
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފާއިތުވި ދޮޅުއަހަރުތެރޭ މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް 500 އަށްވުރެ ގިނަ މުވައްޒަފުން އިތުރުކުރެވިފައިވާކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ. މާލޭ ސަރަޙައްދުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް މި ސަރުކާރުން މިހާތަނަށް މުހިންމު މަސައްކަތްތަކެއްކޮށްފައިވާކަން ސީއީއޯ ވަނީ ފާހަގަކުރައްވާފައެވެ. މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މާލޭ ސަރަޙައްދުގައި ސަރުކާރުން އަންނަނީ 4 ހޮސްޕިޓަލެއް ހިންގަމުންނެވެ. އެއީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލޭ ހޮސްޕިޓަލް އަދި ވިލިމާލޭ ހޮސްޕިޓަލެވެ. މިއީ ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ޚިދުމަތް ހޯދަމުންދާ ހޮސްޕިޓަލްތަކެކެވެ.
މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކުގެ ޙިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، އެކުންފުނީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ، މެޑިކަލް އާލާތްތަކާއި ވަސީލަތްތައް އަދި އިންސާނީ ވަސީލަތް އިތުރުކުރުމަށް ފާއިތުވި ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.
މިގޮތުން ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ތަރައްޤީކުރި ދަރުމަވަންތަ ހޮސްޕިޓަލް އޮޕަރޭޝަނަށް ގެނައުމަށް ކުރެވުނު މަސައްކަތްތައް ސީއީއޯ ފާހަގަކުރެއްވިއެވެ. އައިޖީއެމްއެޗްގެ ބައެއްގެ ގޮތުގައި ހިންގުމުގެ ބަދަލުގައި ޓަރޝަރީ ފެންވަރުގެ ވަކި ހޮސްޕިޓަލެއްގެ ގޮތުގައި ދަރުމަވަންތަ ބަދަލުކުރައްވާ، ދަރުމަވަންތަ އަދި ހުޅުމާލޭ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް އަޕްގްރޭޑްކުރެވުމަކީ މުޅި ޞިއްޙީ ނިޒާމަށްވެސް ގެނެވުނު ހެޔޮ ބަދަލެއްކަމަށް ސީއީއޯ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އިތުރުން، އިންސާނީ ވަސީލަތް އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން މިވީ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި މި ސަރަހައްދުގެ ހޮސްޕިޓަލްތަކަށް 500 އަށްވުރެ ގިނަ މުވައްޒަފުން އިތުރުކުރެވިފައިވާއިރު، މީގެ ތެރޭގައި ގިނައީ މެޑިކަލް ޕްރޮފެޝަނަލުންކަން އޭނާ ފާހަގަކުރެއްވިއެވެ. “17 ނޮވެމްބަރު 2023 އިން ފެށިގެން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްތަކަށް މުވައްޒަފުން އަޅުގަނޑުމެންނަށް ނެގިއްޖެ 560 އަށްވުރެ ގިނައިން. މީގެ ތެރޭގައި ގާތްގަނޑަކަށް %75 އަކީ މެޑިކަލް ދާއިރާގެ މުވައްޒަފުން. އޭގެ ތެރޭގައި މެޑިކަލް އޮފިސަރުންނާއި ސްޕެޝަލިސްޓުންނާއި ނަރުހުން ހިމެނޭނެ.” ސީއީއޯ އަބްދުއްރައްޒާޤު ހަލީމް ވިދާޅުވިއެވެ.
ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު 194 އެނދު މިހާތަނަށް އިތުރުކުރެވިފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް އައު ސަރޖިކަލް ވޯޑާއެކު ޚިދުމަތުގެ ސްޕީޑުވެސް އަވަސްކުރެވިފައިވާކަމަށެވެ. ހަމައެހެންމެ ހުޅުމާލޭ ހޮސްޕިޓަލަށްވެސް އައީސީޔޫ، އެންއައިސީޔޫ އަދި އޮޕަރޭޝަން ތިއޭޓަރާއި އިމަރޖެންސީ ވޯޑު އިތުރުކުރެވި، އެކަށީގެންވާ ޖާގަ އިތުރުކުރެވިފައިވާކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލުން މިވަގުތުވެސް 32 އެއްހާ ސްޕެޝަލިސްޓް ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންދެމުންނެވެ. މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ އެކި ކަހަލަ ބަލިތަކުގައި ޞިއްޙީ ފަރުވާ ހޯދަން ރާއްޖޭން ބޭރަށް ދަތުރުކުރަންޖެހޭ ހާލަތްތައް މަދުކޮށް، ރާއްޖޭން އެފަދަ ފަރުވާތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުންކަމަށް ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ. އަދި އެކަމަށްޓަކާ މިހާރުވެސް ޕްލޭންތަކެއް އެކުލަވާލާ މަސައްކަތްތަކެއް ކުރަމުންދާކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
