
(ފޮޓޯ ކްރެޑިޓްސް: މީރާ)
މީރާގެ ޚިދުމަތްތައް ފަސޭހަކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ޚިދުމަތްތައް ޑިޖިޓަލް ކުރުމަށް ރޯޑްމެޕް ނުވަތަ މަގުޗާޓެއް އެކުލަވާލައި، އޭގައިވާ ކަންކަން ހާސިލްކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު މިހެން ވިދާޅުވީ މީރާގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. ކޮމިޝަނަރ އޮފް ޓެކްސޭޝަން ޙަސަން ޒަރީރު ވިދާޅުވީ، ދައުލަތުގެ ޓެކްސް އިދާރާ، ޤައުމީ ހިދުމަތުގައި 15 އަހަރު ފުރިހަމަކޮށް 16 ވަނަ އަހަރަކަށް ކުރިމަތިލާއިރު، އެ އިދާރާގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ޓެކުހާ ގުޅޭ އިލްތިމާޒްތައް އިތުރަށް ފަސޭހަކޮށްދީ، ޓެކްސް ކޮންޕްލަޔަންސް އިތުރަށް ރަނގަޅު ކުރުމަކީ އަމާޒެއް ކަމަށް ޒަރީރު ވިދާޅުވިއެވެ.
ކުރިއަރާފައިވާ އެހެން ގައުމުތަކުގައިވެސް ބޭނުންކުރާފަދަ އިލެކްޓްރޯނިކް އިންވޮއިސިންގ ސިސްޓަމެއް ރާއްޖެއަށްވެސް ތައާރަފުކޮށް ޓެކްސް ދައްކާ ފަރާތްތަކާ މީރާގެ ސިސްޓަމުތައް ގުޅުވާލާ، ޓެކުހާގުޅޭ އިލްތިމާޒްތައް އަދާކުރުން އިތުރަށް ފަސޭހަ ކޮށްދިނުމަކީ މީރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ރޯޑްމެޕްގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެއްކަން ޒަރީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މީރާއަަށް ބަލައިގަންނަ ޓެކްސް ބަޔާންތަކުގެ 97 އިންސައްތަ އަދި ފައިސާގެ 99 އިންސައްތަ މިހާރު ލިބެމުން ދަނީ އޮންލައިންކޮށް ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ. މީރާގެ އާމްދަނީގެ ގޮތުގައި 2011 ވަނަ އަހަރު ލިބިފައިވަނީ 4.56 ބިލިޔަން ރުފިޔާ ކަމަށާއި އެހެން ނަމަވެސް މި އަދަދު 2024 ވަނަ އަހަރު އެ ޢަދަދު 28.10 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވާކަން ޒަރީރު ފާހަގަކުރެއްވިއެވެ. އަދި މިއަދު މީރާއަކީ ދައުލަތުގެ 82.5 އިންސައްތަ އާމްދަނީ ބަލައިގަންނަމުންދާ މުއައްސަސާކަމަށް ވެސް ޓެކްސް ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމިޝަނަރ ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ޓެކްސް ނިޒާމަށާއި ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ހޯދިފައި ވުމަކީ މީރާއަށް ހާސިލުކުރެވިފައިވާ ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ. އެގޮތުން މި ކާމީޔާބީގެ ފަހުތުގައި ވަނީ އެ އިދާރާ ހިންގެވުމުގައި ނަމޫނާ މަސައްކަތްތަކެއް ކޮށްދެއްވި އަދި ކޮށްދެއްވަމުންދާ މީރާގެ ކޮމިޝަނަރުންނާއި މީރާގެ އިސްވެރިންނާއި، މީރާގެ ހީވާގި މުވައްޒަފުންނާއި ޓެކްސް ދައްކާ ފަރާތްތައް ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ. މީރާއަށް 15 އަހަރު ފުރިފައި ވާއިރު، އެ އިދާރާގެ މަސައްކަތް ފެށީ 2 އޮގަސްޓް 2010 ވަނަ އަަހަރުއެވެ. ސާޅީހަކަށް މުވައްޒަފުންނާއެކު ފެށި މަސައްކަތް ފުޅާވެ، މިހާރު މީރާގައި 300 އަށްވުރެ ގިނަ މުވައްޒަފުން ދަނީ މަސައްކަތްކުރަމުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ އިދާރާގެ 18 އޮފީސް ހިންގަމުންދެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
