
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމަވާފައިވާ އަލްއުސްތާޛު މުހައްމަދު ޝަހީދު ނަން އަނބުރާ ނަގަން ހުށަހަޅުއްވައިފިއެވެ. އޭނާގެ ނަން އަނބުރާ ގެންދިއުމަށް ނިންމެވީ ޝަރުޢީ ދައިރާގެއަށް އޮންނަ އިތުބާރު ހިފެހެއްޓުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވައި، އެ މަޤާމަށް އައްޔަން ކުރުމަށް ނިންމާފައިވާ އަލްއުސްތާޛު މުހައްމަދު ޝަހީދު އޭނާގެ ނަން އަނބުރާ ގެންދިއުމަށް އެދި ޖޭއެސްސީގެ ރައީސް އަލްއުސްތާޛް ހުސެއިން ރިޒާއަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ފަނޑިޔާރުކަމަށް ކުރިމަތިލައްވަން ހުށައެޅުއްވި އެޕްލިކޭޝަން ބާތިލްކޮށް ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ޝަހީދު ފާހަގަކުރައްވާފައިވަނީ، ބައެއް ފަރާތްތަކުން އޭނާ އަކީ ސިޔާސީ މީހެއްގެ ގޮތުގައި ސިފަކުރައްވަމުން ގެންދާތީ، އޭނާގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ.
ދާޚިލީ ވުޒާރާގެ ވަޒީރުގެ ނައިބެއްގެ މަޤާމުގައި މީގެ ކުރިން ހުންނެވި ޝަހީދު ވަނީ އޭނާ ހުންނެވި މަޤާމުން އިސްތިއުފާ ދެއްވާ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ އަމިއްލަ އިޚްތިޔާރުގައި، ސިޔާސީ ދާއިރާއިން ދުރުވުމުގެ ނިޔަތުގައި ކަމަށް ވިދާޅުވެފައެވެ. އަދި މަޤާމަށް ކުރިމަތިލުމުގައި އެއްވެސް ބައެއް ނުފޫޒެއް ނެތް ކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ. ޝަހީދު ފޮނުއްވެވިި ސިޓީގައި ނަން އަނބުރާ ނަންގަވަން ނިންމެވީ، ދިވެހި ގައުމަށްޓަކައި އަދި ޖުޑީޝަރީގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގޮތުގައިކަމަށް ވަނީ ސިފަކުރައްވާފައެވެ. ފަނޑިޔާރުކަމަށް ޝަރުތު ހަމަނުވާ މީހެއް ކަމަށް ދެއްކުމަށް ބަޔަކު މަސައްކަތްކުރިނަމަވެސް، އޭނާއަކީ ގާނޫނީ ވަކީލުކަމުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ މީހެއްކަމަށާއި، ހައި ކޯޓުގެ ފަނޑިޔާރަކަށް ބޭނުންވާ ޝަރުތުވެސް ފުރިހަމަވާ މީހެއްކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން އެ ސިޓީގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުއްސުއޫދު ކުރިން އައްޔަންކުރައްވާފައިވަނީވެސް ރިޔާސީ ކޮމިޝަންގައި މަސައްކަތް ކުރެއްވި ފަހުންކަން ފާހަގަކުރައްވާފައެވެ. ރިޔާސީ ކޮމިޝަންގައި ސިޔާސީ މަސައްކަތްކުރެއްވިނަމަވެސް އެބޭފުޅާވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އޭރު ޝަރުތު ހަމަވިކަންވެސް ޝަހީދު ވަނީ ފާހަގަކުރައްވާފައެވެ. ޝަހީދު ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އޭނާއާއި ސިވިލް ކޯޓުގެ ކުރީގެ ގާޟީ ޢަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި އޭނާ ބައިވެރިވެ ވަޑައިނުގަންނަވާނެކަމަށްވެސް ޖޭއެސްސީއަށް އަންގަވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
