންވާ ކަމަށް ތުކުރީގެ ފެނަބާޗޭގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނެފިއެވެ. ނަމަވެސް އޭނާ ދާން ބޭނުންވަނީ ޕޯޗުގަލްގެ ކުލަބަކަށް ކަމެއް ނުވަތަ ގައުމީ ޓީމަށް ކަމެއް މޮރީނިއޯ ނުބުނެ އެވެ. ނަމަވެސް މީގެ ކުރިން އޭނާ ވަނީ ކޯޗުކަން ހުއްޓާލުމުގެ ކުރިން ޕޯޗުގަލްގެ ގައުމީ ޓީމަށް ކޯޗުކޮށްދިނުމަކީ އޭނާ ކުރާ އުއްމީދެއް ކަމުގައި ބުނެފަ އެވެ. “އަހަރެންގެ ސިކުނޑި ރަނގަޅަށް ހުއްޓައި، އަދި އަހަރެންގެ ގައިގަ ވަރު ހުއްޓައި ކޯޗިންގައި އަހަރެން ޕީކްގައި ހުއްޓާ ޕޯޗުގަލް އަށް ދާން ބޭނުން ކޯޗުކޮށްދޭން. އަހަރެން އެ ހުވަފެން ދެކޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ. އަހަރެންނަށް ހީވަނީ އަހަރެން މިހާރު މި ހުރީ އެކަމާ ކުރިއަށް ވުރެ ގާތުގައިހެން،” މޮރީނިއޯ ބުންޏެވެ.
ޔޫރަޕުގައި ގިނަ ކާމިޔާބީތަކެއް ހޯދި މޮރީނިއޯ އަކީ ބައެއް މީހުން މިހާރު ގަބޫލު ކުރާ ގޮތުގައި އައުޓްޑޭޓް ވަމުން އަންނަ ކޯޗެކެވެ. ތުރުކީގައި އޭނާ ކޯޗުކޮށްދޭން ޖެހުމަކީ މީގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މޮރީނިއޯ ޕޯޗުގަލްގައި އެންމެ ފަހުން ކޯޗުކޮށްދިނީ 2004 ވަނަ އަހަރު އެވެ. އޭނާ ވަނީ ޕޯޗުގަލްގެ ޕޯޓޯ އަށް އެ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފަ އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އިނގިރޭސިވިލާތުގެ ޗެލްސީ އަށް ކޯޗުކޮށްދީފައިވެ އެވެ. އަދި އެ ކުލަބުގެ އެންމެ ކާމިޔާބު ކޯޗަކީ ވެސް އޭނާ އެވެ. މި އަށް ފަހު ސްޕޭނުގެ ރެއާލް މެޑްރިޑައި އިޓަލީގެ އިންޓަމިލާނަށް ވެސް ކޯޗުކޮށްދީ ކާމިޔާބު ހޯދި އެވެ. އިންޓަމިލާނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު އޭނާ ވަނީ އޭގެ ފަހުން އިޓަލީގެ ރޯމާ އަށް ކޯޗުކޮށްދީ އެ ކުލަބަށް ޔޫއޭފާ ކޮންފަރެންސް ލީގު ވެސް ކާމިޔާބުކޮށްދީފަ އެވެ.
ފެނަބާޗޭ އަކީ ޕޯޗުގަލް ދޫކޮށްލި ފަހުން އޭނާ ކޯޗުކޮށްދޭ 11 ވަނަ މަގާމެވެ. އުމުރުން 62 އަހަރުގެ ކޯޗު ބުނީ އޭނާ ޕޯޗުގަލް އަށް ދާން ޖެހޭނީ ރިޓަޔާ ކުރަން ނޫން ކަމަށެވެ. “އަހަރެން ޕޯޗުގަލް އަށް ދާން ޖެހެނީ އަހަރެންގެ އުމުރުގެ ފަހު ބައިގައެއް ނޫން. އަހަރެން ދާން ޖެހޭނެ އެއަށްވުރެ ކުރިން. އަހަރެންގެ ފަރާތުން ކަމެއް ކޮށްދެވޭނެ ވަގުތު އޮއްވައި އަހަރެންނަށް ފުރުސަތު ލިބޭނެ ކަމަށް އަހަރެން އުއްމީދު ކުރަން،” މޮރީނިއޯ ބުންޏެވެ.
ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކޯޗުގެ ގޮތުގައި ފާހަގަ ކުރެވުނު މޮރީނިއޯ މިހާތަނަށް ކޯޗުކޮށްނުދޭ ހަމައެކަނި ބޮޑު ލީގަކީ ޖަރުމަނު ލީގެވެ. އޭނާގެ އެހީތެރި ކަމަށް ސައޫދީގެ ކުލަބުތަކުން ވެސް ތިބީ އިންތިޒާރެއްގަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
