
(ފޮޓޯ ކްރެޑިޓްސް: އުރީދޫ)
އުރީދޫން ރާއްޖޭގައި ޙިދުމަތްދޭން ފެށިތާ މިހާރު މިވަނީ 20 އަހަރު ފުރިފައެވެ. 2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު ވަތަނިއްޔާގެ ނަމުގައި ދިވެހިންނަށް ތައާރަފްވެ، ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ވިއުގައަށް އުރީދޫ މޯލްޑިވްސްއިން ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ. ޓެލްކޮމިއުނިކޭޝަންގެ ޙިދުމަތްދޭން އިތުރު ކުންފުންޏެއް ރާއްޖެއަށް އައުން ވެގެންދިޔައީ އެދާއިރާ އިތުރަށް ކުރިއަރައިގެން ދިޔުމަށް މަގުފަހިވި ކަމަކަށެވެ. ފާއިތުވެދިޔަ 20 އަހަރުތެރޭގައި ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި މި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ޤައުމަކަށް ރާއްޖެ މިވަނީ ވެފައެވެ.
2013 ވަނަ އަހަރު ވަތަނިއްޔާ “އުރީދޫ”ގެ ނަމަށް ރީބްރޭންޑްކޮށްފައިވާއިރު، ވަތަނިއްޔާގެ ހިތްގައިމު އިޝްތިހާރުތައް އަދިވެސް ދިވެހިންގެ ހަދާނުން ނުފިލައެވެ. މިއަހަރު އުރީދޫ މޯލްޑިވްސްއަށް 20 އަހަރު ފުރުން ފާހަގަކުރާއިރު، ފާއިތުވެދިޔަ އަހަރުތަކުގައި އުރީދޫ މޯލްޑިވްސް އިން ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. ފާއިތުވި ދުވަސްތަކުގައި އުރީދޫއިން ވަނީ ތަފާތު ބޮޑެތި އިންވެސްޓްތަކާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް އައު އީޖާދީ ޚިދުމަތްތަކެއް ތަޢާރަފުކޮށް، ދިވެހިރާއްޖޭގެ މުވާސަލާތީ ސިނާޢަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

(ފޮޓޯ ކްރެޑިޓްސް: އުރީދޫ)
އުރީދޫން ރާއްޖޭގައި ޙިދުމަތްދޭން ފެށިތާ 20 އަހަރު ފުރުމާއި ގުޅޭގޮތުން އުރީދޫ މޯލްޑިވްސް މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ޚާލިދް ހަސަން ވިދާޅުވީ، އުރީދޫއިން އަބަދުވެސް މަސައްކަތްކުރައްވަނީ ތަފާތު ޚިދުމަތްތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންނާ ގާތުން މަސައްކަތްކުރެއްވުމަށްކަމަށެވެ. އަދި މިހާރުވެސް އުރީދޫގައި މަސައްކަތްކުރާ %90 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންކަމަށެވެ. “އުރީދޫއަކީ ދުނިޔޭގެ ބައިނަލްއަޤްވާމީ ބްރޭންޑެއް. ރާއްޖޭގެ ލޯކަލް ކޮމިއުނިޓީއަށް އުރީދޫއިން ވަނީ ބޮޑު އިންވެސްޓްމެންޓްތަކެއް ކޮށްފަ. އުރީދޫއިން އަބަދުވެސް މަސައްކަތްކުރައްވަނީ އުރީދޫގެ ކަސްޓަމަރުންނާ ގާތުން މ،ަސައްކަތްކުރުމަށް. އެގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ މިހާރުވެސް އުރީދޫގަ މަސައްކަތްކުރާ %90 މުވައްޒަފުންނަކީ ދިވެހިންކަން. މިއީ ވެސް ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ވިއުގަ އިތުރަށް ކުރިއެރުވުމަށް އަޅުގަނޑުމެން އިސްކަންދޭ މިންވަރު ދައްކުވައިދޭ ކަމެއް”. މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ޚާލިދް ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެކުންފުނިން ވަނީ ހާއްސަ އޮފަރތަކެއްވެސް ތައާރަފްކޮށްފައެވެ މި އޮފަރތަކުގެ ދަށުން، އެ ކުންފުނިިން ވަނީ މިއަހަރުގެ އޭޕްރިލްމަހު، ލިވް އަންލިމިޓެޑް ކެމްޕެއިނެއް ފަށާފައެވެ. މިކެމްޕެއިންގެ ދަށުން އުރީދޫގެ ކޮންމެ ހިދުމަތަކަށް 250 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ހޭދައެއް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީޑްރޯއެއް ނެގިގެންދާނެއެވެ. އަދި ނަސީބުވެރި 19 ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާއިރު، 20 ވަނަ އަދި އެންމެ ފަހު ނަސީބުވެރިޔާއަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިމަހުގެ 1 އިން 7އަށް ކަސްޓަމަރުންނަށް ވަކި ޑޭޓާ ޕެކްތަކުން %20 އިންސައްތައާ ހަމައަށް ބޯނަސް ލިބޭނެ އޮފާއެއްވެސް ތަޢާރަފްކޮށްފައިވެއެވެ.
މީގެއިތުރުން މިމަހުގެ ފުރަތަމަ 3 ދުވަހު ސްޕިން ދަ ވީލް އެންޑް ވިން ގެ ނަމުގައި އޮފާތަކެއް ތަޢާރަފްކޮށް، އުރީދޫއިން ވަނީ އެމް ފައިސާ އޮފަރއެއްވެސް ތަޢާރަފްކޮށްފައެވެ. އެމް ފައިސާ އޮފަރގެ ދަށުން މިމަހު އެމްފައިސާ މެދުވެރިކޮށް ފުޑީސް އޯޑަރތަކަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ފުޑީޒް އިން ދެން އަންނަ އޯޑަރުން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
