
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
އިނގިރޭސިވިލާތުގެ އިންގްލެންޑާއި ވޭލްސްގައި 2024ވަނަ އަހަރު އުފަންވި ފިރިހެން ކުދިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ކުދިންނަށް ދީފައިވާ ނަމަކީ މުޙައްމަދު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އިންގްލެންޑާއި ވޭލްސްގައި އެންމެ މަޤްބޫލު ނަމުގެ ގޮތުގައި މުޙައްމަދު އޮތް ވިދިވިދިގެން ދެވަނަ އަހަރެވެ. ޢަރަބި ބަހުގައި މުޙައްމަދުގެ މާނައަކީ ތައުރީފު ހައްޤުވުން ނުވަތަ ސަނާ ލިބިގެންވުމެވެ. މި ނަން ނިޞްބަތްވަނީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމްްއަށެވެ.
އިނގިރޭސިވިލާތުގައި ނި ނަން ތަފާތު ގޮތްގޮތަށް ލިޔެއެވެ. އެގޮތުން 30އަށްވުރެ ގޮތަށް މި ނަން ލިޔެއެވެ. އިންގްލެންޑާއި ވޭލްސްގައި މަޤްބޫލު 100 ނަމުގެ ލިސްޓަށް މި ނަން ފުރަތަމަ އަރާފައި ވަނީ 1924ވަނަ އަހަރުއެވެ. ހަމަ އެ ނަން އެހެން ގޮތަކަށް ލިޔެފައި 1980ގެ އަހަރުތަކުގައި ވެސް ވަނީ އެ ލިސްޓަށް އަރައިފައެވެ. އެ ދެ ސަރަޙައްދުގައި އެންމެ މަޝްހޫރު 10 ނަމުގެ ލިސްޓުގައި 2016ވަނަ އަހަރުން ފެށިގެން މުޙައްމަދު، މި ނަން ދަނީ ފިޔަ ޖަހަމުންނެވެ. 2022ވަނަ އަހަރުން ފެށިގެން އެ ދެ ސަރަޙައްދުގައި ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފިރިހެން ކުދިންނަށް ދީފައިވާ ނަމަކީ ވެސް އެއީއެވެ. އެއަށްފަހު 2023ވަނަ އަހަރު އެންމެ މަޤުބޫލު ނަމުގެ ގޮތުގައި އޮތީ ވެސް ހަމަ އެ ނަމެވެ.
2024ވަނަ އަހަރު އިންގްލެންޑާއި ވޭލްސްގައި އުފަންވި 5،721 ކުއްޖަކަށް މުޙައްމަދު ކިޔާފައިވެއެވެ. އެއީ 2023ވަނަ އަހަރު އެ ނަން ދީފައިވާ ކުދިންގެ ޢަދަދަށްވުރެ 23 އިންސައްތަ އިތުރު ޢަދަދެއް ކަމަށް އިނގިރޭސިވިލާތުގެ އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކް (އޯއެންއެސު)ން ބުނެއެވެ. މަޤުބޫލު 100ނަމުގެ ލިސްޓުގައި 21ވަނައަށް ވެސް 53ވަނައަށް ވެސް އޮތީ ތަފާތު ގޮތަކަށް ލިޔެފައިވި ނަމަވެސް ހަމަ އެ ނަމެވެ.
އިނގިރޭސިވިލާތާއި ވޭލްސްގެ ކުދިންނަށް ދީފައިވާ އެހެން މުސްލިމް ނަންތަކަށް ބަލައިލާއިރު ދެން އެންމެ ފާހަގަކޮށްލެވޭ ނަންތަކަކީ ޔޫސުފްއާއި މޫސާއާއި އިބްރާޙިމްއާއި ޔަޙްޔާއެވެ. އެއީ 69 ވަނައާއި 73ވަނަ އާއި 76 ވަނައާއި 93ވަނައިގައެވެ. މި ނަންތަކަކީ ވެސް ރަސޫލުބޭކަލުންނަށް ނިޞްބަތްކުރެވޭ ނަންނަމެވެ. އަންހެން ކުދިންނަށް ދީފައިވާ މުސްލިމް ނަންތަކުގެ ތެރެއިން އެންމެ މަޤްބޫލު 100 ނަމުގެ ތެރޭގައި ހިމެނެނީ ލައިލާއާއި މަރްޔަމްއާއި ފާޠިމާއެވެ. އެއީ 56ވަނަ އާއި 57ވަނަ އާއި 76ވަނައިގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
